Noorul-islam.NET :: ދިވެހި ދައުލަތުގެ ކަރާމަތް ގެއްލުވާލަނީ




ދިވެހި ދައުލަތުގެ ކަރާމަތް ގެއްލުވާލަނީ
Category »  ކުރީގެ މުޝްރިފްގެ ޤަލަމުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު ޝަހީމް ޢަލީ ސަޢީދު



ހުއްދައެއް ނެތި އެއްވެސް އެއްޗެއް ދިވެހިރާޢްޖެ އަށް އެތެރެނުކުރެވެއެވެ. ޚާއްސަ ގޮތެއްގައި ދީނީ ފޮތެއް، ނުވަތަ ސީޑީ ނުވަތަ އެނޫންވެސް ދީނާ ގުޅޭ އެއްޗެއް ނަމަ، އެ އެއްޗެއް އެއެއްޗަކާ ބެހޭ ފަރާތަކަށް ގެންގޮސްގެން ކޮށައި މަށައިގެން ނޫނީ އޭގެ ވެރިފަރާތަކަށް ނުލިބޭނެއެވެ.

ވަކިން ޚާއްޞަކޮށް ރާއްޖެއަށް އެތެރެކުރާ ދީނީ ފޮތް ތައް މަތީމަޖިލީހުން ބަލައި ފާސްކޮށްގެން ނޫނީ އެތެރެނުކުރެވެއެވެ. އަދި ޚާއްޞަގޮތެއްގައި ޢަޤީދާ އާ ބެހޭ ފޮތްތައް އެތެރެކުރެވެނީ ވަރަށް ވަރުންނެވެ. ޙާލަކީ މިއީއެވެ.

މިފަދައިން ދީނީ ޙާލަތުވަނިކޮށް، މުއްސަންޖެއްގެ އުފަންދުވަސް ފާހަނގަކުރުމަށް ރާއްޖޭގައި ބުދު ދީނުގެ ސަޤާފަތާ އެއްގޮތަށް ވަނީ ތަނެއް ހަދާފައެވެ. އަދި ތިރީސް ފަސްފޫޓުގެ ބުދެއް އެތަނުގައި ބެހެއްޓިފައިވެއެވެ. އަދި އެތަނުގައި އެނޫނަސް ކުދި ކުދި ބުދުތައް ވާކަމަށް ކަށަވަރު ކުރެވިފައިވެއެވެ. މިތަކެތި އެތެރެކުރެވުނީ ޚާއްޞަ ހުއްދައެއްގެ ދަށުން ކަމުގައި ބުނެވެއެވެ. ދީނީ މަޖިލީހޭ ކިޔާ ތަނަށް އެއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ކަމަކަށް ނުވެއެވެ.

ޚުދު އިނގިރޭސިން އެދަނީ މިކަމަށް ފާޑު ކިޔަމުންނެވެ. ދިވެހިރާއްޖޭގައި ހުންނަ ދީނީ ކަންކަމާ ބެހޭ މަޖިލީހުން މިކަމާ މެދު އެއްވެސް ފިޔަވަޅެއް އެޅުއްވިބާވައެވެ.

އިސްލާމްދީން ޙިމާޔަތްކުރެއްވުމަށް ހުވާކުރައްވައިގެން ތިއްބެވި ޤައުމުގެ ލޮބުވެތި ސިފައިންނާ ފުލުހުންގެ ކިބައިން ވަރަށް އިޚުލާޞްތެރި ހިތަކުން އަޅުގަނޑު އެދެނީ އެތަން ރޫޅާލުމަށެވެ. ﷲ ގެ ވަޖުހުފުޅު އެދިގެން ޤައުމާއި ދީނުގެ ޙައްޤުގައި އެބޭފުޅުންގެ ހިއްވަރު ދައްކާލުމަށެވެ.

މިފަދަ ދަނޑިވަޅެއްގައި ދިވެހި ފަސްގަނޑަކީ ކުޅޭކުޅޭ ތަނެއް ނޫންކަން އަންގާލަ ދެވެން ޖެހޭނެއެވެ. ދިވެހިރާއްޖޭގެ ދީނާއި، ސަޤާފަތަށް ބޭރުން އަންނަ މީހުން އިޙުތިރާމް ކުރަންޖެހޭނެއެވެ. ކިތައްމެ ގިނަ ފައިސާ އެއް ދިނަސް ދީނުގެ ކަރާމަތަށް އުނިކަން ލިބޭ ޒާތުގެ އެއްވެސް ކަމެއް ދިވެހި ފަސްގަނޑުގައި ކުރުމުގެ ފުރުޞަތު ދެވިގެން ނުވާނެއެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި