Noorul-islam.NET :: ދައުލަތް ހިންގުމުގައި ޣައިރުމުސްލިމުންގެ މަޝްވަރާހޯދުން
ދައުލަތް ހިންގުމުގައި ޣައިރުމުސްލިމުންގެ މަޝްވަރާހޯދުން
Category »  ކުރީގެ މުޝްރިފްގެ ޤަލަމުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 

ކީރިތި ރަސޫލާއާއި، އެކަލޭގެފާނުގެ ހަތަރު ޚަލީފާއިން، އިސްލާމީ ދައުލަތް ހިންގުމުގައި ޣައިރު މުސްލިމުންގެ މަޝްވަރާ ހޯއްދަވާފައި ނުވެއެވެ. ސަބަބަކަށް ވަނީ ގިނަފަހަރު އެބައިމީހުންގެ ފުށުން އަމާންކަން ނެތުމެވެ. އަދި ވަކިން ބޮޑަށް އެދުވަސް ވަރަކީ އިސްލާމްދީން ފެތުރިގެން، ބާރުގަދަވެގެން އައި ދުވަސްވަރުކަމުން، ޣައިރު މުސްލިމުންގެ ޢަދާވާތްތެރިކަމާއި، ޙަސަދަވެރިކަން ފާޅުވެފައި އޮތްލެއްބޮޑުކަމާހުރެއެވެ.

    ނަމަވެސް ފަހުން އައި އިސްލާމީ ޚިލާފަތްތަކުގައި، އިސްލާމީ ދައުލަތުގެ ޙިމާޔަތުގައި އަމާންކަން ހޯދައިގެން ތިބޭ ޛިއްމީންގެ މަޝްވަރާ ހޯދާފައިވެއެވެ. އެއީ އިސްލާމީ ޢަޤީދާއާއި، ޝަރީޢަތުގެ އުޞޫލީ ކަންތައްތަކާ ގުޅޭ ދާއިރާތައް ފިޔަވައި އެހެނިހެން ކަންކަމުގައެވެ.

މިހެންކަމުން އަޅުގަނޑުމެންގެ ޢަޤީދާއަށް ނުރައްކާ ނުވާނޭފަދަ ގޮތެއްގެ މަތިން އިދާރީ ކަންކަމާއި، ސިޔާސީ ކަންކަމާއި، މަދަނީ ކަންކަމާއި، އިޖުތިމާޢީ ކަންކަމުގައި، ޣައިރުމުސްލިމުންގެ މަޝަވަރާ ހޯދުމަކީ އެންމެ ރަނގަޅުކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.

ނަމަވެސް ޤުރާއާނާއި، ނަބިއްޔާގެ ސުންނަތުން ސާބިތުވާން ހުރި ކަންކަމާއި، އަޤީދާގެ މައްސަލަތަކާއި، އިސްލާމީ ދައުލަތުގެ އުޞޫލީ ކަންތައްކުގައި އެބައިމީހުންނާ މަޝްވަރާ ކުރުމެއްނެތެވެ. އަދި އިސްލާމީ ދައުލަތެއްގެ ސިއްރުތަކާއި، މަޤްޞަދުތައްވެސް އެބައިމީހުންނަށް ހާމަ ކުރުމަކީ ކުރެވިގެންވާނޭކަމެއްނޫނެވެ.

ސަބަބަކީ އެބައިމީހުންގެ ފުށުން ވަފާތެރިކަމާމެދު ޔަޤީންކަން ނޯންނާތީވެއެވެ. އެފަދަ މީހުން ގާތްކޮށްގެން ގެންގުޅުމާއި، ދައުލަތުގެ މަތީ މަޤާމުތައް އެފަދަ މީހުންނަށް ދިނުމަކީ ހުއްދަވެގެންވާ ކަމެންނޫނެވެ. މާތް ﷲ އާލުޢިމްރާން ސޫރަތުގެ ސަތޭކަ އަށާރަވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. [ އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ދީނުގެ ބަޔަކު މެނުވީ ކައިރިކޮށްގެން ގެންގުޅޭ ބައެއްކަމުގައި ނަހަދާށެވެ. އެހެނީ އެބައިމީހުން ތިޔަބައިމީހުންނަށް ފަސާދައާއި، ނުބައިކަންތައް މެނުވީ ނޭދޭނެއެވެ. އަދި، އެބައިމީހުން އެދޭހުށީ ހުރިހާ ނުބަޔަކާ ދަތި އުނދަގުލެކެވެ. އެ އުނދަގޫތަކާއި ޢަދާވާތްތެރިކަން އެބައިމީހުންގެ ފަރާތުންވަނީ ( މުޝްރިކުންނަށް އިސްލާމުންގެ ސިއްރުތައް ގެންދިޔުމުގައި)  ފާޅުވެ އެނގިގެންނެވެ. އެމީހުންގެ ހިތްތަކުގައި ފޮރުވާފައިވާ ޢަދާވާތްތެރިކަން އެފާޅުވެގެންވާ ކަންތައްތަކަށް ވުރެން މާބޮޑެވެ. އެކަންތައް ވިސްނޭ ބަޔަކު ކަމުގައިވަނީނަމަ އެބައިމީހުންގެ ޢަދާވާތްތެރިކަމުގެ ދަލީލުތަކާއި ޢަލާމާތްތައް ތިމަން ﷲ ވަނީ ތިޔަބައިމީހުންނަށް ބަޔާންކުރައްވާފައެވެ.]

އަދި އަލްމާއިދާ ސޫރަތުގެ ފަންސާސް އެއްވަނަ އާޔަތުގެ މާނައިގައިވެއެވެ. [ އޭ އީމާންވީ މީސްތަކުންނޭވެ! ޔަހޫދީންނާއި ނަޞާރާއިން އެއީ ތިޔަބައިމީހުންގެ އެހީތެރި އެކުވެރިންކަމުގައި ބަލައި، އެގޮތުގައި އެމީހުންގެ ބޭނުން ހިފައި ނުއުޅޭށެވެ! އެބައިމީހުންގެ ތެރެއިން އެއްބަޔަކީ އަނެއްބައެއްގެ އެހީތެރި އެކުވެރީންނެވެ. ތިޔަބައިމީހުންގެ ތެރެއިން ތިޔަބައިމީހުންގެތެރެއިން އެމީހުންގެ އެހީތެރިކަމާއި، އެކުވެރިކަން ހޯދައިގެންފި މީހާއީ، ހަމަކަށަވަރުންވެސް، އެމީހުންގެތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގު ނުދައްކަވާނެއެވެ.]

ނަމަވެސް މުސްލިމުންގެ ތެރޭގައި ދިރިއުޅޭ، ނުވަތަ އެބައިމީހުންނަކީ ތެދުވެރި ބައެއްކަން މުސްލިމުންނަށް ޔަޤީންވާ، ޣައިރުމުސްލިމުންގެ މަޝްވަރާއާއި އެހީތެރިކަން ޢާއްމު ކަންކަމުގައި ހޯދިދާނެކަމަށް ޢިލްމުވެރިން ބަޔާން ކުރައްވައެވެ. އެއީ އިސްލާމީ ތާރީޚުންވެސް މިކަން ފެންނާން ހުރީތީވެއެވެ.

އަންދަލުސް ފަތަޙަ ވެގެންދިޔައީވެސް ޣައިރުމުސްލިމުގެ އެހީތެރިކަން މުސްލިމުންނަށް ލިބިގެންނެވެ. އަދި، މިޞްރު ފަތަޙަވީވެސް ޤިބުޠީންގެ އެހީތެރިކަން މުސްލިމުންނަށް ލިބިގެންނެވެ. އަދި ޝާމްކަރަ ފަތަޙަވުމަށްފަހު، ޙިމްޞުގެ ނަޞާރާއިންގެ އެހީތެރިކަން ލިބިގެން، އެބައިމީހުން މުސްލިމުންނާއެކު، ރޫމީންނާ ދެކޮޅަށް ހަނގުރާމަ ކޮށްފައިވާކަމަށް ތާރީޚުން ފެންނަން އެބައޮތެވެ.

ޙުނައިން ހަނގުރާމައަށް ރަސޫލާ ވަޑައިގެންނެވީވެސް މުޝްރިކުންގެ ބައެއް މީހުންގެ ފަރާތުން އެހީހޯދަވައިގެންނެވެ. އަދި މުސްލިމުން ނިކަމެތި ދުވަސްވަރު ނަޞާރާއިންގެ ޢަދުލުވެރި ރަސްގެފާނު ނަޖާޝީގެ އަރިހުން އެހީތެރިކަމާ މަދަދު ހޯއްދެވިއެވެ.

މިހެންކަމުން މިޒަމާނަށް ބަލާހިނދު، ޤައުމުގެ ކަންތައްތައް ތައް އިޞްލާޙުކުރުމުގައި އިންޞާފުވެރި ބައިނަލްއަޤުވާ މުއައްސަސާތަކުގެ އެހީތެރިކަމާއި މަޝްވަރާ ހޯދުމަކީ ދީނީ ގޮތުން މައްސަލައެއް އޮތްކަމެއް ކަމަށް ނުބެލެވެއެވެ. މިކަން ކުރަންވާނީ ދީނާއި، ޤައުމުގެ މިނިވަންކަމާއި، ސިޔާދަތައް ރައްކާތެރިވެތިބެއެވެ.

އަދި ހަމަ އެހެންމެ، މުސްލިމު އަނިޔާވެރި ވެރިއެއްގެ ފަރާތުން، ނުވަތަ އަނިޔާވެރި ސަރުކާރެއްގެ ފަރާތުން ލިބެމުންދާ އަނިޔާތަކުން ސަލާމަތްވެ، ތިމާމެންގެ ޙައްޤު ހޯދައިދިނުމަށް

އަދު ދަންނަވަމެވެ. މުސްލިމުން މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރުމަށާއި، މުސްލިމުންގެ ޤައުމުގެ ތަކުގެ ހަމެޖުމާއި، ސިޔާދަތު ނަގާލުމަށް، މުސްލިމުން މުސްލިމުންނާ ދެކޮޅުހެދުމުގައި ބާރު ހޯދުމަށް ޣައިރު މުސްލިމުންގެ އެހީތެރިކަން އެއްވެސް ކަމެއްގައި ހޯދުމަކީ އިސްލާމްދީނުގެ ގިންތީގެ ތެރެއިން މީހާ ބޭރުވެގެންދާނޭ ކަމެކެވެ. ކުރިން މިދެންނެވި ވާހަކަތަކާއި މިމައްސަލައާއި، ތަފާތުކުރެއްވުން އެދެމެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި