Noorul-islam.NET :: އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ލޯފުޅުގެ ފަރުވާ ނުހޯއްދެވުން

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ލޯފުޅުގެ ފަރުވާ ނުހޯއްދެވުން
Category »  އިސްލާމީ ޝަޚްޞިއްޔަތު

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދީ



 

    ޢަބްދުﷲބްނި ޢައްބާސުގެފާނުންގެ ލޯފުޅުގައި ފެންއުފެދި އަނދިރިވުމުން އެކަލޭގެފާންގެ ލޯފުޅަށް ބޭސް ފަރުވާކުރުމަށް ޓަކައި ޠަބީބަކު (ޑޮކްޓަރަކު) ވަޑައިގެން ލޮލުގެ ސާޖަރީ ހެދުމަށްފަހުގައި ފަސްދުވަސްވާދެން ނަމާދުގައި ސަޖިދަ ބިންމަތީގައި ޖަހައިގެން ނުވާނެކަމަށް ބުނުއްވިއެވެ. ސަޖިދަކުރަން ވާނީ އުސް ލަކުޑިކަޑެއްބާއްވައިގެން އެލަކުޑިގަޑުމަތީގައި ކަމަށްދެންނެވުނެވެ.  އެކަލޭގެފާނުން ދެންނެވިއެވެ ﷲގަންދީބުނަމެވެ. އެއްގޮތަކަށްވެސް ތިޔަހެނެއް ނުވާނެއެވެ. އެއްމެ ރަކުޢަތެއްވެސް ތިގޮތަކަށް ކުރާކަށެއް  އަހުރެންނެއް އެއްބަހެއް ނުވާނަމެވެ. ނަމާދާ ބެހޭގޮތުން މާތް ނަބިއްޔާގެ އަގުމާތްވި އިރުޝާދު އަހަންނަށް އެގެއެވެ. އެކަލޭގެފާނުން ޙަދީޘުފުޅު ކުރެއްވިއެވެ. އެންމެ ނަމާދެއް ޤަޞްދުގައި އަޅާފިމީހަކާ ﷲސުބްޙާނަހޫ ބައްދަލުވާނީ ﷲއެމީހަކަށް ކޯފާވެވިޑިގެންވާ ޙާލުގައެވެ.

    އާދެ! އެގޮތަށް މަޖުބޫރުޙާލަތުގައި ނަމާދު ކުރުމަކީ ދީނުގައި ހުއްދަކަމެކެވެ. މިމަސްއަލަ ނަމާދު ދޫކުރުމަކާ އެއްވެސް ގުޅުމެއްނެތެވެ. އެހެން ނަމަވެސް އެ މިތުރު އަޞްޙާބުން އެމާތްޞާހިބާގެ އިރުޝާދުފުޅުތަކަށް ޓަކައި ޤުރުބާންވުމުގެ ޝައުޤުވެރިކަމުގެ ބޮޑުކަމުންނާ ނަމާދާ ނަމާދުގެ ޙާޤީޤަތަކީ ކޮބައިކަން އެގިވަޑަގަންނަވާ ފުރިހަމަކަމުން އެއްމެރަކުޢަތަކަށްޓަކައި ދުނިޔެ ޤުރުބާން ކޮށްލުމަކީ އެބޭކަލުންނަށް އެއްވެސް ކަމެއްނޫނެވެ. އެހެންކަމުން ޢަބްދުﷲބްނި ޢައްބާސު ރަޟިޔަﷲ ޢަންހު އަށް ވެސް ނަމާދާ އަޅާކިޔާލާ އިރު ލޮލަކީ މާ މުހިއްމު އެއްޗަކަށް ނުވީއެވެ. ލޯޤުރުބާންކޮށްލައިގެންވެސް ނަމާދު ފުރިހަމަގޮތުގައި ލިބިގަތުން މުހިއްމުވީއެވެ. މިއަދު އަޅުގަޑުމެންގެ ލަދު ޙަޔާކުޑަކަމުން އެބޭކަލުންނާ ބެހޭގޮތުން ދައްކަންނުޖެހޭ ވާހަކަތައް ދައްކަމުން އެބޭކަލުން ކުރައްވާފައިވާ ކަންތަކަށް ފުރައްސާރައިގެ ބަސްތައް ބުނަމުން މަލާމާތް ކުރަމުންދާއިރު ހިތަކަށް އެކައްޗެއް ވެސް ނައަރައެވެ.  މާދަމާ މަޙުޝަރު މައިދާނުގައި އެބޭކަލުން ޙަޤީޤީ ޢިއްޒަތާ ޝަރަފާ އެކުގައި ވާއިރު އެބޭކަލުންގެ ކުރިފުޅުމަތީގައި ނިކަމެތިކަމުގެ އިންތިހާއަށް ނިކަމެތިވެފައި ތިބޭއިރު ހިތަކަށް އެކައްޗެއްވެސް ނާރާނެތޯއެވެ. އެމައިދާނުގައި ހެއްދެވި ހުރިހާ ޚަލްޤުތަކުންގެ ކުރިމަތީގައި ބޭޒާރުވެ ފަޟީޙަތް ވުމާ މިޙަޔާތުގައި ޖަމާޢަތެއްގެ ކުރިމަތީގައި ކުރެވޭކުށްތަކަށް އިޢުތިރާފުވުމުން ވާބޭޒާރާ، ތިމަންނަޔަށް ބުނެވޭ، ކުރެވޭ، އަދި ލިޔެވޭ ކުށްތައް އިޞްލާހު ކުރުމުން ތިމަންނަ ވާދެރައާ ވެވޭ ފަޟީޙަތާ އެއްވަރުވާނެތޯއެވެ؟ ނުވާނެކަން ކަށަވަރެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި