Noorul-islam.NET :: ޝައިޠާނާ ކަލޭ ދޫނުކުރާނެކަން އަހުރެންނަށް އެނގެއެވެ!

ޝައިޠާނާ ކަލޭ ދޫނުކުރާނެކަން އަހުރެންނަށް އެނގެއެވެ!
Category »  ވާހަކަ

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު އަނީލް


 

އެއްރެއަކު އިމާމް އަބޫ ޙަނީފާ - ރަޙިމަހުﷲ - ގެ އަރިހަށް މީހަކު އައިސް ސަލާމް ކޮށްފިއެވެ. އެއަށްފަހު ދެންނެވިއެވެ. " އޭ އިމާމެވެ! މީގެ ޒަމާންތަކެއް ކުރީގައި އަހުރެންގެ އަގުހުރި މުދާތަކެއް އަހުރެން ވަޅުލީމެވެ. އެހެން ނަމަވެސް މިހާރު އަހުރެންނަށް އެ މުދާ ވަޅުލެވުނު ތަނެއް ހަނދާން ނެތިއްޖެއެވެ. އެހެން ވީމާ، އަހުރެންގެ މި މައްސަލަ ޙައްލު ކުރުމުގައި އެހީތެރި ވެވަޑައިގަންނަވާނަން ތޯއެވެ؟"

އިމާމް ވިދާޅުވިއެވެ. " އަހުރެން ތިޔައިގެ ޙައްލު ހޯދަން ތިޔައީ ފިޤުހީ މައްސަލައެއް ނޫނެވެ. ދެން އިރުކޮޅަކު ވިސްނެވުމަށްފަހު ވިދާޅުވިއެވެ. " ކަލޭ ދާށެވެ! އަދި ފަތިސް ވަންދެން ނަމާދުކުރުން މަތީ ދެމި ހުންނާށެވެ! ﷲ އިރާދަ ކުރެއްވިއްޔާ ކަލޭގެ މުދާ ފޮރުވި ތަނެއް ކަލޭގެ ހަނދާނަށް އަންނާނެއެވެ."

ދެން އޭނާ ގޮސް ނަމާދަށް ފެށިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، ނަމާދުގެ ތެރޭގައި، އޭނާގެ މުދާ ފޮރުވި ތަން އޭނާ އަށް ހަނދާން ވެއްޖެއެވެ. އަވަސް އަވަހަށް ނަމާދު ނިންމާލާފައި ގޮސް މުދާ ނަގައިގެން ގެއަށް ގެނެސްފިއެވެ.

ހެނދުނު އަނެއްކާވެސް އިމާމް އަބޫ ޙަނީފާގެ އަރިހަށް ހިނގައްޖެއެވެ. އަދި އޭނާގެ މުދާ ފޮރުވި ތަން ހަނދާން ވީ ކަމަށް ދެންނެވިއެވެ. އަދި އިމާމަށް ޝުކުރު އަދާ ކުރިއެވެ. އެއަށްފަހު ސުވާލުކުރިއެވެ. " އަހުރެންނަށް އެ މުދާ ފޮރުވާފައި ހުރި ތަން ހަނދާންވާނެކަން ކަލޭގެފާނަށް އެނގިވަޑައިގަތީ ކޮންގޮތަކަށްތޯއެވެ؟"

އިމާމް ވިދާޅުވިއެވެ. " ސަބަބަކީ ޝައިޠާނާ ކަލޭ ނަމާދުކުރުމަށް ދޫކޮށްނުލާނެކަން އަހުރެންނަށް އެނގެއެވެ. އަދި ނަމާދުގައި ކަލޭ މުދާ ފޮރުވާފައި ހުރި ތަނާ ބެހޭ ގޮތުން ވިސްނުމުގައި މަޝްޣޫލު ކުރުވާނެކަންވެސް އަހަންނަށް އެނގެއެވެ."


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި