Noorul-islam.NET :: އިސްލާމީ ވެރިކަން ހިންގުމުގެ ނިޒާމާ އެންމެ ރަޙްމަތްތެރި ނިޒާމަކީ ކޮބާ؟

އިސްލާމީ ވެރިކަން ހިންގުމުގެ ނިޒާމާ އެންމެ ރަޙްމަތްތެރި ނިޒާމަކީ ކޮބާ؟
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު ޝަހީމް ޢަލީ ސަޢީދު



 

 الحمد لله والصلاة والسلام على رسول الله، وبعد:

އިސްލާމީ ނަޒަރަކުން ވެރިކަން ހިންގުމުގެ މިހާރުގެ ނިޒާމުތަކާ މެދު ވިސްނާލުމުން އެއިން އެއްވެސް ނިޒާމަކީ ދީން މަނާކުރާ ނިޒާމެއް ނޫންކަން ދޭހަވެއެވެ. ދީނުގައި ވެރިކަން ހިންގުމަށް ވަކި ގޮތެއް ކަނޑައަޅުއްވާފައި ނެތެވެ.

ކީރިތި ރަސޫލާ އަށް ފަހު އަބޫބަކުރުގެ ފާނަށް ގިނަމީހުންގެ ތާއީދާއެކު ވެރިކަން ޙަވާލުކުރެވުނެވެ. އެއީ ވަރަށް ގިނަ މަޝްވަރާތަކަށް ފަހުގައެވެ. މިކަމާ ހިތްހަމަ ނުޖެހުނު މީހުން ވެސް ތިއްބެވެ.

އަބޫބަކުރުގެފާނަށް ފަހު އެކަލޭގެފާނު ވެރިކަން ވަޞިޔަތްކުރެއްވީ ޢުމަރުގެފާނަށެވެ. މިހެންކަމުން ޢުމަރުގެފާނަށް މުސްލިމުން ބައިޢަތު ހިފިއެވެ.

ޢުމަރުގެފާނު އެކަލޭގެފާނަށް ފަހު ވެރިޔަކު އިޚްތިޔާރު ކުރަން ޚާޢްޞަ މެންބަރުންކޮޅެއް އައްޔަންކުރައްވައި އެބޭފުޅުންނާ ޙަވާލު ކުރެއްވިއެވެ. އެބޭފުޅުން ތެރެއިން ގިނަބައެއްގެ ތާއިދު އޮތް ބޭފުޅަކު ހޮވުމަށް ވިދާޅުވިއެވެ. މި ކޮމެޓީގެ ބޭފުޅުން އެބޭފުޅުންގެ ތެރެއިން ދެބޭފުޅެއްގެ ނަންފުޅުތައް ތަކާމެދު ރައްޔިތުންގެ ރައުޔު އޮތް ގޮތް ބެއްލެވިއެވެ. އެއީ ޢަލީގެފާނާއި އުޘްމާންގެފާނެވެ. މަދީނާގެ މީސްތަކުންގެ ރައުޔު އޮތްގޮތް ބެއްލެވީ އަބްދުއްރަޙްމާން ބުނި ޢައުފެވެ. ބެއްލެވިބެއްލެވުމުގައި ގިނަ ބައެއްގެ ރައުޔު އޮތީ ޢުޘްމާންގެ ފާނަށެވެ. ޢުމަރަށް ފަހު އައީ ޢުޘްމާންގެ ފާނެވެ. އެކަލޭގެފާނު ޝަހީދުވެވަޑައިގަތް ފަހުން މުސްލިމުންގެ ގިނަ ބައެއްގެ ތާއީދު ލިބިގެން ވަޑައިގެންނެވީ ޢަލީއެވެ.

ޢަލީގެފާނުގެ ދުވަސްވަރުގައި ދިމާވި ސިޔާސީ ފިތުނަވެރިކަމުގެ ނިމުމެއްގެ ގޮތުން މުޢާވިޔަތުގެ ފާނަށް ވެރިކަން ބަދަލުވިއެވެ. އުމަވީންގެ ފެށުމަކީ މިއީއެވެ.

މުޢާވިޔަތުގެ ފާނަށް ފަހު އެކަލޭގެފާނުގެ ދަރިކަލުންނަށް ވެރިކަން ވާރުތަކުރެއްވިއެވެ. އެއިރު އެއީ އަޞްޙާބު ބޭކަލުންގެ ޒަމާނެވެ.

ގަދަ ކަމަށް ހަނގުރާމަކޮގެން މީހަކު ބާރުގެ ބޭނުންކޮށްގެން ޤައުމެއްގެ ވެރިކަމަށް އަޔަސް އެމީހެއްގެ ވެރިކަމުގައި އަމާންކަން ފެތުރި ޢަދުލުވެރިކަން ޤާއިމުވެއްޖެނަމަ އެވެރިކަމާމެދު ރުހިގެން ތިބުމަކީ ވެސް ދީން ބުނެދީފައިވާ ވާހަކަ އެކެވެ.

ވީމާ އިސްވެދިޔަ ވާހަކަތަކުން އެނގެނީ އިސްލާމީ ދައުލަތެއްގައި ވެރިކަން ހިނގަންވާނީ މިވެނި ނިޒާމަކަށޭ ބުނެ ވަކި ނިޒާމެއް ކަނޑައަޅުއްވައި އަންގަވާފައި ނެތް ކަމެވެ.

މިއިން އެނގެނީ ޤައުމެއްގެ ޙާލަތާއި މަޞްލަޙަތު ތަންދޭ ހަމަތަކުންގެ މަތިން އެވަގުތަކަށް އެންމެ އެކަށޭނަ ނިޒާމެއް ރައްޔިތުންނަށް އިޚްތިޔާރު ކުރެވިދާނޭ ކަމެވެ.

މިހާރަށް ބަލާއިރު ވަޞިއްޔަތަކުން އެހެން މީހަކަށް ވެރިކަން ދިނުން ރަނގަޅެއް ނުވާނެއެވެ. އެއީ އަމާނާތްތެރި މީހަކީ ކާކުކަން އެނގެން އުނދަގޫވީމައެވެ. އަބޫބަކުރުގެފާނު ޢުމަރުގެފާނަށް ވެރިކަން ވަޞިއްޔަތްކުރީ ޙަދީޘްތަކުގައި ޢުމަރުގެ މާތްކަމާއި އަދި އަބޫބަކުރަށް ފަހު އުންމަތުގައި ހުރި އެންމެ މާތްބޭފުޅަކީ އެއީ ކަމުގައި ބަޔާންވެެގެންވީތީއެވެ.

މިޒަމާނުގައި ވާރުތަކުރުންވެސް ރަނގަޅެއްނޫނެވެ. މިހާރުގެ ރަސްރަސްކަލުންނާއި ރައީސުންގެ ދަރީންގެ ތެރޭގައި ދީނީ ގޮތުންނާއި ސިޔާސީ ގޮތުން ވެރިކަމަށް ޤާބިލު ބަޔަކު އުޅުމާމެދު ޝައްކެވެ.

އަދި ގަދަކަމަށް ވެސް މީހަކަށް ޤައުމެއްގެ ވެރިކަމަށް މިހާރު އާދެވިގެންނުވާނެއެވެ. މިހެންކަމުން މިގޮތްތަކަކީ މިހާރުގެ ޙާލަތާ ގުޅޭ ގޮތްތަކެއްނޫނެވެ.

ދެން އޮތީ މިހާރުގެ ޙާލަތާ ގުޅެނީ ކޮން ނިޒާމެއްތޯ ބެލުމެވެ. އިސްވެ ދިޔަވާހަކަ ތަކުން އެނގެނީ އަބޫބަކުރުގެފާނު ވެރިކަމަށް ޢައްޔަންކުރެވުމާއި، ޢުޘްމާންގެ ފާނުގެ ވެރިކަމާއި، ޢަލީގެފާނުގެ ވެރިކަމަށް އައްޔަންކުރެވުނު ގޮތާ އެންމެ ރަޙްމަތްތެރި ނިޒާމަކީ މިހާރުގެ ގޮތުން ބަލާއިރު ރިޔާސީ ނިޒާމު ކަމެވެ.

އިސްލާމީ ދައުލަތެއްގައި ހުންނަން ޖެހޭނީ ރައްޔިތުން ބައިޢަތު ހިފާފައިވާ އިސް އެންމެ ވެރިއެކެވެ. ބަރުލަމާނީ ނިޒާމުގައި ރައީސްއާއި ބޮޑު ވަޒީރުގެ ވިސްނުން ދިމާ ނުވެގެން ޤައުމުތަށް ބަނޑަށް ޖެހި، ސަރުކާރުތައްވެއްޓި ސިޔާސީ އިޤްތިޞާދީ އިޖުތިމާޢީ ކާރިސާތައް މެދިވެރި ވަމުން އެބަދެއެވެ.

ޕާޓީ ތަކުގައި ވެސް މިގޮތައް ހުންނަ ނިޒާމުތަކުންގެ ސަބަބުން ޗެއަރޕާސަންއާއި ރައީސާއި ވިސްނުން ދިމާނުވެ ވިއްސި ވިހާލިވަމުން އެބަދެއެވެ.

ވޯޓު ތަކުން އެދައްކަނީ ރައްޔިތުންގެ ބައިޢަތެވެ. އިސްލާމީ ޤައުމެއްގައިި ބައިޢަތު ލިބިގެންވާ އެންމެ އިސް އެކަކު ހުންނަން ޖެހެއެވެ.

އިސްލާމްދީނުގައި ވަކި ނިޒާމެއް ކަނޑައަޅުއްވާފައި ނެތަސް މިހާރު ޤައުމާއި ދުނިޔޭގެ މަޞްލަޙަތު އޮތް ގޮތުން ދީނާ އެންމެ ގާތް ނިޒާމަކީ ރިޔާސީ ނިޒާމު ކަމުގައި އަޅުގަނޑަށް ފެނެއެވެ. މިއާއެކު ޕާލަމެންޓްރީ ނިޒާމަކީ ދީން މަނާކުރާ ނިޒާމެއް ނޫންކަން ތަކުރާރުކޮށް ދަންނަވަމެވެ.

ނަމަވެސް އަޅުގަނޑުމެންގެ ދީނުގެ އަސާސްތަކާ އެންމެ ރަޙްމަތްތެރި ނިޒާމަކީ ހަމަ ރިޔާސީ ނިޒާމެވެ.

އަޅުގަނޑުމެން ވެރިކަން ހިއްގުމަށް ވަކި ނިޒާމެއް ކަނޑައަޅާއިރު ބަލަންވީ ވަކި މީހެއްގެ ވެރިކަން ވެއްޓޭނީ މިވެނި ނިޒާމެއް ގެނައުމުންނޭ ބުނެ އެނިޒާމެއް ގެންނާކަށެއްނޫނެވެ. ބަލަންވީ ދީނާއި ޤައުމުގެ މަޞްލަޙަތު އޮތް ގޮތެވެ. އެގޮތުގެ ދަށުން ކިތައްމެ ބޮޑޫ ނިކަމެއްޗަކު ވެރިކަމަށް އަޔަސް އެމީހަކަށް ކިޔަމަން ވާންޖެހޭނެއެވެ. އެމީހަކު ޢަދުލުވެރި ނުވެއްޖެނަމަ އޭނާ ޢަޒުލު ކުރުމުގެ ޙައްޤު ރައްޔިތުންނަށް ލިބިގެންވެއެވެ.

ރިޔާސީ ނިޒާމު އޮވެފައި ބާރުތައް ވަކިކުރެވިދާނެއެވެ. އަދި ދީން ޙިމާޔަތްކުރާނޭ ބާރެއް، ނުވަތަ ފަތުވާގެ ރަސްމީ މަޞްދަރެއް ދައުލަތުގައި އޮތުން ވެސް ކަނޑައެޅިދާނެއެވެ. މިގޮތުން ދައުލަތް އިންތިޒާމް ކުރުމަކީ ދީން މަނާކުރާ ކަމެއް ނޫނެވެ. މީގައި ބަޔާންކުރެވުނީ އަޅުގަނޑުގެ ވިސްނުން ހުރި ގޮތާއި މަޢުލޫމާތެވެ. މިއަށް ރައްދު ދެއްވުމުގެ ޙައްޤު ކޮންމެ ބޭފުޅަކަށްވެސް ލިބިގެންވެއެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި