Noorul-islam.NET :: ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަށް ވަޞިއްޔަތްކުރަމެވެ.

ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަށް ވަޞިއްޔަތްކުރަމެވެ.
Category »  އެޑިޓޯރިއަލް

ތާރީޚް: 4 ޖެނުއަރީ 2009

ލިޔުއްވީ : މުޙައްމަދު އަނީލް [ނޫރުލްއިސްލާމް.ނެޓްގެ އެޑިޓަރ]

ޢާޝޫރާ ދުވަހަކީ ހިޖުރީ ގޮތުން ފުރަތަމަ މައްސަރު - މުޙައްރަމް މަހުގެ (10) ދިހަވަނަ ދުވަހެވެ. އެއީ މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ޤައުމު ފިރުޢައުނުގެ ކިބައިން ސަލާމަތްކުރައްވައި ފިރުޢައުނާއި އޭނާގެ ލަޝްކަރު ކަނޑަށް ޣަރަޤު ކުރެއްވި ދުވަހެވެ.

ޔަހޫދީންނާއި ތަފާތުވުމުގެ ގޮތުން އެދުވަހުގެ ރޯދަ ހިފުމަށް ރަސޫލުﷲ صلى الله عليه وسلم އިރުޝާދު ދެއްވާފައިވަނީ ތިރީގައި މި ދަންނަވާ ދެގޮތުގެ ތެރެއިން ގޮތަކަށް އެ ރޯދަ ހިފުމަށެވެ. އެހެނީ ޔަހޫދީން ރޯދަ ހިފައި އުޅުނީ މުޙައްރަމް މަހުގެ 10ވަނަ ދުވަހުއެވެ.

1-     މުޙައްރަމް މަހުގެ 9 ވަނަ ދުވަހާއި 10ވަނަ ދުވަހު ރޯދަ ހިފުން. ނުވަތަ

2-      މުޙައްރަމް މަހުގެ 10 ވަނަ ދުވަހާއި 11 ވަނަދުވަހު ރޯދަ ހިފުން.

3- މުޙައްރަމް މަހުގެ 9 ، 10 އަދި 11 މި ތިން ދުވަހު ރޯދަ ހިފުން.

މިއަހަރުގެ ކަލަންޑަރު ބުނާގޮތުން ޢާޝޫރާ ދުވަސް (މުޙައްރަމު މަހުގެ 10 ވަނަ ދުވަހާއި ) ދިމާ ވަނީ 2009

ޖެނުއަރީ މަހުގެ 7 ވާ ބުދަ ދުވަހާއެވެ. އެހެން ކަމުން މި މަތިވެރި ސުއްނަތް އަދާކުރުމަށް އަޅުގަނޑުމެން އަވަސްވެގަންނަން ވީއެވެ.

އެއް ގޮތަކީ ޖެނުއަރީ 6 ވާ އަންގާރަ ދުވަހާއި 7ވާ ބުދަ ދުވަހު (އެއީ މިއަހަރުގެ މުޙައްރަމް 9ވަނަ ދުވަހާއި 10ވަނަ ދުވަހު) ރޯދައަށް ހުރުމެވެ. އަނެއް ގޮތަކީ ޖެނުއަރީ 7 ވާ ބުދަ ދުވަހާއި 8ވާ ބުރާސްފަތިދުވަހު (އެއީ މިއަހަރުގެ މުޙައްރަމް 10ވަނަ ދުވަހާއި 11ވަނަ ދުވަހު) ރޯދައަށް ހުރުމެވެ.

ނުވަތަ 6 ވާ އަންގާރަ ދުވަހާއި 7 ވާ ބުދަ ދުވަހާއި 8 ވާ ބުރާސްފަތި ދުވަހު ރޯދަ ހިފުމެވެ. (އެއީ މުޙައްރަމް 9، 10، 11 މި ތިން ދުވަހެވެ.)

އިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވާ ގޮތުން، އެންމެ ރައްކާތެރި ގޮތަކީ 3 ދުވަހު ރޯދަހިފުމެވެ. އެއީ މުޙައްރަމް 9، 10 އަދި 11 މި ތިން ދުވަހެވެ. ސަބަބަކީ އެއީ އެންމެ ރައްކާތެރި ގޮތެވެ. އޭރުން ޢާޝޫރާ ދުވަސް ލިބުމުގެ ފުރުޞަތު ބޮޑުވާނެތީއެވެ.

وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ "

މިދުވަހުގެ ރޯދައާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައި ވަނީ: އަދި ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ، ފާއިތުވެ ދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވާނެ ކަމަށް ތިމަން ކަލޭގެފާނު އުއްމީދު ކުރައްވަމެވެ. (މި ޙަދީޘް ރިވާ ކުރެއްވީ އިމާމް މުސްލިމް އެވެ)

އެހެން ކަމުން ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚްތުން މި މަތިވެރި ސުއްނަތް އަދާކުރުމަށް އަވަސްވެވަޑައިގެންނެވުމަށް ނަސޭހަތްތެރިވަމެވެ. އަދި ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރިންނަށް މިދުވަހުގެ ރޯދަ ހިފުމަށް ބާރު އަޅުއްވައި އިރުޝާދު ދެއްވާށެވެ.

ހެޔޮ ކަމަކަށް އަމުރު ކޮށްފި މީހާއަށް އެ ހެޔޮކަމެއް ކުރާ މީހާއަށް ލިބޭ މިންވަރަށް ސަވާބާއިދަރުމަ ލިބޭނެއެވެ. އެއީ އެ ޢަމަލު ކުރާމީހާގެ ސަވާބާއި ދަރުމައިން އެއްވެސް މިންވަރެއް އުނި ނުވާ ޙާލުގައެވެ.

އެހެންކަމުން ތިމާއަށް ވީ މިންވަރަކުން، ބޭނުން ކުރެވުނު ކޮންމެ ވަޞީލަތެއް ބޭނުންކޮށްގެން، މި ހެޔޮކަމަށް މީސްތަކުންނަށް މަގު ދައްކާށެވެ.

އީމެއިލް ކުރާށެވެ. އެސްއެމްއެސް ފޮނުވާށެވެ. ފޯނުން ގުޅާށެވެ. މި ޕޯސްޓަރުތައް ޕްރިންޓް ކޮށް މީހުންނަށް ފެންނަ ހިސާބުގައި ބަހައްޓާށެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ހެޔޮކަންތައް ކުރުމުގެ ތައުފީޤް ދެއްވާށި! އާމީން

ޕޯސްޓަރ ޑައުންލޯޑް ކުރެއްވުމަށް ތިރީގައި މިވާ ލިންކަށް ފިއްތަވާލައްވާ!

 http://gallery.noorul-islam.net/default.asp?folder=Posters


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި