Noorul-islam.NET :: ޙައިޟުވެރިޔާގެ މައްޗަށް ޙަރާމް ކަންތައް

ޙައިޟުވެރިޔާގެ މައްޗަށް ޙަރާމް ކަންތައް
Category »  އުޚްތުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : ފަޟީލަތުއްޝައިޚް އިދްރީސް ޙުސައިން (އިބްނުލް ޖުޒުރު)


 

 

  ޙައިޟުގެ ލޭ ފެނުމާއެކު ތިރީގައި ބަޔާންވެގެން އަންނަނިވި ކަންތައްތައް ކުރުން ޙަރާމް ވެގެން ވާނެއެވެ. ފަހަރެއްގައިވެސް ޙައިޟުގެ ދުވަސްވަރުގައި އެއިން ކަމެއް ކޮށްގެން ނުވާނެއެވެ.

  1.  ނަމާދުކުރުން:( ޙައިޟުގެ ދުވަސް ވަރުގައި ފާއިތުވާ ނަމާދު ޤަޟާ ކުރާކަށް ނުޖެހޭނެއެވެ.)
  2.  ރޯދަހިފުން: ( ޙައިޟުގެ ދުވަސް ވަރުގައި ފާއިތުވާ ރޯދަ ޤަޟާ ކުރަން ޖެހޭނެއެވެ.)
  3.  ޠަވާފުކުރުން:( ޙައްޖުގެ ދުވަސްވަރުގައި ޠަވާފުނޫން އެހެން ހުރިހާ ޢަމަލެއް ޙައިޟުވެރިޔާއަށް ހުއްދައެވެ.)
  4.  ޤުރުއާން ކިޔެވުން: (ދޫޙަރަކާތް ކުރުމަކާ ނުލައި ހިތްމައްޗަށް ގެނެސް ގަތުމާއި މުޞްޙަފަށް ބެލުން ހުއްދައެވެ.) އަދިހަމަ ތަސްބީޙައާއި ތަހުލީލުކިޔުމާއި ، އެންމެހާ ޛިކްރެއް ކުރުންވެސް ހުއްދަ ވާނެއެވެ. އަދިވެސް ޤުރުއާނުގެ އާޔަތެއް ޛިކްރުގެ ގޮތުން ކިޔަވަން ދިމާވެއްޖެނަމަ ކިޔުން ހުއްދަވާނެއެވެ.
  5.  ޤުރްއާން ފޮތުގައި ބީހުން.
  6.  ޤުރްއާން ފޮތް އުފުލުން.

ޤުރުއާނުގެ އާޔަތްތައް ލިޔެފައިވާ ދީނީ ފޮތްފޮތުގައި ބީހުމާއި އުފުލުން ހުއްދަ ވާނެއެވެ.

  1.  މިސްކިތަށް ވަނުން: ( މިސްކިތް ހަޑިވެދާނެ ކަމުގެ ބިރެއް ނުވާނަމަ މިސްކިތުގެ ތެރެއިން ވަދެގެން ދިޔުން މަކުރޫހަ ކަމާއެކު ހުއްދަ ވާނެއެވެ. އަދި ޙައިޟުގެ ލޭކެނޑިގެން ހިނައި ގަތުމުގެ ކުރީގައި މިސްކިތުގައި ލަސްވުމަކާ ނުލައި މިސްކިތުގެ ތެރެއިން ވަދެގެން ދިޔުން ހުއްދަވާނެއެވެ.
  2.  ވަޠީއަވުން: ( ހަނދާންނެތިގެން ނުވަތަ ނޭނގިގެން ވަޠީއަ ވުމަކުންފަރުވާލެއް ނެތެވެ.އަދިހަމަ ގަޞްތުގައި ވަޠީއަ ވީނަމަވެސް ކައްފާރާ ދޭކަށެއް ނުޖެހޭނެއެވެ. ޖެހޭނީ ހަމައެކަނީ އަސްތަޣުފާރުކޮށް ތައުބާވާށެވެ. )
  3.  ފޫޅާ ކަކުލާ ދެމެދުން ޢަރާމެއް ލިބިގަތުން: ( ޙައިޟުގެ ދުވަސްވަރު ފޫޅާ ކަކުލާ ދެމެދު ނިވައިކޮށްގެންވާ ޙާލު އަނބިމީހާގެ ހަށިގަނޑުން ޢަރާމު ލިބިގަތުން ފިރިމީހާއަށް ހުއްދަ ވާނެއެވެ. އަދި ބައެއް ޢިލްމުވެރީން ވިދާޅުވަނީ އަންހެނާގެ ޙައިޟުގެ ދުވަސްވަރުގައި އެކަނބުލޯގެ ފަރުޖުނޫން ކޮންމެ ތަނަކުން ވެސް ޢަރާމު ލިބިގަތުން ފިރިމީހާއަށް ހުއްދަ ވާނެކަމުގައެވެ. މީގެ މާނައަކީ މުލާޢަބާ ކުރުމެވެ. )

 

ނޯޓް: މިއީ ފަޟީލަތުއްޝައިޚް އިދްރީސް ޙުސައިން ލިޔުއްވާފައިވާ "ތުޙުފަތުއްޠާލިބާތި" މި ފޮތުން ނަގާފައިވާ ލިޔުމެކެވެ. މިފޮތް ނޫރުލްއިސްލާމްގެ ލައިބްރަރީއިން ހިލޭ ޑައުންލޯޑު ކުރެވޭނެއެވެ.

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި