Noorul-islam.NET :: ބުރުގާ އަޅަންޖެހޭ ކަމުގެ ދަލީލު - ރަސޫލުﷲ صلى الله عليه وسلم ގެ ސުންނަތުން
ބުރުގާ އަޅަންޖެހޭ ކަމުގެ ދަލީލު - ރަސޫލުﷲ صلى الله عليه وسلم ގެ ސުންނަތުން
Category »  އުޚްތުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު ޝަހީމް ޢަލީ ސަޢީދުލޮބުވެތި އުޚުތުންނޭވެ! ބުރުގާ އެޅުމާބެހޭގޮތުން އައިސްފައިވާ ޙަދީޘްތަކަށް ބަލާލާއިރު އަންނަނިވި ޙަދީޘުން އެކަނިވެސް މިކަމަށް ވަރަށް ރަނގަޅަށް ފުރިހަމަކަމާއެކު ދަލީލުކޮށްދެއެވެ.

1- އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވާފައިވެއެވެ: ( صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا، رِجَالٌ بِأَيْدِيْهِمْ سِيَاطٌ كَأَذْناَبِ الْبَقَرِ يَضْرِبُوْنَ بِهَا النَّاسَ،  وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مَائِلاَتٌ مُمِيْلاَتٌ رُؤُوْسُهُنَّ كَأَسْنِمَةِ الْبُخْتِ المْاَئِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيْحَهَا )- رواه مسلم -  [ނަރަކައިގެ އަހުލުވެރިންގެތެރެއިން ދެބާވަތެއްގެ ބަޔަކުވެއެވެ. ތިމަންކަލޭގެފާނު އެދެބައިމީހުން ދެކެވަޑައިނުގަންނަވަމެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކުތަކުން މީހުންގައިގައި ނުޙައްޤުން ތަޅާ އަދަބުދޭ ބަޔަކާއި، ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންގެ ބައެކެވެ. އެކަނބަލުންނަކީ ޢިއްފަތްތެރިކަމުގެ ސީދާމަގުން އެއްކިބާވެ ލެނބިފައިތިބޭ އަދި އެހެން މީހުން ސީދާމަގުން އެއްކިބާކޮށް ލަންބުވާ ބައެކެވެ. އެކަނބަލުންގެ އިސްތަށިގަނޑު ހީވާނީ ޖަމަލުގެ ގޮންގަނޑު ހެންނެވެ. އެކަނބަލުންނަށް އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުގަނެވޭނެއެވެ. އެތާނގެ ވަސް އެވެނި މިވެނި މޭލުކޮޅަށް ފޯރައެވެ.] މިޙަދީޘް ރިވާކުރެއްވީ އަލްއިމާމު މުސްލިމެވެ. މިޙަދީޘްގެ މި ޖުމުލަ [އެކަނބަލުންނަކީ ޢިއްފަތްތެރިކަމުގެ ސީދާމަގުން އެއްކިބާވެ ލެނބިފައިތިބޭ، އަދި އެހެން މީހުން ސީދާމަގުން އެއްކިބާކޮށް ލަންބުވާ ބައެކެވެ. [ އެހެން މާނައަކުން ވެސް ވާރިދުވެފައިވެއެވެ. އެއީ : [އެކަނބަލުންނަކީ ހަށިގަނޑަށް ބަނޑި ބަނޑިލައްވައި އެކަނބަލުންނަށް މީހުން ލަނބުވައި، މީހުންނަށް ލެނބެމުންދާ ބައެކެވެ. ]

މިފަދަ ވަރުގަދަ ވަޢީދުގެ ބަސްފުޅުތައް މި މައްސަލައިގައި ބަޔާންވެފައިވެއެވެ. ޝަރުޢުގެ ދަލީލުތަކުގެ ކުރިމަތީގައި ހަމަ ގެންގުޅުމަކީ އެދަލީލުތަކަށް ބޯލަނބައި ކިޔަމަންގަތުމެވެ. ތިމާގެ ހަވާނަފްސުގެ  ފަހަތުން ގޮސް ތިމާހިތް އެދޭގޮތަށް ޝަރީޢަތުގެ  ނައްޞުތައް ތައުވީލުކޮށް ހެދުމަކީ ހަމަ ގެންގުޅުން ކަމުގައި ބުނެވޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟

ލޮބުވެތި އުޚުތުންނޭވެ! މިއީ ﷲ އާއި، މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެވެ. މިއާ އިދިކޮޅެއް ނުހެދޭނެއެވެ. ވީމާ، ތިމާމެންގެ ޢަމަލުތައް މިއާއެއްގޮތަށް ބައްޓަން ކުރުމަށް އަވަސްވެގަންނަމާތޯއެވެ؟

ހެދުންލައިގެން، ނިވާވާން ލާޒިމުވާ މިންވަރަށް ނިވާނުވާ އަންހެނުންތަކެއް ފަހު ޒަމާނުގައި އުޅޭނެކަމުގެ ވާހަކައާއި، އެކަނބަލުންނަށް ސުވަރުގެއަށް ވަނުމުގެ ނަސީބު ނުލިބޭނެކަމާއި، އެތަނުގެ ވަސްވެސް ނުލިބޭނެކަމުގެ ވާހަކަ، މިއީ ރަސޫލާގެ ތެދު ބަސްފުޅެވެ. އެއީ ފަހު ޒަމާނުގެ އަލާމާތެކެވެ. މިފަދަ ވަޢީދުތަކުން ސަލާމަތްވުމަށް އެންމެހައި އުޚުތުންނަށް އިލްތިމާސް ކުރަމެވެ.

ލޮބުވެތި އުޚުތުންނޭވެ! މާތް ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަގެ އިސްވެ ދިޔަ ޙަދީޘުގައި ބަޔާންވެގެންވާ ގޮތުން ހެދުން ލައިގެން އޮރިޔާމުން ތިބުމަކީ ހެދުން ލުމުގެ މަޤްޞަދު ޙާޞިލު ނުވުމެވެ. އެއީ ހެދުންލަނީ ނިވާވެގަންނާށެވެ. ނަމަވެސް ހެދުންކުރުކަމުން، ނުވަތަ ބާރުކަމުން، ނުވަތަ ތުނިކަމުން ނިވާވާންޖެހޭގޮތަށް ނިވާނުވާތީ އެހެން ހަދީޘްކުރެއްވީއެވެ.

މިއަދު އަޅުގަނޑުމެންގެ ޤައުމުގައި ވަރަށް ގިނަ އުޚުތުން އިސްލާމީ މިންގަނޑާއި އެއްގޮތައް ފޭރާން ތުރުކުރައްވަމުން ގެންދަވާކަން އުފަލާއެކު ފާހަނގަކުރަމެވެ. މާތް ﷲ އެންމެހައި އުޚުތުންނަށް ހެޔޮމަގަށް ތައުފީޤު ދެއްވާށި، އާމީން .


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި