Noorul-islam.NET :: އަހަރެންނަށް ވިސްނުނު ގޮތް

އަހަރެންނަށް ވިސްނުނު ގޮތް
Category »  ވާހަކަ

ތާރީޚް: 20 ޑިސެމްބަރު 2008

ތަރުޖަމާ : އަޙްމަދު އަސްލަމް


ދަނޑުވެރިއަކު އޭނާގެ ހިމާރު މައްޗަށް ގޮދަންތަކެއް ބަރުކޮށްގެން މާރުކޭޓަށް ދިއުމަށްޓަކައި ހިނގަމުން ދިޔައެވެ. މި ދަތުރު މަތީގައި މީނާ ވަރުބަލިވެގެން އަރާމުކޮއްލުމައްޓަކައި ގަހެއްގެ ހިޔަލުގައި ޖައްސާލިއެވެ. ނިކަން އަވަހަށް ނިދި އައިސް އޭނާއާ ބައްދަލުކުރިއެވެ.

އިރުކޮޅެއްފަހުން ހޭލެވިގެން ވަށައިގެން ހޯދާ ހޯދާވެސް މީނާގެ ހިމާރެއް ނުފެނުނެވެ. ހިމާރުފެނޭތޯ އެކިމީސްމީހުން ގާތުން އަހަމުން ދަނިކޮށް ކުޑަކުއްޖަކާދިމާވެގެން މީނާ ސުވާލު ކުރިއެވެ. "އަހަރެންގެ ހިމާރު ދުށިންތަ؟"

މިކުއްޖާ ބުންޏެވެ. "ބޭބެ ތި ކިޔަނީ ގޮދަންތަކެއް އަރުވާފައިވާ، އަދި ވާތު ލޯ އަނދިރި ހިމާރެއްގެ ވާހަކަހެއްޔެވެ؟"

ދަނޑުވެރިޔާ ވަރަށް އުފަލުން ބުންޏެވެ. "އާނއެކެވެ. ކޮއްކޮ ތިބުނީ ހަމަރަނގަޅަށެވެ. ކޮއްކޮއަށް އޭތި ފެނުނީ ކޮންތާކުންހެއްޔެވެ؟"

މިކުއްޖާބުންޏެވެ. "އަހަރެން އޭއްޗެއް ނުދެކެމެވެ."

ދަނޑުވެރިޔާ ވަރަށް ރުޅިއައިސްފައި ތިން ހަތަރު ފަހަރު އެހުމުންވެސް މިކުއްޖާގެ ޖަވާބަށް، ބަދަލެއް ނައުމުން، މިކުއްޖާ ގޮވައިގެން ދަނޑުވެރިޔާ ކޯޓަށް ދިޔައެވެ.

ގާޒީ މި ކުއްޖާއާއި ސުވާލު ކުރިއެވެ. "އޭ ކޮއްކޯއެވެ. ކޮއްކޮ އޭނާގެ ހިމާރު ނުފެންނަކަމަށް ބުނާއިރު އޭތީގެ ވާތު ލޯ އަނދިރިކަމާއި އޭގެ މައްޗަށް ގޮދަން އަރުވާފައި ހުރިކަން ބުނެދޭން އެނގުނީ ކިހިނެއް ހެއްޔެވެ؟"

މިކުއްޖާ މަޑުމައިތިރި ކަމާއިއެކު ކިޔައިދޭން ފެށިއެވެ. "އަހަރެން ހިނގާފައި އައި މަގުގެ ދެފަރާތުގައިވެސް ބޯކޮށް ހުއިގަސްތައް ފަޅާފައި ހުންނާނެއެވެ. ދެންމެ އައިއިރު އެމަގުގެ ކަނާތް ފަރާތު ހުއިގަސްތައްވަނީ ކޮންމެވެސް ޖަނަވާރެއް ކައިފައެވެ. އެކަމަކު ވާތް ފަރާތު ގަސްތައް ރީތިކޮށް ހުއްޓެވެ. ދެން އަހަރެންނަށް ވިސްނުނީ މިބޭބެގެ  އެބުނާ ހިމާރުދަމުން އެގަސްތައް ކެއީކަމަށެވެ. އަދި ވާތް ފަރާތު ގަސްތައް ނުކައި ކަނާތް ފަރާތު ގަސްތައް ކެއީ ވާތު ލޯ އަނދިރި ހިމާރަކަށް ވާތީ ކަމުގައެވެ. އެހެން ވެގެން ބޭބެގެ ހިމާރުގެ ވާތު ލޯ އަނދިރިހެއްޔޭ؟ އަހަރެން ސުވާލުކުރީއެވެ. ދެން އެތަނުގެ ބިންމައްޗަށް ފުދޭވަރަކަށް ގޮދަން އެޅިފައި ހުރުމުން ބޭބެގެ ހިމާރުގެ ބުރަކަށި މަތީގައި ގޮދަން ބަރުކޮއްފައި ހުންނާނެހޭ...؟ އަހަރެން ސުވާލުކުރީއެވެ."

ގާޒީ އާއި ދަނޑުވެރިޔާ މިކުއްޖާގެ ވިސްނުން ތޫނުކަމާއި މެދު ހައިރާންވިއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި