Noorul-islam.NET :: އިސްލާމީ ބުރުގާގެބައެއް އަދަބުތައް
އިސްލާމީ ބުރުގާގެބައެއް އަދަބުތައް
Category »  އުޚްތުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު ޝަހީމް ޢަލީ ސަޢީދު


 

1-   އަޅާ ބުރުގާއިން މޭމައްޗާއި، ކަރުވަޅު ރަނގަޅަށް ނިވާވުން

2-   މޫނާއި ދެއަތްތިލަ ނޫން އެހެންތަންތަން ރަނގަޅަށް ފޮރުވުން

3-   ތިމާއަށް ކުޅަދާނަވީ މިންވަރަކުން މޫނާއި، ދެއަތްތިލަ ނިވާކުރުން

4-   ބުރުގާއާއެކު ލާހެދުމަކީ އެތެރެފެންނަވަރު ތުނި ހެދުމަކަށް ނުވުން

5-    ބުރުގާއާއެކު ލާ ހެދުމަކީ ހަށިގަނޑުގެ ގުނަވަންތަކާއި ވަނާތައް ހާމަކޮށްދޭ ހެދުމަކަށް ނުވުން

6-   ބުރުގާއާ އެކުލާ ހެދުމަކީ ފިރިހެނުންނަށް ޚާއްޞަ ހެދުމަކަށް ނުވުން

7-   ބުރުގާ އަޅަންޖެހޭނީ ހިލޭ ފިރިހެނުންގެ ތެރެއަށް ނިކުންނައިރުގައެވެ. ނުވަތަ މުޖުތަމަޢުގެ ތެރޭގައި އުޅޭއިރުއެވެ. އާއިލާގެ ތެރޭގައި ގޭގައި އުޅޭ އިރު، ބުރުގާ އަޅާކަށް ނުޖެހެއެވެ. އެކަމަކު ގޭތެރޭގައި ވެސް  ހިލޭފިރިހެނުން ވާނަމަ އެމީހުންނަށް ނިވާވުން ވާޖިބުވާނެއެވެ. 

8-   ބައެއް ކުދީން ބޮލުގައި ރުމާ އައްސައިގެން އުޅޭތަން ފެނެއެވެ. އެއީ އިސްލާމީ ބުރުގާ ކަމުގައި ނުބެލެވޭނެއެވެ.

9-   ފާސްކުރި ދިވެހި ހެދުމާއެކުގައި ބައެއް އަންހެނުން ބޭނުންކުރާ ބޮލުފޮތިކޮޅަކީ ވެސް ބުރުގާއެއްކަމުގައި ނުބެލެވޭނެއެވެ.

10-  ބޮލުގެ ބައެއް ފެންނަ ގޮތަށް އަޅާފައިވާ ބުރުގާއަކީ ޝަރުޢީ ބުރުގާއެއްކަމުގައި ނުބެލެވޭނެއެވެ.

 

ނޯޓް: މިއީ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވާފައިވާ  [ ލޮބުވެތި އުޚުތެވެ! ވަގުތު ފާއިތުވުމުގެ ކުރިން ތިމާގެ ޢައުރަ ނިވާކުރުމަށް އަވަސްވެގަންނާށެވެ!]  މިފޮތުން ނަގާފައިވާ ލިޔުމެކެވެ. މިފޮތް ނޫރުލްއިސްލާމް ސައިޓުން ހިލޭ ޑައުންލޯޑު ކުރެއްވޭނެއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި