Noorul-islam.NET :: އީ-މެއިލް އެޑްރެސް

އީ-މެއިލް އެޑްރެސް
Category »  ވާހަކަ

ތާރީޚް: 27 ޑިސެމްބަރު 2008

ތަރުޖަމާ ކުރެއްވީ : އަޙްމަދު އަސްލަމް


ވަޒީފާއެއް ނުލިބިގެން އެކިތަންތަނަށް ސިޓީ ލަމުންދިޔަ ސާލިމް، އޮފީހެއްގެ މަސައްކަތު މީހެއްގެ ވަޒީފާ ހުސްކޮށްއޮތުމުން ސިޓީއެއް ލިއުނެވެ.

އޮފީހަށް ގޮސް ސިޓީ ހަވާލުކުރުމުން ހަފުތާއެއްފަހުން އިންޓަވިއުއަށް އައުމަށް ދަޢުވަތުދިނެވެ.

ޖެހިގެންއައި ހަފުތާ އިންޓަވިއުގައި ވާހަކަ ދައްކަމުންގޮސް ސާލިމްގެ އީ-މެއިލް އެޑްރެސް ދިނުމަށް އޮފީހުން އެދުނެވެ. އެވަގުތު ސާލިމް ބުންޏެވެ. "އަޅުގަނޑަކީ އީ-މެއިލް އެޑުރެހެއް ކިއެއްކުރަން ކޮންޕިއުޓަރެއްވެސް ގެންގުޅޭ މީހެއްނޫނެވެ."

އޮފީހުން ސާލިމްގެ ކިބައިން މާފަށް އެދުމާއެކު، އީ-މެއިލް އެޑްރެސް ނުހުންނަމީހަކަށް ވަޒީފާ ދެވެން ނެތްކަމުގައި ބުނެ، ސާލިމް ގެއަށް ފޮނުވާލައިފިއެވެ.

ސާލިމްގެ އަތުގައި އޮތިއްޔާ އޮތް އެއްޗަކީ އެންމެ ދިހަ ޑޮލަރެވެ. ސާލިމް މި ޑޮލަރު ކޮޅުހިފައިގެން މާރުކޭޓަށްގޮސް ކުޑަފޮއްޓެއްގައި ދިހަ ކިލޯއިން ބަންދުކޮށްފައި ހުންނަ ވައްތަރުގެ ޓޮމާޓޯގަތެވެ. އަދި ރަށުތެރެއަށް އަރާ ޓޮމާޓޯކޮޅު ވިއްކާލުމަށްޓަކައި ގޭގޭ ކައިރިން ހިނގަންފެށިއެވެ. އިރުކޮޅެއްތެރޭ ސާލިމްއަށް އޭނާ ގަތް އެއްޗެހީގެ ދެގުނަ ލިބިއްޖެއެވެ. މިކަން ތަކުރާރުކޮށް ތިންފަހަރު ކުރުމުން މީނާއަށް ފަސްދޮޅަސް ޑޮލަރު ލިބުނެވެ.

މިއީކުރަން ރަނގަޅު ވިޔަފާރިއެއްކަމުގައި ސާލިމްއަށް ވިސްނުނެވެ. އަދި ކޮންމެ ދުވަހަކު ވެސް މި ކުޑަ ވިޔަފާރި މި ގޮތުގެ މަތީން ކުރަމުން ގެންދިޔައެވެ. ދުވަސްކޮޅެއްތެރޭ ސާލިމްގެ މި މަސައްކަތް ކުރިއަރާ ތަރައްޤީވުމުން ކުޑަ ޕިކަޕެއްވެސް ގަނެއްޖެއެވެ.

ފަސްވަރަކަށް އަހަރު ފަހުން ސާލިމްގެ ކުންފުންޏަކީ ރަށުގައި ހުރި އެންމެ ފެންވަރު ރަނގަޅު ޑެލިވަރީގެ ޚިދުމަތްދޭ ކުންފުނިކަމުގައި ވެއްޖެއެވެ.

ސާލިމް އޭނާގެ ކުންފުނި އިންޝިއުރަންސް ކުރުމަށްޓަކައި އޮފީހަކަށް ދިޔައެވެ. އަދި އެއޮފީހުން ސާލިމްގެ އީ-މެއިލް އެޑްރެސް ދިނުމަށް އެދުނެވެ. ސާލިމް ބުންޏެވެ. "އަޅުގަނޑު ނުގެންގުޅެން އީ-މެއިލް އެޑްރެހެއް. "ހައިރާންވެފައި އެމީހާ ސުވާލު ކުރިއެވެ. "ސާލިމް ގެ ވިޔަފާރި ތިހާ ފުޅާވެ ތަރައްޤީކޮށްފައި ތިހުރީ އީމެއިލް އެޑްރެހެކާއި ވެސް ނުލައިހެއްޔެވެ؟"

ސާލިމް އާނ... އެކޭ ބުންޏެވެ.

ކުރިއެރުމާއި ތަމައްދުން ބިނާވަނީ މަސައްކަތާއި ހިތްވަރުގެ މައްޗަށެވެ. ޢަޒުމާއި ކެރުމުގެ މައްޗަށެވެ. އީމެއިލް އެޑްރެސްތައް ގިނަވެ، ޗެޓްކުރާ މިންވަރު އިތުރުވުމުގެ މައްޗަކަށް ނޫނެވެ. ނަމަވެސް އިންޓަރނެޓަކީ މިއަދު އަހަރެމެންގެ ތަރައްޤީގައި ބޭނުންކުރުން ހަމަ ކޮންމެހެން އެދެވިގެންވާ އަދި ބޭނުންކުރެވެމުންދާ އަގުހުރި ވަސީލަތެކެވެ. އާއެކެވެ. އެއީ ވަސީލަތެކެވެ. އެ ބޭނުންކުރަންވާނީ ވަސީލަތެއްގެ ގޮތުގައެވެ. ހަރުދަނާ ކަންމަތީގައެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި