Noorul-islam.NET :: ހުވަފެނުގެ ޙަޤީޤަތަކީ ކޮބައިތޯ؟

ހުވަފެނުގެ ޙަޤީޤަތަކީ ކޮބައިތޯ؟
Category »  ސުވާލާއި ޖަވާބު

ތާރީޚް: 18 އޮކްޓޯބަރ 2008

ޖަވާބުދެއްވީ : އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން

ސުވާލު: ހުވަފެނުގެ ޙަޤީޤަތަކީ ކޮބައިތޯ؟

ޖަވާބު: ހުވަފެންތިން ބަޔަކަށް ބެހެއެވެ.

1- މާތްﷲގެ ޙަޟްރަތުން އަންނަ ބަޝާތްރެއްގެ ގޮތުން އެކަލާނގެ ޞާލިޙު އަޅުންނަށް ދައްކަވާ ހުވަފެން.

2- އިންސާނާ އޭނާގެ އަމިއްލަ ނަފްސާ ދައްކާ ވާހަކަ ނުވަތަ ކުރާ ޚިޔާލުތަކާ ގުޅިގެން ފެންނަ ހުވަފެން . 

3-  މީހުން ހާސްކޮށް ހިތްދަތި ކުރުމަށްޝައިޠާނާ ދައްކާ ތަކެތި .  

އަލް އިމާމު ތިރުމިޛީ رحمه الله ރިވާކުރެއްވި ރިވާޔަތެއްގައި ވެއެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތަސޫލާ ޙަދީޘް ކުރެއްވިއެވެ"  في آخر الزمان لا تكاد رؤيا المؤمن تكذب وأصدقهم رؤيا أصدقهم حديثا والرؤيا ثلاث الحسنة بشرى من الله والرؤيا يحدث الرجل بها نفسه والرؤيا تحزين من الشيطان فإذا رأى أحدكم رؤيا يكرهها فلا يحدث بها أحدا وليقم فليصل..... رُؤْيَا الْمُؤْمِنِ جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنْ النُّبُوَّةِ "   ( ތިރުމިޛީ : ހަދީޘް ނަމްބަރު : 2215) މާނައީ " ފަހުޒަމާނުގައި މުއުމިނުންގެ ހުވަފެން ދޮގު ނުވުން ގާތެވެ. އެބައިމީހުންގެތެރެއިން ހުވަފެން އެންމެ ތެދުވާނީ އެބައިމީހުންގެތެރެއިން ވާހަކަދެއްކުމުގައި އެންމެ ތެދުވެވެރިމީހާއެވެ. ހުވަފެން ތިންބަޔަކަށް ބެހެއެވެ.  ރަނގަޅު ހުވަފެން ( އެއީ ) މާތްﷲގެ ޙަޟްރަތުން އަންނަ ބަޝާތްރެއްގެ ގޮތުން ދައްކަވާ ހުވަފެނެކެވެ. ( އަނެއްބަޔަކީ ) އިންސާނާ އޭނާގެ އަމިއްލަ ނަފްސާ ދައްކާ ވާހަކަ ނުވަތަ ކުރާ ޚިޔާލުތަކާ ގުޅިގެން ފެންނަ ހުވަފެން ،( އަނެއްބަޔަކީ ) މީހުން ހާސްކޮށް ހިތްދަތި ކުރުމަށްޝައިޠާނާ ދައްކާ ތަކެއްޗެވެ . ތިޔަބައިމީހުންކުރެ މީހަކަށް އެމީހަކު ހިތްހަމަނުޖެހޭ ހުވަފެނެއް ފެނިއްޖެނަމަ އެއްވެސް މީހަކު ކައިރީ އެވާހަކަ ނުދައްކާށެވެ. އަދި  ދެތުވެ ނަމާދު ކުރާށެވެ!... މުއުމިނާގެ ހުވަފެނަކީ ނަބީކަމުގެ ސާޅިސް ހަބައިން އެއްބައެވެ.''

އިމާމު މުސްލިމުގެ  ރިވާޔަތެއްގައި އައިސްފައިވާގޮތުން އެފަދަ ހިތް ހަމަނުޖެހޭ ހުވަފެނެއް ފެނިއްޖެނަމަ ވާތް ފަރާތަށް ތިންފަހަރު ކުޅުޖަހާގޮތަށް ފުމެލުމަށްފަހު ތިންފަހަރު أعوذ بالله من الشيطان الرجيم މިހެން ކިޔައި ކުރިން ނިދަން އޮތްފަރާތް ނޫން އަނެއްފަރާތައް އޮވެ ނިދާނީއެވެ. والله أعلم

ޖަވާބުދެއްވީ: އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ޙުސައިން


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި