Noorul-islam.NET :: އެއިލާހުގެ މަޚްލޫޤުންގެ ތެރެއިން އެއްވެސް މަޚުލޫޤެއް ހަނދުމަނެތިވެވޮޑިގެންނުވާ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ!

އެއިލާހުގެ މަޚްލޫޤުންގެ ތެރެއިން އެއްވެސް މަޚުލޫޤެއް ހަނދުމަނެތިވެވޮޑިގެންނުވާ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ!
Category »  ވާހަކަ

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު އަނީލް


 

ޞާލިޙު އަޅަކު ވިދާޅުވިއެވެ.

" މީގެ ދުވަސްތަކެއް ކުރިން އަހަރެންނަށް ފެނުނު މަންޒަރެކެވެ. އަހަރެން ސަހަރާ ހިސާބެއްގައި ދިރިއުޅެމުން ދަނިކޮށް ކޮންމެ ދުވަހަކު ކުޑަކުޑަ ދޫންޏެއް އައިސް އެތަނުން ވަކި ކަދުރު ރުކަކަށް ތިރިކުރާތަން ފެންނަމުންދިޔައެވެ. ކޮންމެ ދުވަހަކު މި ދޫނި ފެންނަން ފެށުމުން އަހަރެން ޙައިރާން ވިއެވެ. އެހެނީ މިދޫންޏަކީ ކަދުރު ރުކުގައި އުޅޭ ދޫންޏަކަށް ނުވާތީއެވެ.

އެހެން ކަމުން އަހަރެން ސިއްރުސިއްރުން މިދޫނީގެ ޙަރަކާތް ފެންނަ ހިސާބުގެ އުސް ތަނަކަށް އަރައި ބަލާލީމެވެ. ސުބްޙާނަﷲ!!! އަހަންނަށް ފެނުނީ ލޯފަން ހަރުފައެކެވެ. އެ ދޫނި އައުމުން އެސޮރުގެ އަނގަ ހުޅުވާލައެވެ. އެވަގުތު އެ ދޫނީގެ ތުނބުގައި އޮންނަ މަސްކޮޅު ހަރުފައިގެ އަނގައިގެ ތެރެއަށް ވައްޓާލުމަށްފަހު އެސޮރު ހިނގައިދެއެވެ.

لاإله إلا الله  - ﷲ މެނުވީ ޙައްޤު ގޮތުގައި އަޅުކަންކުރެވޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. ދުނިޔޭގައިވާ ކޮންމެ އެއްޗެއްގެ ރިޒުޤު ވަނީ ﷲގެ ޙަޟްރަތުގައި ލިޔެވިގެންނެވެ. އެއެއްޗެއްސަށް އެއިލާހު އިރާދަ ކުރައްވާ ގޮތަކަށް ރިޒުޤު ދެއްވައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހުސްޠާހިރުވަންތަކަމާއެވެ. އެއިލާހުގެ މަޚްލޫޤުންގެ ތެރެއިން އެއްވެސް މަޚުލޫޤެއް ހަނދުމަނެތިވެވޮޑިގެންނުވާ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ!


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި