Noorul-islam.NET :: ފިރިމީހާގެ ރުހުން ހޯދުމުގައި ކާމިޔާބުވެގަތުމަށް ބޭނުންވާ ނުކުތާތައް
ފިރިމީހާގެ ރުހުން ހޯދުމުގައި ކާމިޔާބުވެގަތުމަށް ބޭނުންވާ ނުކުތާތައް
Category »  އުޚްތުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : ފަޟީލަތުއްޝައިޚް އިދްރީސް ޙުސައިން        ރުހުމާއި ނުރުހުމުގައި އަބަދުވެސް ހިނިތުން މޫނަކާއެކު ފިރިމީހާއާ ބައްދަލުކުރުން

        ފިރިމީހާގެ މޫނު މަތީގައި ބާރުއަޑުން، އޭނާގެ ހިތުގައި ޖެހޭ ގޮތަށް ވާހަކަ ނުދެއްކުން

        ކިތަންމެ ބޮޑު ނުރުހުމެއްގައިވެސް ކުނި މޫނު ނުދެއްކުން

        ފިރިމީހާ ގެއިން ބޭރުގައި އުޅެފައި އަންނަ ކޮންމެ ވަގުތެއްގައިވެސް އޭނާ ހިތް އުފާވާ ގޮތުގައި އިސްތިޤްބާލު ކުރުން

        ތިމާގެ ޒާތީ ބޭނުން ތަކުގައި ގިނަގިނައިން ކިޔާ ނުހެދުން

        ގެއަށް ބޭނުންވާ އެއްޗެއްގެ ވާހަކަ ބުނުމުގައިވެސް، ފިރިމީހާގެ މޫޑް ބަލައިގެން، އެކަމެއް އޭނާ ހިތް އުފާވާ ގޮތަކަށް ހުށައެޅުން

        ފިރިމީހާގެ ހިމޭންކަމަކީ ތިމާ ކަން ދަނެ އަބަދުވެސް އޭނާ ހިތްހަމަޖައްސައި ދިނުމަށް އިސްކަން ދިނުން

        ފިރިމީހާ ގެއިން ބޭރަށް ދާންވުމުން އިންތިޡާމުތައް ފުރިހަމަކޮށް އުފަލާއެކު ވަދާޢު ކުރުން

        ކެއިން ބުއިމުގައި ފިރިމީހާގެ ހިތްއެދޭގޮތާއިމެދު ޚިޔާލު ބަހައްޓައި އެކަމަށް ފުރިހަމައަށް ސަމާލުކަން ދިނުން

        ފިރިމީހާގެ އިޛްނައާއި ނުލައި ގެއިން ބޭރަށް އެއްވެސް ތަނަކަށް ނުދިއުން. އަދި ޢަމްދުނަ އެކަހެރީން އެއްވެސް ޙާލެއްގައި ގެއިން ބޭރަށް ނުދިއުން

        ފިރިމީހާގެ މައިންބަފައިންނާއި ގާތްތިމާގެ މީހުންނަކީ، ތިމާގެވެސް މައިންބަފައިން ކަމުގައްޔާއި އަދި ގާތްތިމާގެ މީހުން ކަމުގައި ދެކި އެމީހުންނާ މެދު ފިރިމީހާގެ އެދުމާ އެއްގޮތަށް މުޢާމަލާތު ކުރުން

        ގޭގެ ކަންތައްތައް އިންތިޡާމު ކުރުމުގައި ފިރިމީހާގެ ރުހުމާއި އެދުމާއި އެއްގޮތަށް ކަންތައްތައް ކުރުން

        ފިރިމީހާގެ އަބުރަށް އުނިކަމެއް ލިބުދާނެ އެއްވެސް ކަމެއް ބަހުން ނުވަތަ ޢަމަލުން ވިޔަސް ނުކުރުން

        މެހުމާނުންނަށް ކަމޭހިތުމުގައި ފިރިމީހާގެ ރުހުމަށް ބަލައިގެން ކަންތައްތައް ކުރުން

        ތިމާގެ ކިބައިން ފިރިމީހާ ނުރުހޭ ކަމެއް ވެއްޖެކަން އެނގުމާއެކު ފިރިމީހާގެ ކިބައިން މަޢާފަށް އެދުން. އަދި އޭނާ ރުއްސުމަށް ފަރުވާތެރިވުން

        ތިމާގެ ހިތްހަމަ ނުޖެހޭ ކަމެއް ފިރިމީހާގެ ކިބައިން ވެއްޖެނަމަ، އެކަން ފިރިމީހާއަށް އެންގުމުގައި ދަނޑިވަޅު ބަލައިގެން އޭނާގެ ހިތުގައި ނުޖެހޭ ގޮތަށް އެކަން އެންގުން

        ފިރިމީހާ ހިތާމަ ވެރިވެ ނުވަތަ މޮޅިވެރިވެ އުޅޭތަން ފެނުމުން އޭނާގެ ހިތްހަމަޖައްސައިދިނުމަށް ވެވެން އޮތްހާ މަސައްކަތެއް ކުރުން

        ބައްޔެއް ވެއްޖެނަމަ ތިމާގެ އަމިއްލަ ހަށިގަނޑަށްވުރެ ބޮޑަށް އޭނާގެ ބައްޔަށް ފަރުވާ ދިނުމުގައި ސަމާލުކަން ދިނުން

 

ލޯބިވާ ދަރިފުޅާއެވެ! އިސްވެ ބަޔާންވެ ދިޔަ ނުޤްޠާ ތަކާމެދު ޚިޔާލު ބަހައްޓައިގެން ދިރި އުޅުން ވޭތުކުރާ އަންހެނެއްގެ ދެޙަޔާތް ބާއްޖަވެރި ނުވެ ނުދާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. އަންހެނަކަށް ސުވަރުގެއިންވެސް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ޙޫރަލްޢީނުންނާއެކު ސުވަރުގޭގައި ފިރިއެއްގެ އުފަލާއި އަރާމުކަމުގައިވުންކަން ހަނދާންކޮށް، މިޙަޔާތުގެ ދުވަސްތައް ފިރިމީހާގެ ރުހުން ހޯދުމުގެ މަސައްކަތުގައި ހޭދަކުރުމީ އަންހެނެއްގެ ޙަޔާތުގެ އެންމެ މޮޅު ކާމިޔާބީއެވެ. އަދި މިރޮނގުން ކުރިޔަށް ދިޔުމީ އަންހެނުންގެ ތަރައްޤީވެސް މެއެވެ.

الله سبحانه وتعالى އަޅުގަނޑުގެ ދަރިފުޅާއި، ލޮބުވެތި ޠާލިބާއިންނާއި، ދިވެހި އެންމެހާ މުސްލިމު އުޚްތުންނަށް ދެޙަޔާތުގެ ބާއްޖަވެރިކަން ޙާޞިލުކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ! އާމީން!

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި