Noorul-islam.NET :: އިމާމު މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ ދަޢުވަތުގެ ކުރިން އަރަބިކަރަ




އިމާމު މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ ދަޢުވަތުގެ ކުރިން އަރަބިކަރަ
Category »  އިސްލާމީ ޝަޚްޞިއްޔަތު

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު ޝަހީމް ޢަލީ ސަޢީދު



އިމާމު މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ ކުރިން ޢަރަބިކަރަ އޮތް ގޮތް ބަޔާންކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ދެކެމެވެ. އެކަލޭގެފާނު އިސްލާމީ ދަޢުވަތުގެ އަޑު އުފުއްލަވަން ފެއްޓެވުމުގެ ކުރީން ޢަރަބި ކަރައިގައި އޮތީ ބިދުޢަތަކާއި ޚުރާފާތްތައް އިންތިހާ އަށް ފެތުރިފައެވެ. އަނިޔާވެރިކަމާއި ޖަހާލަތު އޮތީ ޤަލަމުން ބަޔާންކުރެވޭ ވަރަށް ވުރެ ބޮޑަށް ފެތުރިފައެވެ. ބާރު ގަދަ މީހުން ނިކަމެތީންގެ މައްޗައް ގަދަވެގެންފައެވެ. އިސްލާމީ ޝަރީޢަތައް ޙުކުމްކުރުމެއް ނެތެވެ. މައްކާއާއި މަދީނާގައި ވެސް ވަނީ ބިދުޢަތައް ފެތުރިފައެވެ. މީސްތަކުން ކީރިތި ރަސޫލާގެ ގަބުރުފުޅުގެ ކައިރިއަށް އެއްވެ ޝިރުކުގެ ޢަމަލުތައް ހިންގަމުން ދެއެވެ. ރަމަލު ޖަހާމީހުންނާއި ސިޙުރުވެރީންގެ އަވައިގައި ޖެހި ގިނަ މުސްލިމުންތައް ވަނީ ސުންނަތުން އެކަހެރިވެފައެވެ. ޖިންނި ޝައިޠާނުންނަށް އަޅުކަންކުރުމާއި ވަލީވެރިންނަށް ނަދުރުބުނުމާއި ﷲ ނޫން ފަރާތްތަކަށް ޤުރްބާންކޮށް ކަތިލުމާއި މިފަދަ އެތައް ޙަރާމްކަމެއް ވަނީ ފެތުރިފައެވެ.

އަދި ހަމަ އެއާއެކު އިންސާނުންނަށް އެކަންޏެއްނޫނެވެ! ގަސްހަގާ ގެއްސަށް ވެސް އަޅުކަންކުރަމުން ދެއެވެ. އެތަކެއްޗާއި ﷲ އާ އެއްފަދަ ކުރަމުން ގޮސްފައިވެއެވެ. ޖިއްދާގައި ހުންނަ މާ ވަރުގަދަ ކަދުރު ރުކެއްގެ ވާހަކަ އަކީ އެއިރު ވަރަށް މަޝްހޫރު ވާހަކައެއްކަމަށް ބުނެވެއެވެ. އެމީހުންނަށް ޤަބޫލުކުރެވޭ ގޮތުން އެ ރުކަކީ ވަލީވެރިކަން ހިފާފައިވާ ރުކެކެވެ. އެކި ތަންތަނުން މީހުން އައިސް އެރުކުން ބަރަކާތް ހޯދައި އުޅުނެވެ. އިންނާނެ މީހަކު ނުވެފައި ތިބޭ އަންހެނުންނާއި ދަރިން ނުލިބޭ އަންހެނުން މި ރުކުގެ ކާރިއަށް ގޮސް ބަރަހަނާވެ، އޮރިޔާން ޙާލުގައި މިރުކުގަ ބައްދަބައްދާފައި ބުނެ އުޅޭ ކަމަށް ވެއެވެ. " އޭ ރުށްތަކުގެ ވެރި ރުކާއެވެ! އަހަރު ވުމުގެ ކުރީން ދަރިއެއް ދެއްވައިފާނދޭވެ! " ފިރި އަކަށް ބޭނުންވާ މީހާ " އޭ ރުށްތަކުގެ ވެރި ރުކާއެވެ! އަހަރު ވުމުގެ ކުރީން ފިރިއެއް ދެއްވައިފާނދޭވެ! " ހިނިއަންނަ ޒާތުގެ މި ފަދަ ޙާލަތަކަށް ޢަރަބި ކަރައިގެ ކަންތައް ގޮސްފައިވެއެވެ. ދީނުގެ އުޞޫލުތަކާއި ތައުޙީދުވީ މުޅީންހެންމެ އިންދިރާސްވެފައެވެ. މަދު ޢިލްމުވެރިޔަކަށް މެނުވީ އިސްލާމްދީނަށްޓަކައި މަސައްކަތްކުރުމުގެ ފުރްޞަތު ލިބިފައިނެތެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި