Noorul-islam.NET :: މިސްކިތަށް ވަންނަ ކޮންމެ މީހެއްގެ މައްޗަށް ތަޙިއްޔަތުލް މަސްޖިދުގެ ދެ ރަކްޢަތް ކުރުން ވާޖިބުވާނެތަ؟




މިސްކިތަށް ވަންނަ ކޮންމެ މީހެއްގެ މައްޗަށް ތަޙިއްޔަތުލް މަސްޖިދުގެ ދެ ރަކްޢަތް ކުރުން ވާޖިބުވާނެތަ؟
Category »  ފިޤްހު

ތާރީޚް: 24 ޑިސެމްބަރު 2008

ތަރުޖަމާކުރެއްވީ : ޢަބްދުﷲ ޞިއްދީޤް



ސުއާލު:މިސްކިތަށް ވަންނަ ކޮންމެ މީހެއްގެ މައްޗަށް ތަޙިއްޔަތުލް މަސްޖިދުގެ ދެ ރަކްޢަތް ކުރުން ވާޖިބުވާނެތަ؟

ޖަވާބު: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. (إذا دخل أحدكم المسجد فليركع ركعتين قبل أن يجلس ) = رواه البخاري = މާނައަކީ؛ " މިސްކިތަށް ވަދެއްޖެ ކޮންމެ މީހަކުވެސް މިސްކިތުގައި އިށީނުމުގެ ކުރިން ފަހެ ދެރަކުޢަތް ކުރާށެވެ." ވީމާ މިސްކިތަށް ވަދެ އިށީންނަން ވެއްޖެނަމަ އިށީނުމުގެ ކުރިން ދެރަކުޢަތް ކުރަން ވާނެއެވެ. އެހެންނަމަވެސް ނުއިށީންނަނަމަ އެދެރަކުޢަތް ކުރާކަށް ނުޖެހޭނެ އެވެ. އަދި ހަމަ އެހެންމެ ފަރުޟުނަމާދަށް ދާމީހާ މިސްކިތަށް ދިޔައިރު ޖަމާޢައް ފެށިފައި ވާނަމަ އެމީހާއަކަށް ވެސް އެދެރަކުޢަތެއް ނެތެވެ. ( އަލް ފައުޒާން ) المنتقى من فتاوى الفوزان  صــــ53

ތަޙިއްޔަތުލް މަސްޖިދުގެ ދެރަކުޢަތަކީ މިސްކިތުގެ މާތްކަމާއި ކަރާމަތަށްޓަކައި ﷲއަށް ކުރެވޭ ދެރަކުޢަތް ނަމާދެކެވެ. ގޭގެ އަށް ވަންނަ އިރު އެގެތަކުގެ އަހުލުވެރީންނަށް ގޮވާލެވޭ ސަލާމް ފަދައިން، ރައްޓެއްސަކާ ބައްދަލު ވާހިނދު ސަލާމް ގޮވާ ފަދައިން، އެދެރަކުޢަތަކީ މިސްކިތަށް ވަންނައިރު އެގެކޮޅުގެ ވެރި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ގޮވާލެވޭ ސަލާމެއް ފަދަ މާތް ދެރަކުޢަތެވެ. އިމާމު އައްނަވަވީ رحمه الله އެކަލޭގެފާނުގެ حاشية ابن قاسم:2/252 ގައި ވިދާޅުވެފައިވަނީ ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި އެދެރަކުޢަތަކީ އެއީ މިސްކިތުގެ ވެރިފަރާތަށް ގޮވާލެވޭސަލާމެއް ކަމުގައެވެ. ފަހެ އެއީ ﷲގެ ހަޟުރަތަށް ކުއްތަން ވުމުގެގޮތުން ކުރެވޭ ދެރަކުޢަތް ނަމާދެކެވެ. އެއީ މިސްކިތާ ކުރެވޭ ސަލާމެއްނޫނެވެ. މާތް ﷲގެ ގެކޮޅަށް ވަންނަ މީހާ ސަލާމް ގޮވަނީ އެގެކޮޅަކަށް ނޫނެވެ. އެގެކޮޅުގެ ވެރިފަރާތަށެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި