Noorul-islam.NET :: ތިބާއަކީ މުއްސަންޖެއް ހެއްޔެވެ؟
ތިބާއަކީ މުއްސަންޖެއް ހެއްޔެވެ؟
Category »  ވާހަކަ

ތާރީޚް: 22 ޑިސެމްބަރު 2008

ތަރުޖަމާ ކުރެއްވީ : [ބިލާލް]


 

ވަރަށް ޞާލިޙް އަޅުވެރިޔަކު އަޅުކަން ކުރަމުން ދިޔަ މަންޒަރު މުއްސަނދި ސައުދާގަރަކަށް ފެނުނެވެ. އަޅުވެރިޔާގެ އިޚްލާސްތެރިކަން ފެނިފައި އޭނާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އެހެންވެ ކޮތަޅެއްގެ ރަން އޭނާއަށް ގެންގޮސް ދިނެވެ. އަދި ބުންޏެވެ. "ތިބާ މިހޭދަކުރާނީ ހެޔޮ ގޮތުގައި ﷲ އަށްޓަކައިކަން އަހަރެން ޔަގީން ކުރަމެވެ. މީގައި ހިފާށެވެ." މިހެން ބުނެފައި އޭތި ދީފައި ސައުދާގަރު އެނބުރި ދާން އުޅުނެވެ.

"އަދި އިހަށް މަޑުކޮށްބަލަ..، އަހަރެންނަކަށް ނޭނގެ އަހަރެން މީގައި ހިފުން ހުއްދަވާނެކަމެއް. ކަލެއަކީ މުއްސަންޖެއްތަ؟ އަދި އިތުރަށް ފައިސާ ކަލޭގެ ގޭގައި ހުންނާނެތަ؟" އަޅުވެރިޔާ ސުވާލުކުރިއެވެ.

"އާނ.. ޔަގީނޭނު. އަދިވެސް އަހަރެންގެ އަތުގައި މަދުވެގެން އެއްހާހަށް ވުރެ ގިނަ ރަން ފައިސާފޮތިފޮތި ހުންނާނެ." ސައުދާގަރު ފަޚުރުވެރިކަމާއިއެކު ބުންޏެވެ.

"ކަލޭ އަދި ތިގޮތަށް އިތުރު އެއްހާސް ރަނުގެ ފައިސާ ލިބުމަށް އެދެމުތަ؟" އަޅުވެރިޔާ ސުވާލުކުރިއެވެ.

"އާނ ފަހެ. ކީއްވެ ބޭނުން ނުވާންވީ... އަހަރެން ކޮންމެ ދުވަހަކުވެސް ވަރަށް މަސައްކަތް ކުރަން އިތުރު ފައިސާތައް ޖަމާކުރަން."

"ކަލެއަށް އިތުރު އެއްހާސް ލިބިއްޖެއްޔާ އޭގެ އިތުރަށްވެސް އެއްހާސް ލިބޭނެ ނަމައޭ ހިތަށް އަރާނެތަ؟"

"އާނ... އަހަރެން އަބަދުވެސް ގިނަ ގިނައިން މުދަލާއި ފައިސާ ދެއްވުމަށް އެދި ދުޢާކުރަން."

ސައުދާގަރު މިހެން ބުނުމާއެކު، އަޅުވެރިޔާ އެ ފައިސާ ކޮތަޅު އަނެއްކާވެސް އަނބުރާ އޭނާގެ އަތަށް ދިނެވެ. އަދި ބުންޏެވެ. "އަހަރެންނަށް މާފުކުރާށެވެ. ކަލޭ ދިން ރަންތައް އަހަރެންނަކަށް ބޭނުމެއް ނޫން.. މުއްސަނދި މީހަކު ސަލާންޖަހާ ނިކަމެއްޗެއްގެ އަތުން ފައިސާ ހޯދަން ހެޔޮވާނެ ހެއްޔެވެ؟"

ސައުދާގަރު ގަބުވެފައި ހުރެ ސުވާލުކުރިއެވެ. "ކަލޭ ކީއްވެ އަހަރެންނާއި ދިމާލަށް ސަލާންޖަހާ މީހެކޭ ބުނެ އަމިއްލައަށް ކަލެއަކީ މުއްސަންޖެއްކަމަށް ތިބުނަނީ؟"

"އަހަރެންނަކީ ވަރަށް މުއްސަނދި މީހެއް.. އެހެނީ އަހަރެންނަށް ﷲ މިންވަރު ކުރައްވާ އެއްޗެއް އަހަރެން ޝުކުރުވެރިކަމާއެކު ބަލައިގަނެ، އެވަރުން ހިތްހެޔޮކޮށްލަމެވެ. ކަލެއަކީ ސަލާންޖަހާ މީހެކޭ ބުނީ، ކަލެއަށް ކިތަންމެ ބައިވަރެއް ﷲ ދެއްވިކަމުގައިވިޔަސް އެއާއި މެދު ހިތްހަމަ ނުޖެހި، ޝުކުރުވެރިވުމެއް ނެތި އަބަދުވެސް ޝަކުވާ ކުރާތީއެވެ."


 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި