Noorul-islam.NET :: ބޭރު ޤައުމެއްގައި ދިރިއުޅޭ ދިވެއްސެއްގެ ސުވާލު: ނަމާދާ ބެހޭ




ބޭރު ޤައުމެއްގައި ދިރިއުޅޭ ދިވެއްސެއްގެ ސުވާލު: ނަމާދާ ބެހޭ
Category »  ސުވާލާއި ޖަވާބު

ތާރީޚް: 18 އޮކްޓޯބަރ 2008

ޖަވާބުދެއްވީ : އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން

ސުވާލު: އަޅުގަނޑު ނަމާދަށްދާ މިސްކިތުގައި އަސުރު ނަމާދު ކުރަނީ ޝާފީ މަޒުހަބުގެ މީހުން ނަމާދު ކުރާ ގަޑިއަށްވުރެ ލަހުންނެވެ. އަޅުގަނޑު ސްކޫލް ނިމިގެން އަސުރު ނަމާދަށް މިސްކިތަށް ދާއިރު ހުންނަނީ އެމީހުން ނަމާދުކުރާ ވަގުތު ޖެހިފައެވެ. މިޙާލަތުގައި އެމީހުންގެ ޖަމާޢަތާ ބައިވެރިވެ ނަމާދު ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

އަދި ބައެއް ދުވަސް ދުވަހު ތަންކޮޅެއް ކުރިން މިސްކިތަށް ދެވޭތީ އެމީހުންގެ ނަމާދު ވަގުތު ޖެހުމުގެ ކުރިން އަޅުގަނޑު އަސުރު ނަމާދު ކުރަމެވެ. ދެން އަޅުގަނޑުގެ ނަމާދު ނިމޭތަނުން އެމީހުން ބަންގި ގޮވައެވެ. މިހެން ވުމުން، އެމީހުންގެ ޖަމާޢަތާ ބައިވެރި ނުވުމުން އަޅުގަނޑު ފާފަވެރިވާނެތޯ؟

 

ޖަވާބު: ތިޔަޙާލަތުގައި އެންމެ ރަނގަޅު ގޮތަކީ އެމީހުންގެ ފަހަތުގައި ނަމާދުކުރުމެވެ. އަދި އެމީހުން ޖަމާޢަތުގައި ނަމާދު ކުރާގަޑި ޖެހުމުގެކުރިން މިސްކިތަށް ދެވުނު ނަމަވެސް އެމީހުންނާއި އެކު ޖަމާޢަތުގައި ނަމާދުކުރުމަށް އިންތިޒާރުކުރުމަކީ އެންމެ ރަނގަޅުގޮތެވެ. އެކަނި ޢަޞްރު ނަމާދުކޮށް ނިމުނުފަހުން ޖަމާޢަތް ފެށިއްޖެނަމަ އެމީހުންގެ ފަހަތުގައި ސުންނަތް ނަމާދެއްގެ ނިޔަތުގައި ބައިވެރިވުން އެދެވިގެން ވެއެވެ. والله أعلم

ޖަވާބުދެއްވީ: އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ޙުސައިން


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި