Noorul-islam.NET :: ސުވަރުގެއިން ގަނޑުވަރެއް
ސުވަރުގެއިން ގަނޑުވަރެއް
Category »  ވާހަކަ

ތާރީޚް: 4 ޖެނުއަރީ 2009

ތަރުޖަމާ ކުރެއްވީ : އަޙްމަދު އަސްލަމް

ލުބުނާގެ ފިރިމީހާ އޮފީހަށް ދާން ނުކުންނަމުން ބަދިގެ މޭޒުމަތީގައިހުރި ބޭސްފުޅީގައި މަތިޖަހާލުމަށް ލުބުނާގެ ގާތުން އެދުނެވެ.

އޭގެ ގަޑިއެއްހާއިރު ފަހެވެ. ދަރިފުޅަށް ހެނދުނު ސައިދޭންވެގެން ލުބުނާ ގޮވާގޮވާވެސް ދަރިފުޅުގެ ޚަބަރެއް ނުވެގެން ގޭތެރެ ހޯދަމުން ދަނިކޮށް ފެނުނީ ސަމާ ބަދިގެތެރެއަށްވެއްޓިފައި އޮއްވައެވެ. އަދި ފިރިމީހާ އޮފީހަށް ދަމުން މަތިޖަހާށޭ ބުނި އެއްކަލަ ބޭސްފުޅިވެސް ސަމާގެ ކައިރީގައި ތެޅިފައިއޮތެވެ. ލުބުނާ އޭނާގެ ހަ އަހަރަށްދާ  ސަމާ ނަގައިގަނެގެން އަވަހަށް ހޮސްޕިޓަލަށް ގެންދިޔައެވެ.

ޑޮކްޓަރު ދިންޖަވާބަކީ ލުބުނާ ދުވަހަކުވެސް އަހަން ބޭނުން ވެފައި ހުރި ޖަވާބެއްނޫނެވެ. ނަމަވެސް ކަންވެ ނިމިއްޖެއެވެ. އޭނާގެ ލޯބި ލޯބި ސަމާ ބާރުގަދަބޭހެއް ބޭނުންކުރުމުގެ ސަބަބުން ދުނިޔެދޫކޮށް ދިޔައީއެވެ. ލުބުނާހުރީ ހަދާނެ ގޮތްހުސްވެފައެވެ. ފިރިމީހާއަށް ގުޅަންވެސް ބިރުގެންފައެވެ. ފިރީމާ ލާނޭ ހަޅޭއަކާއި، ކިޔާނޭ އެއްޗެއްސަށްޓަކައި ލުބުނާހުރީ ބިރުން ފިތްކަނޑައިގެން ދާވަރުވެފައެވެ.

ނަމަވެސް ވަރަށް ހިތްވަރުކޮށްލާފައި ފިރިމީހާއަށް ގުޅުމަށްފަހު ހޮސްޕިޓަލަށް އައުމަށް އެދުނެވެ. އޭރުވެސް ލުބުނާގެ ހިތް ބާރަށް ތެޅެމުން ދެއެވެ. އޭނާގެ ލޯބިވާ ފިރިމީހާ އޭނާގެ މި ކުށަށް މާފުނުކުރާނެކަމާއި މިއީ ލޯބީ ނިމުންކަން ލުބުނާއަށް ޔަގީންވެއެވެ.

ކުޑައިރުކޮޅެއްފަހުން ފިރިމީހާ ހޮސްޕިޓަލަށް އަތުވެއްޖެއެވެ. އަދި ލުބުނާ ބިރުގެންފައިވާ ހާލު ވީގޮތް ފިރިމީހާއަށް ކިޔައިދިނެވެ.

ފިރިމީހާގެ ފަރާތުން ފެނިގެންދިޔައީ ލުބުނާ ޔަގީންކޮށްގެން ހުރި ގޮތާއި މުޅީން ޚިލާފު ކަންތައްތަކެކެވެ. ބޭސްފުޅީގެ މަތީން ލުބުނާ ހަނދާން ނެތުނީކަމާއި އެއީ ވެދާނެ ގޮތެއްކަން ފިރިމީހާ ޤަބޫލުކުރިއެވެ.

ދެމީހުންގެ ލޯބިވާ ދަރިފުޅު ދެމީހުންނާއި ވަކިވެދިޔައީއެވެ. ކުރާނެ ކަމެއް ނެތެވެ. ވަރަށް ވެސް ހިތާމަވެރިއެވެ. ނަމަވެސް ލުބުނާގެ ފިރިމީހާގެ ކިބައިން ލުބުނާއަށް ލިބުނީ ކެތްތެރިކަމުގެ ނިހާޔަތާއި އޯގާތެރިކަމުގެ ޝުޢޫރުތަކެވެ. ހިތްވަރުދިނުމުގެ ބަސްތަކާއި ފުރިހަމަ ކުލުނުވެރިކަމެވެ. މާފުކުރުމާއި އިތުބާރެވެ. ޙަޤީޤީ ލޯތްބެވެ.

 

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ކީރިތި ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ގެ ޙަދީޘްގައިވެއެވެ.

(إذا مات ولد الرجل يقول الله تعالى لملائكته : "أقبضتم ولد عبدي؟ فيقولون : نعم .. فيقول وهو أعلم : أقبضتم ثمرة فؤاده ؟ فيقولون : نعم .. فيقول : ماذا قال عبدي ؟ فيقولون : حمدك واسترجع ، فيقول الله جل وعلا : ابنوا لعبدي بيتاً في الجنة وسمّوه بيت الحمد")

 

މާނައަކީ: "މީހެއްގެ ދަރިފުޅު މަރުވާހިނދުގައި ﷲ ތަޢާލާ އެކަލާނގެ މަލާއިކަތްބޭކަލުންނަށް ބަސްފުޅުއިއްވަވާނެއެވެ. ތިމަން ރަސްކަލާނގެ އަޅާގެ ދަރިފުޅުގެ (ފުރާނަ) ތިޔަބައިމީހުން ހިއްޕެވީހެއްޔެވެ؟ ދެން އެބޭކަލުން ދަންނަވާނެއެވެ. އާދޭހެވެ. އެކަލާނގެ މޮޅަށް ދެނެވޮޑިގެންވާ ޙާލުގައި އަނެއްކާ ބަސްފުޅު އިއްވަވާނެއެވެ. ތިޔަބައިމީހުން އޭނާގެ ހިތުގެ މޭވާ ހިއްޕެވީހެއްޔެވެ؟ ފަހެ އެބޭކަލުން ދަންނަވާނެއެވެ. އާދޭހެވެ. ދެން ވަޙީކުރައްވާނެއެވެ. ތިމަންރަސްކަލާނގެ އަޅާ ބުނީ ކީކޭހެއްޔެވެ؟ އެބޭކަލުން ދަންނަވާނެއެވެ. އޭނާ އިސްތިރުޖާޢުކޮށް،[1] އިބަކަލާނގެއަށް ޙަމްދުކޮށްފިއެވެ. ދެން ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. ތިމަންރަސްކަލާނގެ އަޅާއަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރާށެވެ. އަދި އެގަނޑުވަރަށް ޙަމްދު ގަނޑުވަރުގެ ނަމުން ނަންދޭށެވެ!"[2][1]  އިސްތިރުޖާޢުކުރުން: އިސްތިރުޖާޢުކުރުމަކީ إِنَّا لِلَّهِ وَ إِنَّا إِلَيهِ رَاجِعُونَ  ކިޔުމެވެ. (މާނައަކީ: ތިމަންމެން ވަނީ ﷲ އަށްޓަކައެވެ. އަދި ތިމަންމެން އެބުރިދާނީ ވެސް އެކަލާނގެ ޙަޟްރަތަށެވެ.)

[2]  މިއީ އިމާމް ތިރްމިޛީ ރިވާކުރައްވާފައިވާ ޙަދީޘެކެވެ. އަދި އަލްޢައްލާމާ މުޙައްމަދު ނާޞިރުއްދީނުލްއަލްބާނީގެ ސިލްސިލަތުއްޞަޙީހާ ގައި މި ޙަދީޘް ގެންނަވާފައިވެއެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި