Noorul-islam.NET :: މަންމާ...!! ކިއެއް ކޮއްދޭންވީ؟ ކޮންކަމެއް ބޭނުމީ؟؟
މަންމާ...!! ކިއެއް ކޮއްދޭންވީ؟ ކޮންކަމެއް ބޭނުމީ؟؟
Category »  ވާހަކަ

ތާރީޚް: 18 ޑިސެމްބަރު 2008

ތަރުޖަމާ : އަޙްމަދު އަސްލަމް
ނައީލް އޭނާގެ މަންމަ ކައިރީ ބުންޏެވެ. [މަންމާ ކީއް އަހަރެން ކޮއްދޭންވީ؟ ކޮންކަމެއް ބޭނުމީ؟ އަހަރެން ބޭނުން މަންމަ އަހަރެންދެކެވާ ލޯތްބާއި އަހަރެން ބަލާ ބޮޑުކުރުމަށްޓަކައި އުފުލަން ޖެހުނު ވޭނާއި ތަހަންމަލްގެ އަގު އަދާކޮށްދޭން.]

މަންމަ ހައިރާންވެ ހުރެ ސުވާލު ކުރިއެވެ. [ދަރިފުޅު ކީއްވެ ތިގޮތަށް ތި ވިސްނަނީ؟ މަންމަ އަދާކުރީ މަންމަގެ ވާޖިބެއް، އެއްވެސް ވާޖިބަކަށް އޭގެ ބަދަލުގައި އަގެއް ދޭކަށް ނުޖެހޭ، އެހެން ނޫނަސް ދަރިފުޅަކަށް އެކަމުގެ އަގެއް ނުވެސް ދެވޭނެ.]

ޖެހިގެން އައިރޭ ނައީލަށް ނިދުނުތަނާހެން އޭނާގެ މަންމަ ފެންޖަގެއް ހިފައިގެން އައިސް ނައީލްގެ އެނދުގެ އެއްބަޔަށް ވާގޮތަށް އޮއްސާލައިފިއެވެ. ހަމަ މިގޮތަށް ތިން ހަތަރު ޖަގުގެ ފެން ގެނެސް އަޅާލިތަނާ ނައީލަށް ހޭލެވިއްޖެއެވެ.

ހޭލެވިގެން ވަށައިގެން ހޯދާލިއިރު ފެނުނީ މަންމަ އެނދުގެ ކައިރީ ފެންޖަގެއްހިފައިގެން ހުއްޓައެވެ. ރުޅިއައިސްފައިވާ ނައީލް އޭނާގެ މަންމަޔާ ސުވާލުކުރިއެވެ. [މަންމާ..! ކީއްތިކުރަނީ؟ ކީއްވެ އަހަރެން ނިދިޔަ ނުދޭން މަސައްކަތް ތިކުރަނީ؟ ކިހިނެއް އަހަރެން ތެމިފޯވެފައިވާ މިއެނދުގައި ނިދާނީ؟]

މަންމަ ބުންޏެވެ. [އަހަރެން ދަރިފުޅު ކުޑައިރު ނިދަނީ ތެމިފައޮތް އެނދެއްގައި، ކޮންމެ ފަހަރަކު ރޭގަނޑު ދަރިފުޅު އެނދަށް ހީސްލުމުން އެނދުގެ ނުތެމި އޮތްތަނަށް ދަރިފުޅު ބަދަލުކޮށްފައި މަންމަ ނިދަނީ އެތަނުގައި، މީ އެއްރެޔަކު ދެ ރެޔަކު އެކަނި ހިނގި ކަމެއްނޫން، ތިންހަތަރު އަހަރު ވާންދެން މަންމަ ހަމަ އުފަލާއި އެކު އަދާކުރި މަންމަގެ ވާޖިބު. ދަރިފުޅު ތި ބުނަނީ ތެމިފައި އޮތް އެނދެއްގައި އެންމެ ރެޔަކު ވެސް ނުނިދޭނެ ވާހަކަ.

ނައީލްގެ ދެ ލޮލުން ކަރުނަތައް އޮހިގެން ދިޔައެވެ. އަދި ބުންޏެވެ. [މަންމަޔަކު ދަރިފުޅަށް ދިން ލޯތްބާއި އޯގާތެރިކަމުގެ އަގު އެއީ އަދާ ކޮއްދެވޭނެ އެއްޗެއް ނޫންކަން އަހަރެންނަށް މިއަދު އެނގިއްޖެއެވެ.]

رَبِّ ارْحَمْهُمَا كَمَا رَبَّيَانِيْ صَغِيْراً

ކުޑަކުއްޖަކު ކަމުގައި މިއަޅާ ވީދުވަހު، އެދެމީހުން މިއަޅާ ބަލާބޮޑުކުރި ފަދައިން، އެދެމީހުންނަށް ރަހުމަތް ލައްވާފާނދޭވެ! (ސޫރަތުލް އިސްރާއު: 24)

(ނިމުނީ)

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި