Noorul-islam.NET :: ދެބައި މީހުންގެ ޝަކުވާ

ދެބައި މީހުންގެ ޝަކުވާ
Category »  ވާހަކަ

ތާރީޚް: 5 ޖެނުއަރީ 2009

ލިޔުއްވީ : އަޙްމަދު އަސްލަމް

ރޭގަނޑެއްގައި ފަރުބަދަތަކެއްގެ ތެރެއިން ދަތުރުކޮށްފައި ދިޔަ ބަޔަކަށް ވަރަށް އަލިކަން އަރައަރާހުރި ހިލަކޮޅުތަކެއް ފެނުނެވެ. އެތަނުން އެއްބަޔަކު އެ ހިލަކޮޅުތައް ރީތި ކަމުން އޭގެ ތެރެއިން ހިލަކޮޅުތައް ހޮވާ އެއްކުރިއެވެ. ދެން ތިބި މީހުންވެސް އެ ހިލަކޮޅުތަކުގެ ރީތި ވާހަކަ ދެއްކިއެވެ. ނަމަވެސް ކަންނެތް ކަމުން އެއިން ހިލަކޮޅެއް އެއްކޮށްލާހާ ހިތްވަރެއް ނުލިބުނެވެ.

ޖެހިގެން އައިދުވަހު ހެނދުނު ރަނގަޅަށް ބެލިއިރު އަސްލުގައި އެއްކަލަ ހިލަކޮޅުތައް މިވީ އަގުން އަރާހުރި އަލިމަސް ކަމުގައެވެ.

މިކަން އެނގުމުން އެތަނުން ހިލަކޮޅެއް ނުނެގޭ މީހުން ތިބެގެން ޝަކުވާކުރަމުން ދަނީ "އަހަރެމެންނަށް އަޅެ ރޭގައި އެތަނުން އެންމެ ހިލަކޮޅެއް ނެގުނުނަމަ ވެސް ކިހާ ރަނގަޅުވީސް" މިހެން ކިޔަމުންނެވެ.

ހިލަކޮޅުތައް ހޮވާ އެއްކުރި މީހުން ޝަކުވާކުރަމުން ދަނީ "އަޅެ ރޭގައި އަހަރެންނަށް ތަންކޮޅެއް ގިނައިން ހިލަތައް އެއްކުރެވުން ނަމަ ކިހާ ރަނގަޅުވީސް] މިހެންކިޔަމުންނެވެ.

ދެބައިމީހުން ވެސް ޝަކުވާކުރަނީއެވެ.

މާޒީގައި ކަން ވެ ދިޔަ ގޮތާމެދުގައި ބަލަންވާނީ ލިބުނު ފިލާވަޅެއްގެ ގޮތުގައެވެ. ކުރެވުނު އެހެންނާ ނުކުރެވުނު ކަމަކާ މެދު މޮޔަހީވެގެން ކުރާ ޝަކުވާގެ ނަތީޖާގައި މާޔޫސްކަމާއި ހިތްދަތިކަން ނޫނީ ނުލިބޭނެއެވެ. އުފާވެރިކަން ވަނީ މިންވަރަށް އީމާންވެ، ޝުކުރުވެރިވާން ދަންނަ މީހުންނަށެވެ. ތިމާއަށް ވުރެ ގިނައިން ލިބުނު މީހާއަށް ބަލާފައި ޝަކުވާކުރުމުގެ ބަދަލުގައި ތިމާއަށް ވުރެ މަދުން ލިބުނު މީހާއަށް ބަލާފައި ޝުކުރުވެރިވާން ދަސްކުރާށެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި