ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޢަބްދުލްވައްހާބު ބިން ސުލައިމާން ބިން ޢަލީ އައްތަމީމީ އަލްޙަންބަލީ (ރަޙިމަހުﷲ) އަކީ ފަހުގެ ޤަރުނުގައި އިސްލާމީ އުންމަތުން ފެނިގެންދިޔަ އެންމެ ވަރުގަދަ އެއް މުޞްލިޙެވެ. އިމާމެކެވެ. މުޖައްދިދެކެވެ. އުފަންވެ ވަޑައިގެންނެވީ ނަޖިދު ކަރައިގެ ( މިހާރުގެ ސަޢޫދީ ޢަރަބިޔާގެ ބައެއް ) އަލްޢުޔައިނާގައި ހިޖުރައިން އެއްހާސް އެއްސަތޭކަ ފަނަރަވަނަ އަހަރުގައެވެ. އުމުރުފުޅުން ދިހަ އަހަރުފުޅުގައި ޤުރްއާން ހިތްޕުޅުން ދަސްކުރައްވައި ޢިލްމު ޙާޞިލްކުރެއްވުމަށް ފެއްޓެވިއެވެ. މިގޮތުން އެންމެ ފުރަތަމަ ތަޢްލީމު ޙާޞިލްކުރެއްވީ އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުންނެވެ. އެއަށް ފަހު ޢިރާޤުގެ ބަޞްރާއާއި އަދި މައްކާ، މަދީނާއި، އަލްއަޙްސާއު މި ރަށްތަކަށް ވަޑައިގެން ޢިލްމު ޙާޞިލްކުރެއްވުމަށް ފަހު އެނބުރި ނަޖިދު ކަރައަށް ވަޑައިގެން އިސްލާމްދީނަށް ދަޢުވަތު ދެއްވަން ފެއްޓެވިއެވެ.
|