Noorul-islam.NET :: މަރުވެފައިތިބޭ މީހުންނަށް ފާތިޙާ ކިޔުމަކީ ކޮންކަހަލަ ކަމެއްތޯ؟




މަރުވެފައިތިބޭ މީހުންނަށް ފާތިޙާ ކިޔުމަކީ ކޮންކަހަލަ ކަމެއްތޯ؟
Category »  ސުވާލާއި ޖަވާބު

ތާރީޚް: 19 އޮކްޓޯބަރ 2008

ޖަވާބުދެއްވީ : އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން

ސުވާލު: މަރުވެފައިތިބޭ މީހުންނަށް ފާތިޙާ ކިޔުމަކީ ކޮންކަހަލަ ކަމެއްތޯ، އަދި ފާތިޙާއަކީ އޮންނަ އެއްޗެއްތޯ؟އަދި ހުއްދަނަމަ ދަލީލަކީ ކޮބާތޯ؟

 

ޖަވާބު:

މަރުވެފައިވާ މީހާގެމައްޗަށް ފާތިޙާ ކިޔެވުމަކީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ ސުންނަތުން ޘާބިތުވާ ކަމެއް ނޫނެވެ . އެކަލޭގެފާނަށްފަހު އަޞްހާބުބޭކަލުން ކުރެއްވިކަމެއްވެސް ނޫނެވެ. ވީމާ އެއީ އެއްވެސް އަޞްލެއްގެ މަށްޗަށް ބިނާވެގެން ކުރާކަމެއް ނޫނެވެ. އަދި ކިއެއްތަ އެއީ ބިދުޢައެކެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ " (مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ   ބުޚާރީ : 2499)  މާނައީ : ތިމަންކަލޭގެފާނުންގެ މިޝަރީޢަތުގައި ނެތްކަމެއް އުފައްދައިފިމީހާގެކިބައިން އެމީހާއެކުރި ކަންތައް ޤަބޫލުނުކުރެވޭހުއްޓެވެ" އެހެން ރިވާޔަތެއްގައި ވެއެވެ. "مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ "( މުސްލިމް :3243) މާނައީ : މިޝަރީޢަތުގައި ނެތް ޢަމަލެއް ކޮށްފިމީހާއަށް އެކަން ރައްދު ކުރެވޭނެއެވެ.( އެބަހީ އެކަން ޤަބޫލުނުކުރެވޭނެއެވެ)

    މީގެ އިތުރުން ފާތިޙާގައި ޝިރުކުގެ ބައެއް ޢިބާރާތް ހުރިކަމީ އެއީ ބާޠިލުއެއްޗެއްކަމުގެ ބޮޑުވެގެންވާ ދަލީލެކެވެ. އެއީ ސުންނަތް ޖަމާޢަތުން ބޭރުވެފައިވާ ޖަމާޢަތެއްކަމުގައިވާ ޞޫފީންގެ ކަމެކެވެ. މިގޮތުން ޢަބްދުލްޤާދިރް ޖީލާނީ ޞިފަކުރެވިފައިވާ ޢިބާރާތުގައި މާތް ﷲ އަށް ނޫން އެހެން ފަރާތަކަށް ނިސްބަތްކުރުން ހެޔޮނުވާ ޞިފަތަކުގެތެރެއިން ޞަމަދުވަންތަކަމުގެ ޞިފައިން ޞިފަކުރެވިފައިވުމާއި،  ޢަބްދުލްޤާދިރް ޖީލާނީއަކީ އިސްތިޣާޘާ ކުރެވޭ ( އެބަހީ ބޮޑެތިމުޞީބާތްތަކުންނާއި އާފާތްތަކުން މީސްތަކުން ދުރުކޮށްދޭ ) މީހެއްކަމަށް ޞިފަކުރެވިފައިވުން ފާހަގަކުރެވެއެވެ. އަދި ފާތިޙާގައި ޢަބްދުލްޤާދިރް ޖީލާނީގެ ޤަބުރުމަތީ އަޅާފައިވާ ގުއްބަށް ރަޙްމަތްލެއްވުމަށް ދުޢާކޮށްފައިވެއެވެ. ނަމަވެސް ޤަބުރުމަތީ އެއްވެސް ޢިމާރާތެއްކުރުމަކީ ކަނޑައެޅިގެން ޙަރާމްކަމެކެވެ. ބޮޑުތަރުތީބުގައިވެސް އެފަދަ ޢިމާރާތެއް ހުރިނަމަ ތަޅާލުން ވާޖިބުވާނެކަމަށް ބުނެފައިވެއެވެ. ވީމާ މިކަމަކީ ބާޠިލުފިރުޤާއެއްގެ ކަމެއްކަން އެނގިފާޅުވެއެވެ.

    އެންމެހާ މުސްލިމުންނޭވެ! ބިދުޢަތަކާއި ޚުރާފާތްތައް ދޫކޮށް  މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް ތަބާވާށެވެ! 

والله أعلم

ޖަވާބުދެއްވީ: އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ޙުސައިން


 

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި