Noorul-islam.NET :: މިޞްރުގެ ރައްޔިތުންގެ ނަން އިސްލާމީ ތާރީޚުގައި ރަން އަކުރުން ލިޔެވިއްޖެ
މިޞްރުގެ ރައްޔިތުންގެ ނަން އިސްލާމީ ތާރީޚުގައި ރަން އަކުރުން ލިޔެވިއްޖެ
Category »  ކުރީގެ މުޝްރިފްގެ ޤަލަމުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު ޝަހީމު ޢަލީ ސަޢީދު


ދުނިޔޭގެ މީޑިޔާގައި އެންމެ ހޫނުކޮށް އުޅޭ ޚަބަރަކީ ފަލަޞްޠީނުގެ ރައްޔިތުންގެ ވާހަކައެވެ. އެތަނުގެ މުސްލިމުންގެ ދިރިއުޅެމުންދާ ނިކަމެތިކަމުގެ ވާހަކައެވެ. ހުޅަނގާއި އެމެރިކާއިން ފަލަޞްތީނުގެ އެތައް ހާސް ރައްޔިތުންނާމެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެތަނުގެ ރައްޔިތުން އެވަނީ ބަނޑަށް ޖެހިފައެވެ. އެއީ ކީއްވެގެން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކެއްތޯއެވެ؟ އާދެ! ޙަމާސް ޖަމާޢަތް އެތަނުގެ ވެރިކަމަށް އިންތިޚާބު ވުމާގުޅިގެންނެވެ. އެއީ ޓެރަރިސްޓުންކަމުގައި ހުޅަނގާއި އެމެރިކާއިން ދެކޭތީއެވެ.

މިއިން ފާޅުވެގެން ދަނީ، ހުޅަނގުގެ މުނާފިޤު ކަމެވެ. ކުޑަކުދީންނާއި، މުސްކުޅިންނާއި މާބަޑު މީހުން ބަނޑަށް ޖެއްސީ އިންސާނީ ޙައްޤުތަކުގެ ވާހަކައިން ދުނިޔޭގެ ހަތަރު ބިތް ގުމުމާފައި ވަނިކޮށެވެ. ޢިރާޤަށް އަރައި، އެތަނުގެ ޚަޒާނާތައް ލޫޓުވައި،އަންހެނުންގެ ޢިއްފަތްތެރިކަން ފޭރި، މީހުން އޮރިޔާންކޮށް ޖަލުތަކަށް އެޅީވެސް އިންސާނީ ޙައްޤުތައް ހޯދާށެވެ. ޢިރާޤުގެ ރައްޔިތުންނަށް މިނިވަންކަން ހޯދައިދޭށެވެ. އަފްޣާނިސްތާނަށް ވެސް ވެގެންދިޔައީ އެހެނެވެ.

ކޮންމެ އަކަސް އެމެރިކާއަށާއި، އެމީހުންގެ މިއްލަތަށް ތަބާވެގެން ތިބި މީހުންނަށް އިހަށް ދުވަހު ލިބިގެން އެދިޔައީ ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ. އާދެ! އިންސާނީ ޠޫފާނެއް މިޞްރަށް އެރިވާހަކައެވެ. އާއެކެވެ. ހަޤީޤަތުގައި ވެސް އިންސާނީ ޠޫފާނެކެވެ. ދެލައްކަ ފަންސާސްހާސް މީހުން، މިޞްރާއި ފަލަޞްޠީނާ ދެމެދުގައިވާ ބޯޑަރ ވައްޓާލާފައި ނިކުމެ، މިޞްރުގެ ރަފަޙަށް ވަނީއެވެ. މިޞްރުގެ ލޮބުވެތި ރައްޔިތުން އެމީހުގެ އަޚުންނަށް މަރުޙަބާކީ ހެޔޮ ހިތުންނެވެ. އެމީހުންގެ ގޭގެ އަށް ގެންގޮސް، ހޮޓާހޮޓަލުން ހިލޭ ކާންދީ، އުފާ ފާޅު ކުރިއެވެ. އެތައް ދުވަހެއް ވަންދެން ޙިޞާރުގެ ވޭނުގައި ތިބި ފަލަޞްޠީނުގެ އަޚުންނާއި އުޚުތުންނަށް މިޞްރުގެ ލޮބުވެތި ހިއްވަރު ގަދަ ރައްޔިތުން ގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަކީ ހަމަކަށަވަރުންވެސް ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނޭ ވާހަކަ އެކެވެ. މިޞްރުގެ ރައްޔިތުންނަކީ ޚުލުޤު ހެޔޮ، ހިއްވަރު ގަދަ ރައްޔިތެކެވެ. ޖިހާދުކުރުމުގެ ރޫޙު އެމީހުންގެ ނަފްސުގައި ހަރުލައިފައިވެއެވެ.

އިސްރާއީލާއި އެމެރިކާއިން ބޭނުންވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައި، ފަލަޞްތީނުގެ ރައްޔިތުން ބަނޑަށް ޖައްސައި، އެމީހުން ގެ ޙައްޤުތައް ނިގުޅައިގަނެ، އަލްމަސްޖިދުލްއަޤްޞާ ތަޅާލައި އެތަނުގައި ޔަހޫދީންގެ ފައްޅި ބިނާކުރުމަށެވެ. އަދި ފުރާތު ކޯރުން ފެށިގެން ނީލްކޯރާ ހަމަ އަށް ޔަހޫދީންގެ ބޮޑު ދައުލަތް ޤާއިމު ކުރާށެވެ. ނަމަވެސް އެބައިމީހުންނަކަށް އެކަމެއް ނުވާނެއެވެ. މުސްލިމުންގެ ލެއިން މުސްލިމުން ތިބީ ފަލަޞްޠީނު މިނިވަންކުރުމަށްޓަކައި ޖިހާދު ކުރުމަށެވެ.

މުސްލިމު އަޚުންނޭވެ! އަޅުގަނޑުމެންގެ ނިކަމެތިކަމާއި ފުދުންތެރިކަން ކުޑަކަމުން، އަޅުގަނޑުމެން ދިވެހިންފަދަ ބަޔަކަށް ކުރެވޭނޭ މާ ބޮޑުކަމެއްނެތެވެ. ނަމަވެސް ދުޢާ އަކީ ވަރަށް ބޮޑު، އަދި އެހާ ބާރުގަދަ އެއްޗެކެވެ. ފަލަޞްޠީނުގެ ރައްޔިތުންނަށް ދުޢާކޮށްދޭށެވެ! އެމީހުންންގެ ދުޝްމަނުންގެ މައްޗަށް ނަޞްރުދެއްވުމަށް އެދިއެވެ. މާތް ﷲ ތިޔަ އަޚުންނަށް ހެޔޮ ޖަޒާދެއްވާށިއެވެ. އާމީން.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި