Noorul-islam.NET :: ވަކި މާއްދާއެއްގެ ގޮތުގައި ޤުރްއާން ކިޔަވާ ދިނުމަށް ދިވެހި ސަރުކާރުން ނިންމެވުން

ވަކި މާއްދާއެއްގެ ގޮތުގައި ޤުރްއާން ކިޔަވާ ދިނުމަށް ދިވެހި ސަރުކާރުން ނިންމެވުން
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު ޝަހީމް ޢަލީ ސަޢީދު



 

ވަކި މާއްދާއެއްގެ ގޮތުގައި ޤުރްއާން ކިޔަވާ ދެއްވާ ގޮތައް ސަރުކާރުން ނިންމި ނިއްމުމަކީ ވަރަށް ރަނގަޅު ނިންމެވުމެކެވެ. ކުޑަ ކުދީންގެ ހިތްތަކުގައި ޤުރްއާނަށް ލޯބި ޖައްސައި އެކުދީން ހެޔޮ ގޮތުގައި ތަރުބިޔަތު ކުރުމަކީ އެންމެންގެ ޒިންމާއެކެވެ.

ޤައުމީ މުޤައްރަރުން ޤުރްއާނަށް ތަންކޮޅެއް ކުރީން ވަރަށް ބޮޑަށް ފުރްޞަތު ފަހިކުރެވިފައިވެއެވެ. ނަމަވެސް މަފުން ބަދަލު ތަކެއް އައުމަށް ފަހު އަނެއްކާވެސް ވަކި މާއްދާއެއްގެ ގޮތުގައި ސްކޫލްތަކުގައި ޤުރްއާން ކިޔަވާ ދެއްވަން ޤަޞްތު ކުރައްވާ ވާހަކަ ސަރުކާރުން އެވަނީ ހާމަކުރައްވާފައެވެ.

ޤައުމީ މުޤައްރަރުން ވަކި މާއްދާއެއްގެ ގޮތުގައި ޤުރްއާން ކިޔަވާ ނުދިނަސް ވޭތުވެ ދިޔަތަނުގައި ސަރުކާރުން ޤުރްއާން ގެ ޢިލްމު ފޯރުކޮށް ދިނުމަށް މަސައްކަތްތަކެއް ކުރައްވާފައިވާ ކަން ފާހަނގަކޮށްލެވެއެވެ. އަދި ވޭތުވެ ދިޔަ ތަނުގައި ބައިނަލްއަޤުވާމީ ގޮތުން ޤުރްއާނުގެ ދާއިރާގައި ދިވެހިން ހޯދާފައިވާ ކާމިޔާބުގެ ފަހަތުގައި ސަރުކާރާއި ބެލެނިވެރިންވާ ކަމީ ވަރަށް ބޮޑަށް ފާހަނގަކުރަންޖެހޭނެ ކަމެކެވެ.

ރާއްޖޭގައި ޤުރްއާނާ ބެހޭ މަރުކަޒެއް ސަރުކާރުން ޤާއިމު ކުރައްވައި އެތަނުގައި ކިޔަވަން ބޭނުންވާ އެތައް ސަތޭކަ ދަރިވަރުންނަށް ޤުރްއާން ހިތުން ދަސްކޮށްދެއްވަމުން އެބަ ދެއެވެ. ހިލޭ ކިޔަވާ ދޭ އެމަރުކަޒަކީ ސަރުކާރުން ކޮންމެ އަހަރަކު ވަރަށް ބޮޑު ޚަރަދެއްކުރައްވާ ތަނެއްކެވެ. އަދި އެމަރުކަޒު މެދުވެރިކޮށް އަތޮޅުތަކުގެ ވަރަށް ގިނަ ޤުރްއާންކުލާސްތަކަށް ފައިސާގެ އެހީއާއި މުޞްޙަފް، އަދި އިނާމު ފޯރުކޮށްދެވެއެވެ. އަދި ކުއްލިއްޔާއާއި، އަރަބިއްޔާ ސްކޫލުން ޤުރްއާން ޢިލްމު ފޯރުކޮށް ދެއްވުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރައްވާފައިވެއެވެ. މިއީ އަދުގެ ސަރުކާރުގެ ރަނގަޅު ކަންކަމުގެ ތެރެއިން ފާހަނގަކޮށްލެވޭ އެންމެ މުހިންމު އެއްކަމެވެ. ހެޔޮ ކަންކަމުގައި އެއްބާރު ލުން ދިނުމަކީ އެންމެހައި މުއައްސަސާތަކުގެ ވާޖިބެކަށް ވާންވާނެއެވެ.

ޙައްޤު ބަސް ބުނުމަކީ އަބަދު އިދިކޮޅަށް ބަސްބުނުމެއްނޫނެވެ. ހަޤީޤަތް ހާމަކުރުމެވެ. ރަނގަޅު ކަންތައްތަކަށް ހިއްވަރު ވެސް ދިނުމެވެ. ނުބައި ކަންކަން މަނާކުރުމެވެ. 

ވަރަށް ފަހުން އިސްލާމިކް ބޭންކެއް ހުޅުވާނޭ ކަންވެސް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ. މިހުވަފެނުގައި ކުލަޖެހިގެން ދިއުމަކީ އެންމެން އެދިއެދި ތިބި ކަމެކެވެ. އަދި މުޞީބާތް މެދުވެރިވުމުން ސުންނަތާ އެއްގޮތައް ޤުނޫތު ކިޔުމަށް ވަނީ އަމުރު ނެރުއްވާފައެވެ. ކުރީގައި ދުޢާކުރަމުންދަނީ ސަލާމް ދިނުމަށްފަހު ގައެވެ. މިއީ މުޅިންވެސް ހަމަ އިޞްލާޙުތަކެވެ. އިޞްލާޙު އަންނަ ކަންކަން ބަލައިގަތުމަކީ ފާޑު ކިޔާ މީހުންގެ ސިފައަކަށް ވާންޖެހޭނޭ ކަމުގައި އަޅުގަނޑު ދެކެމެވެ. މިވާހަކަ ތަކަކީ ފަހަރުގައި ބައެއް މީހުންނަށް ޙަޖަމްކުރަން އުދަގޫ ވާހަކަތަކަކަށް ވެދާނެއެވެ. ނަމަވެސް މިއީ އަޅުގަނޑުމެންގެ ވިސްނުމެވެ. ހެޔޮކަންކަމުގައި އެހީތެރިވުމެވެ. ޙަޤީޤަތް ހާމަކުރުމެވެ. ނުބައިކަންކަން މަނާކުރުމެވެ. އެކަންކަމަށް އެހީތެރިނުވުމެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި