Noorul-islam.NET :: އެވެސް ނުލިބުނީއެވެ.

އެވެސް ނުލިބުނީއެވެ.
Category »  ވާހަކަ

ތާރީޚް: 25 ޑިސެމްބަރު 2008

 : 

އެއްޒަމާނެއެއްގައި ވަރަށް އަމިއްލަ އެދުން ބޮޑު އަދި އެހާމެ ދަހި މީހަކު އުޅުނެވެ.  މީހަކު ހާލުގައިޖެހިގެން މީނާގެ ކައިރީ ލާރިކޮޅަކަށް އެދުނަސް މީނާ އެކަމާދެކޮޅުހަދައެވެ.

އެއްދުވަހަކު މީނާގެ އަތުން ނުވަދިހަ ރުފިޔާ ގެއްލިއްޖެއެވެ. އަދި މީނާގެ ރައްޓެހިން ގާތުގައި އޭނާގެ އަތުން ނުވަދިހަ ރުފިޔާ ގެއްލިއްޖެވާހަކަޔާއި ފެނިއްޖެއްޔާ އަނބުރާ ރަށްދުކޮއްދިނުމަށް އެދުނެވެ.

އެދުވަހުގެ ހަވީރު ދަހިމީހާގެ ރައްޓެއްސެއްގެ ދަރިފުޅު ބޭރުން އައިސް މިކުއްޖާގެ ބައްޕަ ގާތުގައި ބުންޏެވެ. "ބައްޕާ މިއަދު އަހަރެން ގެއަށް އައި މަގުމަތީން ފެނުނު ނުވަދިހަ ރުފިޔާ މިއޮތީ."

މިމީހާއަށް މިއީ އެއްކަލަ ދަހި މީހާގެ ނުވަދިހަ ރުފިޔާކަން ވިސްނިގެން އޭތި ހަވާލު ކުރަން ދިޔައެވެ. ދަހިމީހާ މި ރުފިޔާތައް ގުނުމަށްފަހު ބުންޏެވެ. "މިއިން ދިހަ ރުފިޔާ މަދެވެ. އަހަރެންނަށް ހީވަނީ ކަލޭގެ ދަރިފުޅު، ދިހަރުފިޔާ ނެގީހެންނެވެ. އެހެންވީމާ އަހަރެން އެދެެނީ މަދުވާ ދިހަ ރުފިޔާ އަހަރެންނަށް ކަލޭ ދިނުމަށެވެ."

ކުއްޖާގެ ބައްޕަ މިކަމާ އެއްބަސްނުވުމުން، މި ކަންތައް ދެން ނިންމާނީ ގާޒީކަމުގައި ބުނެ، ކުއްޖާއާއި ކުއްޖާގެ ބައްޕަ ގޮވައިގެން ދަހިމީހާ ކޯޓަށް ހިނގައްޖެއެވެ.

ގާޒީ މިކުއްޖާއާއި ސުވާލު ކުރިއެވެ. "ކޮއްކޮއަށް ފެނުނީ ކިތައްރުފިޔާ؟"

ކުޑަ ކުއްޖާ ބުންޏެވެ. "އަޅުގަނޑަށް ފެނުނީ ނުވަދިހަ ރުފިޔާ."

ގަޒީ ދަހި މީހާއާއި ސުވާލު ކުރިއެވެ. "ކަލޭގެ އަތުން ގެއްލުނީ ކިތައްރުފިޔާ؟"

ދަހި މީހާ ބުންޏެވެ. "ސަތޭކަ ރުފިޔާ."

ގާޒީ ބުންޏެވެ. "އެހެންވިއްޔާ މި ނުވަދިހަ ރުފިޔާއަކީ ކަލޭގެ އެއްޗެއްނޫނެވެ. މިކުއްޖާއަށް ފެނުނީ ނުވަދިހަ ރުފިޔާއެވެ. ސަތޭކަ ރުފިއާއެއް ނޫނެވެ. އެހެން ވީމައި މި ވާނީ ކޮންމެވެސް އެހެން މީހެއްގެ އަތުން ގެއްލިގެން އުޅޭ ނުވަދިހަ ރުފިޔާ ކަމަށެވެ. ކޮއްކޮ ތިރުފިޔާ ކޯޓާއި ހަވާލުކުރާށެވެ. މީހަކު ނުވަދިހަ ރުފިޔާ ގެއްލިގެން އުޅޭނަމަ އެމީހަކާ ތިރުފިޔާ ހަވާލު ކުރާނަމެވެ."

ޙަދީޘްގައި ވެއެވެ. [ތެދެބުނާށެވެ. ފަހެ ގެއްލުން ލިބުންވަނީ ތެދުބުނުމުގައި ކަމަށް ތިޔަބައިމީހުންނަށް ހީވި ކަމުގައި ވިޔަސް ހަޤީޤަތުގައި ނަޖާވުން ވަނީ ތެދުބުނުމުގައެވެ. އަދި ދޮގުހެދުމާއި ދުރުހެލިވާށެވެ. ފަހެ ނަޖާވުންވަނީ ދޮގުހެދުމުގައި ކަމަށް ތިޔަބައިމީހުންނަށް ހީވި ކަމުގައި ވިޔަސް ހަލާކުވެދިއުންވަނީ ދޮގުހެދުމުގައެވެ.]

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އާ ސުވާލު ދެންނެވުނެވެ.

މުއުމިނަކު ފިނޑި މީހަކު ކަމުގައި ވެދާނެތޯއެވެ؟

ޙަދީޘްކުރެއްވިއެވެ. އާއެކެވެ.

ދެންނެވުނެވެ. މުއުމިނަކު ދަހި މީހަކު ކަމުގައި ވެދާނެތޯއެވެ؟

ހަދީޘްކުރެއްވިއެވެ. އާއެކެވެ.

ދެންނެވުނެވެ. މުއުމިނަކު ދޮގުވެރިއަކު ކަމުގައި ވެދާނެތޯއެވެ؟

ހަދީޘްކުރެއްވިއެވެ. ނޫނެކެވެ.



 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި