Noorul-islam.NET :: ރަތްކުލައިގެ ފިނިފެންމަލަކުން އަހަންނަށް މަރުހަބާކީ އެޗް .އައި. ވީ އެވެ!!!
ރަތްކުލައިގެ ފިނިފެންމަލަކުން އަހަންނަށް މަރުހަބާކީ އެޗް .އައި. ވީ އެވެ!!!
Category »  ވާހަކަ

ތާރީޚް: 31 ޑިސެމްބަރު 2008

 : 

މިވާހަކަޔަކީ އެއިޑްސްގެ ޝިކާރަޔަކަށްވެފައިވާ ކުއްޖެއްގެ ދުލުންކިޔައިދީފައިވާ ހަޤީޤީ ވާހަކައެއްގެ މައްޗަށް ބިނާކޮށްލިޔެފައިވާ ލިޔުމެކެވެ.

މިހާރުމިކުއްޖާވަނީ މިދުނިޔޭގެ ހަޔާތާއި ޢަލްވަދާޢު ކިޔާފައެވެ. އޭނާއަށް ފާފަ ފުއްސަވާދެއްވައި، ﷲގެ ތަނަވަސް ރަޙްމަތުގައި ލެއްވުން އެދި ދުޢާ ކުރަމެވެ.

އެއީމީގެ ފަސްވަރަކަށް އަހަރުކުރިއެވެ. އަހަރެންގެ ހަޔާތުގެ އެންމެޒުވާންދުވަސް ވަރެވެ. މަދަރުސީ ހަޔާތްނިއްމާލުމަށްފަހު އަހަރެން އެންމެގަޔާވި މަސައްކަތުގެ ދާއިރާއިން ވަރަށް ރަނގަޅުވަޒީފާއެއް އަހަރެންހޯދީމެވެ. ރިސޯޓެއްގެ ވާރޓަރ ސްޕޯރޓް ސްކޫލްގެ ވަޒީފާއެކެވެ. އަހަރެންގެމައިގަނޑު މަސައްކަތަކީ ފަތުރުވެރިންނަށް ވިންޑްސާރފްކުރަން ދަސްކޮށްދިނުމާއި، ބަނާނާބޯޓް ދުއްވުމާއި އަދި ޖެޓްސީ ދުއްވުންފަދަ ކުޅިވަރުތަކުގައި ފަތުރުވެރިންނާއި ބައިވެރިވެ އެމީހުންނާއިއެކު ސަކަރާތުގައި މުޅިދުވާލު އެއްކޮށްހެން ހޭދަކޮށްލު މެވެ. ހަޤީގަތުގައިވެސް އެއީ ވަރަށްމަޖާ ވަޒީފާއެކެވެ. އެހާމެލާރިލިބެއެވެ.

މިގޮތުގައި ދެއަހަރެއްހާ ދުވަސްވޭތުވެ ހިނގައްޖެއެވެ. އަހަރެން އާދައިގެމަތިން މަސައްކަތްއޮންނަ ގޮތުން ހެނދުނު ޑިޔުޓީއަށް އައިސް ކަނދުދުއްވާލަފައި އައިސް ގޮނޑުދޮށަށް ރާޅުޖަހާހިސާބުގައި މަޑުކޮށްލައިގެން އިންދައި އަހަރެންގެ ކޮނޑުމަތީގައި މަޑުއަތަކުން ޖެހުމުން ފަހަތައް އެނބުރި ބަލައިލީމެވެ. އަހަރެން ދުވަހަކުވެސް އެހާރީތި އަންހެންކުއްޖަކު ނުދެކެމެވެ. އޭ އަހަރެން ގޮވައިގެން ކަނދުދުއްވާލަންދެވިދާނެތަ ލަދުރަކިގޮތަކަށް ހިނިތުންވެލަމުން ބުންޏެވެ. އަހަރެން ވަރަށްއަވަހަށް ކަނދުގެ ރިޔާނެގުމަށްފަހު ކުރިޔަށް އެރުމަށް ބުނީމެވެ. ކަނދު ދުއްވާލުމާއި އެކު ވިލުތެރޭގައިވާ ކުޑަފިނޮޅަށް ކައިރިކުރުމަށް އެކުއްޖާ އިޝާރާތްކޮއްލިއެވެ. އަހަރެން ދުއްވާފައި ގޮސް އަނބުރާލަން އުޅުމުގެ ތެރޭގައި ކަނދުއަރިއަޅައިލައިތަނާ އެއަންހެންކުއްޖާ ވިލްގެތެރެއަށް ވެއްޓުނެވެ. އަންހެންކުއްޖާ އަޑިޔަށްދާން ފެށުމުން އަހަރެން ކުއްލިޔަކަށް ފުއްމާލައި ކަނދަށް ކުއްޖާނެގީމެވެ. އޭ އަންހެންކުއްޖާ މަލާމާތުގެ ރާގަކަށް ހިލާފައި ބުންޏެވެ. ''އަސްލު އިނގޭތަ މަށަށް ފަތަންވެސް އިނގޭ އެކަމަކު ކަލޭމެން އަހަރެމެންނާ ދޭތެރެ ފަރުވާތެރިވާވަރު ބަލައިލީ" ! އަހަރެން ވަރަށްލަދުގަތެވެ. އަހަރެން އަނެއްކާވެސްދުއްވާފައި ގޮސްފިނޮޅާ ކައިރިކޮއްލީމެވެ. އެއަންހެންކުއްޖާ " މީހާދަހިއްޤައިމު މާހައުލެކޭދޯ އަހަރެން ހިތައްއަރާ މިފަދަޤައުމެއްގެ ކުއްޖަކަށް އަހަރެންވީނަމައެވެ." މިފަދަފޮނި ތުއި އިބާރާތްތަކަކުން އަހަރެންގެހިތް ލަންބުވާ ލިއެވެ. އަހަރެންވެސް ފަހުންލަދުކެނޑި މިކުއްޖާޔާ ވާހަކަދަކަންފެށިމެވެ. ހަޤިޤަތުގައިވެސް ވަރަށްޝީރިޔަސް ގޮތަކަށް އެކުއްޖާ މިރާއްޖޭގެ ކުއްޖަކާ އިންނަންބޭނުމޭ ބުންޏެވެ. އަދި މީއަހަރެން ވަރަށް ދުވަސްވަންދެންވެސް ކުރިއިންތިޒާރެއްކަމަށްބުނެ އަހަރެން ހިތައްހަމަރަނގަޅަށްވެސް ވަނެވެ. ގިނަވަގުތުތަކެއް ފިނޮޅުގައި ހޭދަކުރުމަށްފަހު ރިސޯޓަށް ދިޔައީމެވެ.

އަދި ދެމީހުންވެސް ބައްދަލު ކުރުމަށްނިންމައި އެކުއްޖާގެ ވާހަކައިން އެނގުނުގޮތުގައި އެކަނި ޗުއްޓީ ހޭދަކޮއްލަން ރާއްޖެއަށް އައީވެސް މަންމަމެން މިކޮޅުން މީހަކާ އިނުމަށް ހުރަސް އަޅާފާނެތީއެވެ. އަދި ރާއްޖެއައިތާ ދެދުވަސްވެއްޖެ ކަމަށާއި، އަހަރެން ބޭނުންނަމަ ދާއިރު ދާނީ ކާއިވެނި ކުރާގޮތަށް ހުރިހާކަމެއް ނިންމާފައި ކަމަށްވެސް ބުންޏެވެ. އަދިއެރޭ އެކަމާ މަޝްވަރާކުރުމަށް ރޫމަށް އައުމަށްވެސް ދައުވަތު ދިނެވެ.

އަހަރެންގެ ހިތައްހަމަރަނގަޅަށްވެސް ޝައިތާނާ އެހިސާބުން ސަވާރުވީ ކަމެއް އަހަރެންނަކަށް ނެނގެއެވެ. އެހާމުއްސަނދި ރީތިކުއްޖަކު އަހަރެންގެ ހަޔާތުގެބައިވެރިޔަކަށް ވާންބޭނުންވާތީއެވެ. އެރޭކެއުން ނިންމާލުމަށްފަހު ރިސޯޓްގެ އަތިރިމަތީގައި ހުރި ކުޑަރުކެއްގެ ކައިރީގައި އަހަރެންމަޑުކޮށްލައިގެން ހުއްޓައި މިކުއްޖާ އަހަރެންނަށް ގުޅިއެވެ. އަދި ނާންނާތީ މިއިނީ ވަރަށް މިސްވެފައިކަމަށް ބުނުމުން އަހަރެން ވަރަށް ސިއްރުގޮތަކަށް ގޮސް މިކުއްޖާގެ ކޮޓަރިޔަށް ދިޔައީމެވެ.

އަދިކޮޓަރިޔަށް ވަނުމާއި އެކު ރަތްކުލައިގެ ފިނިފެންމަލަކުން މަރުހަބާކިޔެވެ. ވަރަށް ދެރަވާކަހަލަ ގޮތަކަށް އަހަންނާ ފުރަގަސްދީގެންހުރެ އަސަރުގަބަސްތަކަކުން އަހަންނާ މުހާތަބުކުރިއެވެ. ތިމަންނާޔަށް ދުވަހަކުވެސް ތިހާރީތި ކުއްޖަކާ ދިމާނުވާކަމަށާއި ހަޤީގަތުގައިވެސް ރާއްޖެ ދޫކޮށްފަ ދިޔުމަކީ ވަރަށް އުނދަކޫކަމަކަށް ވެއްޖެކަމަށާއި، ކުރިޔަށް އޮތްތަނުގައި ދިވެހިވަންތަ ދިރިއުޅުމެއް އުޅެން ބޭނުންކަމަށް ބުނެ އަހަރެންގެ މުޅި ހިތްއަނބުރާލިއެވެ. އެވަގުތު އަހަރެންގެ ނަފްސަށް ޝައިތާނާ ސަވާރުވީ ކިހިނެތްކަން އަހަންނަކަށް ބުނެދޭންވެސް ނޭނގެއެވެ. ވަރަށް ސީރިޔަސްވެހުރެ ބަދުއަޚްލާޤީ ފާޙިޝް އަރާމު ވަގުތީފޮނިލައްޒަތާއެކު ގަޑިއެއްހާއިރުވަންދެން ލިބިގަތީމެވެ. އޭގެފަހުން މިއަންހެންކުއްޖާ އަހަންނާމުހާތަބުކޮށް ބުންޏެވެ. ތިފަދަގޮތަކަށް އަހަންނާ ދުވަހަކުވެސް މީހަކު މަރުހަބާ ކިޔާފައެއްނުވެއެވެ. ހަޤިގަތުގައިވެސް ސީރިޔަސް މީހުންނަކީތިއީއެވެ. މިފަދަފޮނިބަސްތަކަކުން މުހާތަބުކުރުމުގެ ތެރޭގައިއޮވެވުނެވެ. ވަރަށްބޮޑަށް ނިދިއައިސް މިހާމޯޅިވާގޮތް ވުމުން ކަންނެތްކަމާއި އެކު އެކުއްޖާގެ ފޮނިބަސްތައް އަޑުއެހުމުގައި އަހަރެންއޮތީ ދެންއެރޭ އެތާނިދާލާފައި ހެނދުނުއަވަހަށް ރޫމްބޯއީ އައުމުގެ ކުރިންތެދުވެގެން ދިޔުމުގެބޭނުމުގައެވެ.

އަހަންނަށްހޭލެވުމާއިއެކު ގަޑިބަލައިލީމެވެ. ގާތްގަނޑަކަށް އޭރު ހަތެއްޖަހަނީއެވެ. ތެދުވިއިރު ފާހާނާގެ ބޮކިވަނީދިއްލާފައެވެ. އަންހެންކުއްޖާ ފެންނާކަށް ނެތެވެ. ފާހާނާގައިކަމަށް ހީކޮށްބައިގަޑިއެއްހާއިރު މަޑުކުރުމަށް ފަހު ތެދުވެރަނގަޅަށް ކޮޓަރިތެރެޔަށް ބަލާލީމެވެ. ނިދާފައިއޮތް ބާލީހުގެކައިރީގައި އެރަތްކުލައިގެ ފިނިފެންމަލާއި ސިޓީޔެއްކަހަލަ ކަރުދާސްކޮޅެއް ފަތްޖަހާފައި އޮތެވެ. އަހަރެން މިކަރުދާސްކޮޅު ނަގާހުޅުވާލީމެވެ. އަދިކިޔަންފެށީމެވެ.

ލޯބިއެވެ. އަހަރެން މިހާރު މިހުރީ ކަލާޔާއެތައްހާސް މޭލެއްދުރުގައެވެ. ހަޤީގަތުގައިވެސް އަހަރެންކަހަލަ ސީރިޔަސް މީހުން މިދުނިޔޭގައި އުޅޭނެކަން ތިބާނުދަންނަންހެއްޔެވެ. ހަޤީގަތުގައިވެސް ބުނަންހެއްޔެވެ. އަހަރެންނަކީ  އަހަރެންގެ ހަޔާތްބަރުބާދުވެފައިވާ މީހެއްކަން އެނގުނު ހިސާބުން ފެށިގެން، މިދުނިޔޭގެ އެކަކުވެސް ސަލާމަތުން ބެހެއްޓުމަކީ އަހަރެން ބޭނުންވާގޮތެއް ނޫނެވެ. އަހަރެންގެ މައިންބަފައިން ނަށްލިބޭ ލާރީގެ ބޮޑުބައެއް އަހަރެންގެ ހަޔާތުގެ އުފަލަށްޓަކައި ހޭދަކުރެއެވެ. އެހެންވެކަލެޔަށްވެސް ތިބާލީސްދަށުގައި 2000 ޑޮލަރު އޮންނާނެއެވެ. ކަލެޔަކީ މިހާރު އަހަރެން ކަހަލަ މީހެކެވެ. އެޗްއައިވީގެ ބައިވެރިޔެކެވެ. ދެންކުރިޔަށް އޮތްދުވަސްތައް އުފަލާއިއެކު ހޭދަކޮށްލާށެވެ.

އަހަރެން ބަލާކަށްނުހުރެ އަވަހަށް ރިޝެޕްސަނަށް ފޯނުކޮށްލީމެވެ. ރިޝެޕްސަނުން ޖަވާބުދިން ކުއްޖާ ބުނީ ތިރޫމް ނަންބަރުގައި އުޅުނުކުއްޖާ ރޭ 5:30 ގެފުލައިޓްން މިހާރުފުރާފިކަމަށެވެ. އެކުވެރިންނޭވެ. އަހަރެންއޭގެ ފަހުން ޑިޔުޓީއަށް ނުވެސް ދަމެވެ. އަދި އެއްވެސްމީހަކު ގާތުގައިމިވާހަކަ ނުބުނެހުރެ ހަފްތާއެއް ވީތަނާ ވަޒީފާއިން ވަކިވީމެވެ. އަދި އަމިއްލަރަށަށް ދިޔައީމެވެ.

އެކުވެރިންނޭވެ! އަހަރެންގެމުޅިހަޔާތް ބަރުބާދުވެގެން ދިޔައީ ކުޑަކުޑަހިނދުކޮޅަކަށް ހޯދާލިއުފަލެއްގެ ސަބަބުންނެވެ. އެކުވެރިންނޭވެ! ވިސްނާށެވެ. ހެއްދެވިފަރާތްދެކެ ބިރުވެތިވީނަމަ އަހަރެންސަލާމަތް ވީސްކަންކަށަވަރެވެ. އެކުވެރިންނޭވެ. ވިސްނާށެވެ އަހަރެން ފާހިޝްކަމަކަށް އެންމެފަހަރަކުވެސް އަރައިނުގަނެވުނަމައޭ މިހާރުހިތައްއެރުވިޔަސް ދެންކުރާނެކަމެއްނެތެވެ. އެކުވެރިންނޭވެ .ކިރިޔާވެސް ނުސީދާމަގަކުން ނުދިޔުމަށް އަހަރެން ތިޔަހުރިހާ އެކުވެރިންނަށް ނަޞޭހަތްތެރިވަމެވެ. އީމާންކަން ވަރުގަދަކުރާށެވެ. އެހެންނޫނީ ދެދުނިޔޭގައިވެސް ސަލާމަތެއްނެތެވެ. އަޅުގަނޑުމެން އެންމެން މިނުބައި ވަބާއިން ސަލާމަތްކުރައްވާށި އާމީން!

 

 

<:O:P>އެޑިޓޯރިއަލްގެ ނޯޓު: މި ލިޔުން ވީހާ ގިނަ ބަޔަކާ ޙިއްސާ ކުރައްވާށެވެ! މީގެ ސަބަބުން ﷲ ޙަރާމް ކުރެއްވި ޒިނޭގެ ބޮޑު ފާފައިން ސަލާމަތް ވުމަށް މީހަކަށް މަގުފަހި ކޮށްދެވޭތޯއެވެ. ޚާއްޞަކޮށް ތިބާގެ އެކުވެރި ރަޙްމަތްތެރިންގެ ތެރެއިން ރިސޯޓްތަކުގައި މަސައްކަތް ކުރާ މީހުންނަށް މި ލިޔުން ފޯރުކޮށް ދެއްވާށެވެ!


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި