Noorul-islam.NET :: އެއްލާލި އަނގޮޓި

އެއްލާލި އަނގޮޓި
Category »  ވާހަކަ

ތާރީޚް: 21 ޑިސެމްބަރު 2008

ތަރުޖަމާ ކުރެއްވީ : އަޙްމަދު އަސްލަމް


بِسْــــمِ اللَّـهِ

ބިސްމި ﷲ ކިޔާފައި ނޫނީ އެއްވެސް ކަމެއް ނުކުރުމަށް އާދަކޮށްފައިވާ ވަރަށް އަޅުވެރި އަންހެނަކު  އެއްޒަމާނެއްގައި އުޅުނެވެ. ބައެއް ފަހަރަށް އަންހެންމީހާގެ މިކަމަށްޓަކައި ފިރިމީހާ ޖޯކުވެސް ޖަހައެވެ. ނަމަވެސް އެކަމާއި މި އަޅުވެރި އަންހެނާ އަޅައެއް ނުލައެވެ.

އެއްދުވަހަކު ފިރިމީހާއަށް ފެނުނީ ބިސްމިﷲ ކިޔާފައި އަންހެންމީހާގެ އަނގޮޓި ބާލާ، ކަބަޑުގައި ބޭއްވިތަނެވެ. އަނގޮޓި ރައްކާތެރިކޮށްދެއްވުމަށް އެދި މަތިވެރި ﷲ ގެ އިސްމުފުޅު ކީ ފަދައެވެ. މިތަންފެނުމުން ފިރިމީހާ ވަރަށް ސިއްރުން ގޮސް އަގޮނޓި ނަގާފައި ކުޑަދޮރުން ގެ އާދިމާބޭރުގައި އޮތް ކޯރުތެރެއަށް އެއްލާލައިފިއެވެ. ފިރިމީހާގެ ބޭނުމަކީ ބިސްމިﷲ ކިޔަކަސް އޭތި ރައްކާތެރިނުވާނެކަން ޔަޤީންކޮއްދިނުމެވެ.

ޖެހިގެންއައިދުވަހު ފިރިމީހާ މަސައްކަތް ނިންމާ، ގެއަށް އައުމަށްފަހު، އަނބިމީހާ ގާތުގައި އަނގޮޓި ކޮބާހޭ ސުވާލުކުރިއެވެ.

އަނބިމީހާ ހަމަ އެހެންޏާވެސް އަނގޮޓި ބާއްވާތަނުން އަނގޮޓިނަގައިން އައިސް ފިރިމީހާއަށް ދެއްކިއެވެ.

ފިރިމީހާހުރީ ބުނާނެއެޗެއްވެސް ނޭނގިފައެވެ. އިރުކޮޅަކު ހުރުމަށްފަހު ބުންޏެވެ. "އަހަރެންނަށް މާފު ކުރާށެވެ. އަހަރެން އިއްޔެގައި ތި އަނގޮޓި ކޯރަށް އެއްލާލީމެވެ.  އަނގޮޓި އަނބުރާ ލިބުނު ގޮތް އަހަރެންނަށް ކިޔާދީބަލާށެވެ."

އަނބިމީހާ ފަޚުރުވެރިކަމާއި އެކު ކިޔާދޭން ފެށިއެވެ. "އަހަރެން މިއަދު މެންދުރަށް ކައްކަން މިތާ މަސްވިއްކާ މީހާގެ އަތުން މަހެއްގަނެގެން، ގެއަށްއައިސް އޭތި ކަނޑަނިކޮށް އޭތީގެ އެތެރޭން އަހަރެންނަށް މި އަނގޮޓި ފެނުނީ، ދެން ވިސްނުނީ މީ ބިސްމި ﷲ ކިއުމުން އެއްޗެއް ރައްކާތެރި ނުވާނެކަން އަހަރެންނަށް ޔަޤީން ކޮށްދޭން ހިތުލައިގެން ފިރިމީހާ ކުރިކަމެއްކަން، އެހެންވެގެން ގެއަށް ކާން އަންނަން ވާއިރަށް އަނގޮޓި ދޮވެ ރީތިކޮށްލާފައި ގެންގޮސް އަވަހަށް ކަބަޑަށްލީ."

ފިރިމީހާ ﷲ ގެ ހަޟްރަތަށް ތައުބާވެ އެދުވަހަށް ފަހުގައި ކުރާކޮންމެ ކަމެއް ކުރުމުގެކުރިން ބިސްމި ﷲ ކިޔަން އަޒުމުކަނޑައެޅިއެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި