Noorul-islam.NET :: މުޞީބާތްތަށް މެދުވެރިވުމުން ފަސްނަމާދުގައި ޤުނޫތު ކިއުން




މުޞީބާތްތަށް މެދުވެރިވުމުން ފަސްނަމާދުގައި ޤުނޫތު ކިއުން
Category »  ކުރީގެ މުޝްރިފްގެ ޤަލަމުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު ޝަހީމް ޢަލީ ސަޢީދު



 

ނަވާޒިލު( ބޮޑެތި މުޞީބާތްތަށް ) މެދުވެރިވުމުން  ފަރުޟު ނަމާދުތަކުގައި ޤުނޫތު ކިޔުމަކީ ޝަރުޢުކުރައްވާފައިވާ ކަމެއްކަމާއި، އެގޮތަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމަލުކުރައްވާފައިވާ ކަމަށް ސުންނަތުގެ ދަންނަބޭކަލުން އިއްތިފާޤުވެވަޑައިގެންފައިވެއެވެ. މިބޭކަލުންގެ ދަލީލުތަކުގެތެރޭގައި  (( عَنْ ‏ابْنِ عَبَّاسٍ ‏قَالَ :  قَنَتَ ‏رَسُولُ اللَّهِ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏شَهْرًا مُتَتَابِعًا فِي الظُّهْرِ وَالْعَصْرِ وَالْمَغْرِبِ وَالْعِشَاءِ وَصَلَاةِ الصُّبْحِ فِي ‏دُبُرِ ‏كُلِّ صَلاَةٍ إِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ مِنْ الرَّكْعَةِ الآخرة يَدْعُو عَلَى أَحْيَاءٍ مِنْ ‏بَنِي سُلَيْمٍ ‏عَلَى ‏رِعْلٍ ‏وَذَكْوَانَ ‏وَعُصَيَّةَ ‏وَيُؤَمِّنُ مَنْ خَلْفَه ))  މާނައީ : އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ''  މަސްދުވަސްވަންދެން ޖެހިޖެހިގެން މެންދުރުނަމާދާއި، ޢަޞްރުނަމާދާއި، މަޣްރިބުނަމާދާއި، ޢިޝާނަމާދާއި، ފަތިސްނަމާދުގެ ފަހު ރަކްޢަތުގައި ރުކޫޢުން ތެދުވެ ވަޑައިގެން } سمع الله لمن حمده    ވިދާޅު ވުމަށްފަހު، ބަނީ ސުލައިމުގެ ޤަބީލާތަކެއްކަމުގައިވާ ރިޢްލާއި ، ޛަކްވާނާއި ، ޢުޞައްޔާ ގެ މީހުންގެ މައްޗައް އިތުރު އެކަލޭގެފާނު  ބަދު ދުޢާކުރެއްވިއެވެ. އެކަލޭގެފާނުގެ ފަހަތްޕުޅުން މީސްތަކުން އާމީން ކިޔެވެ.''   أبو داؤد : كتاب الصلاة باب القتوت في الصلوات ، ޙަދީޘް ނަމްބަރ 1231 ގައެވެ. އަދި الإمام الألباني ގެ إرواء الغليل 2 / 163  ބައްލަވާށެވެ.

މިޙަދީޘްގައި ނަންގެނުވުނު ޤަބީލާތަކަކީ ، އެބައިމީހުން އިސްލާމްވެއްޖެ ކަމަށް ބުނެ، ދީން އުގަންނައި ދެއްވުމަށް ބަޔަކު ފޮނުއްވައިދެއްވުމަށް ކީރިތި ރަސޫލާގެ އަރިހުން އެދުމުން އެބައިމީހުންގެ ގާތަށް ކީރިތި ރަސޫލާ އިސްލާމްދީން އުގަންނަވައި ދެއްވުމަށް އަޞްޙާބު ބޭކަލުންގެ ތެރެއިން ހަތްދިހަބޭކަލުން ފޮނުވުއްވިއެވެ. މި ޤަބީލާތަކުގެ މީހުން އެބޭކަލުން ޤަތުލުކޮށް ޣަދަރުވެރިވިއެވެ. މިއީ އެވަގުތު އުންމަތަށް ދިމާވި ވަަރަށް ބޮޑު މުޞީބާތެކެވެ. އެހިތާމައާ ގުޅިގެން މާތް ނަބިއްޔާ ޤުނޫތު ވިދާޅުވިއެވެ. الأستاذ السيد سابق ގެ فقه السنة 1/ 257 ބައްލަވާށެވެ.

މިޙަދީޘުން ދޭހަވާގޮތުގައި ބޮޑެތި މުޞީބާތްތަކުގައި ވަކި ނަމާދެއް ޚާއްޞަ ކުރުމެއްނެތި، ހުރިހާނަމާދެއްގައިވެސް ޤުނޫތު ކިޔުމަކީ ހުއްދަކަމެކެވެ. ޙަނަފީ މަޒުހަބާއި، ޝާފިޢީ މަޒުހަބާއި، ޙަންބަލީ މަޒުހަބުގައި ވާގޮތުން ނަވާޒިލުތަކުގައި    ( ބޮޑެތި މުޞީބާތްތަކުގައި ) ފަރުޟު ފަސް ނަމާދުތަކުގައި ޤުނޫތު ކިޔުން ސުންނަތެކެވެ. 

ބޮޑެތި މުޞީބާތްތަކުގެ ތެރޭގައި ހަނގުރާމައެއް ކުރިމަތިވުން، ބިރުވެރިކަމެއްކުރިމަތިވުން، ނުވަތަ ބަނޑުހައިހޫނުކަމެއް، ނުވަތަ ވަބާއެއް ކުރުމަތިވުމެވެ. އަދި މީގެ ތެރޭގައި ރާޅުއެރުން ފަދަ ކަންކަތައް ފަދަ ބޮޑެތި ކަންކަމުގައި ޤުނޫތު ކިޔޭނެއެވެ. އެދިމާވި ކަމަކާ ގުޅިގެން އެދިމާވި ކަމަކުން ސަލާމަތްކޮށްދެއްވުމަށް ދުޢާކުރެވިދާނެއެވެ. މިކަމުގައި ކިޔަން ވަކި ޚާއްޞަ ދުޢާއެއް ގަނޑައެޅިފައިނެތެވެ. އެދިމާވި ކަމަކާ ގުޅިގެން ދުޢާކުރެވިދާނެއެވެ. މުޞީބާތް ފިލައިދިއުމުން ޤުނޫތު ދޫކޮށްލުމަކީ ސުންނަތްގޮތެވެ. މިފަދަކަންކަމުގައި، ޤުނޫތު ދޫކުރެވިއްޖެނަމަ ކުށު ސަޖިދަ ޖެހުމެއްނުވެއެވެ.

ޑރ ވަހުބާ އައްޒުޙައިލީގެ އަލްފިޤްހުލްއިސްލާމީ 2 / 1008 މިފޮތް ބައްލަވާށެވެ.

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި