Noorul-islam.NET :: ތައުބާ ޤަބޫލުކުރެއްވުމުގެ ޝަރުޠުތަކަކީ ކޮބައިތޯ؟

ތައުބާ ޤަބޫލުކުރެއްވުމުގެ ޝަރުޠުތަކަކީ ކޮބައިތޯ؟
Category »  ސުވާލާއި ޖަވާބު

ތާރީޚް: 18 އޮކްޓޯބަރ 2008

 : 

ސުވާލު: ތައުބާ ޤަބޫލުކުރެއްވުމުގެ ޝަރުޠުތަކަކީ ކޮބައިތޯ؟

ޖަވާބު:

ތައުބާ ޤަބޫލުކުރެއްވުމުގެ ޝަރުޠުތައް :

1- ކުރަމުން އައި ފާފައިން ވަގުތުން ދުރުވުން .

2- ކުރެވުނު ފާފަތަކަށް ހިތާމަކުރުން . އެބަހީ : މާތް ﷲ ގެ ޙައްޤުގައި ތިމާ ފަރުވާކުޑަކޮށްފައިވާކަން މައްޗަށް ހިތާމަކުރުން .

3- ދުވަހަކުވެސް ތިމާ ތައުބާވި ފާފަ އަށް އެނބުރި ނުދިޔުމަށް ޢަޒުމުކަނޑަ އެޅުން .

4- ކުރެވިފައިވާ ފާފައަކީ މީހެއްގެ ޙައްޤަކަށް އަރައިގަތުން ކަމުގައިވާނަމަ، އެމީހެއްގެ ކިބައިން އެކަމުގެ ހިތް ޙަލާލު ހޯދުން، ނުވަތަ އެކަމެއް ރައްދުކުރުން .

އެފަދަ ހައްޤަކީ ތިމާ އެވާހަކަ އޭނާ ގާތު ބުނުމުން އެހައްޤުގެ ވެރި މީހާގެ ދިރި އުޅުމާއި ޢައިލާރޫޅުންފަދަ އަދި މިނޫންވެސް މިފަދަ އެތައް ފަސާދައެއް އޭނާގެ ޙަޔާތަށް އަންނަ ފަދަ ކަމެއްކަމުގައި ވާނަމަ ސީދާ އެވާހަކައެއް ނުބުނެ، ތިމަންނަގެ ފަރާތުން ހިތްހަމަ ނުޖެހޭކަމެއް ހިގާފައިވާ ވާނަމަ ތިމަންނައަށް މަޢާފުކުރާށޭ ބުނާނީއެވެ. އެހެނީ ބައެއްކަހަކަލަ ކަންތަކަކީ އެވާހަކަ ބުނުމުގެ ސަބަބުން ޢާއިލާތައް ރޫޅި ދަރިން ބިކަވާ ޒާތުގެ ކަންތަކެވެ. އަދި އެއަށްފަހު ގިނަ ގިނައިން އޭނާ އަށް ފާފަ ފުއްސެވުން އެދި ދުޢާ ކުރާނީއެވެ.

ތައުބާވާން ވަކި ނަމާދެއް ކުރާކަށް ނުޖެހެވެ. މަތީގައި ލިޔެވިދިޔަ ހަތަރު ޝަރުޠު ހަމަވުމުން ތައުބާ ވެވުނީއެވެ. މީހަކަށް އޭނާ ކުރާ ފާފަތަކުގެތެރެއިން އެއް ފާފާއިން ތައުބާވިޔަސް އެފާފައެއްގެ ތައުބާ ކަމުދާނެއެވެ.  ނަމަވެސް ހުރިހާ ފާފައަކުން ތައުބާ ވުމަކީ ވާޖިބެކެވެ. ބޮޑެތި ފާފަތަކުން ވަކިވަކީން ތައުބާ ވާން ޖެހޭނެއެވެ. ނަމަވެސް ކުދިފާފާތަކުން ޢާންމުކޮށް ތައުބާ ވުމުން ފުދޭނެއެވެ.

ރަނގަޅު އިޚްލާޞްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ މާތް ﷲ ހުރިހާ ފާފައެއް ފުއްސަވާނެއެވެ.

   

والله أعلم

ޖަވާބުދެއްވީ: އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ޙުސައިން



 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި