Noorul-islam.NET :: އީމާންކަމުގެ ސަވާރީތަކުގައި..
އީމާންކަމުގެ ސަވާރީތަކުގައި..
Category »  ވާހަކަ

ތާރީޚް: 29 ޑިސެމްބަރު 2008

ތަރުޖަމާ ކުރެއްވީ : [ ނަބީލް ]

ރިވާވެގެންވެއެވެ. އިބްރާހީމް ބިން އަދްހަމް ރަޙިމަހުﷲ ފައިމަގުގައި ހިންގަވާފައި ކަޢުބަތުﷲ ގެފުޅަށް މައްކާއަށް ދަތުރުކުރައްވަނިކޮށް ޢައުރާބީންގެ މީހަކަށް ފެނިގެން ސުވާލުދެންނެވިއެވެ. (ޢައުރާބީންނަކީ ރަށްފުށު ހިސާބުތަކުގައި ދިރިއުޅޭ މީހުންނެވެ.) މި ދިގު ދަތުރަށް ނިކުތް އިރު ތިބާ އަރާނެ ސަވާރީއެއް ނެތްތާނގައި ކާނޭ އެއްޗެއް ވެސް ނުލައި ތިޔަ ނުކުތީ ތިބާއަކީ މޮޔައަކީހެއްޔެވެ؟ އެހިނދު އިބްރާހީމް ބިން އަދްހަމް ވިދާޅުވިއެވެ. އަހަރެންގެ ސަވާރީތައް ގިނައެވެ. ތިބާއަށް ނުފެންނަނީއެވެ. އެމީހާ ދެންނެވިއެވެ. އެއީ ކޮން ސަވާރީއެއްހެއްޔެވެ؟

ވިދާޅުވިއެވެ. ބަލާވެރިކަމެއް ޖެހިއްޖެ ނަމަ އަހަރެން ސަވާރުވާނީ ކެތްތެރިކަމުގެ ސަވާރީއަށެވެ. ނިޢުމަތެއް ދެއްވައިފި ނަމަ ޝުކުރުވެރިވުމުގެ ސަވާރީއަށެވެ. ކަންކަން މާތްރަސްކަލާނގެ ކޮންމެ ގޮތަކަށް ކަނޑައެޅުއްވި ނަމަވެސް ރުހި ބޯލަނބުމުގެ ސަވާރީއަށެވެ. ނުބައި ކަމަކަށް އަހަރެންގެ ހަވާ ނަފުސު ގޮވާލައިފި ނަމަ އަހަރެންގެ ޢުމުރުން ވޭތުވެ ދިޔަ ތަނަށް ވުރެ އަންނާން އޮތް ބައި ކުރު ކަމުގައި އަހަރެން ދަންނާނަމެވެ. ދެން އަޢުރާބީ މީހާ ބުންޏެވެ. ތިބާ މާތްރަސްކަލާނގެ އިޒުނަފުޅާއެކު ކުރިއަށް ވަޑައިގަންނަވާށެވެ. ސަވާރީގައި ހުންނެވީ މާތްކަލޭގެފާނެވެ. ހިނގާފައި މިދަނީ އަހަރެންނެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި