Noorul-islam.NET :: ދަތުރުމަތީގެ ނަމާދާ ބެހޭ ސުވާލެއް

ދަތުރުމަތީގެ ނަމާދާ ބެހޭ ސުވާލެއް
Category »  ސުވާލާއި ޖަވާބު

ތާރީޚް: 18 އޮކްޓޯބަރ 2008

ޖަވާބުދެއްވީ : އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން

ސުވާލު: އަހުރެން ކަނޑު ދަތުރަކަށް ފުރީފަތިހުއެވެ. މެންދުރު ވަޤުތު ވީއިރު ދަތުރުގެ ބޮޑުބައި ކަޑައްތު ކުރެވިފާވާތީ 5ޖެހުމުގެ ކުރިން ރަށަށް ދެވޭނެކަމުގެ އުއްމީދު އޮތަތީ ރަށުގާ ފަސްކޮށް ޖަމުޢު ކުރުމަށް ނިޔަތް ގަތީމެވެ. ނަމަވެސް އެސްޓިމޭޓް ކުރި ވަޤްތު އަށްވުރެންކުރިން އަހުރެން ދާރަށް  ނޫން އެހެން ރަށަކަށް ދަތުރުކުރި އުޅަނދު ޖައްސައިފިއެވެ. އޭރު އަދި އަސުރު ނަމާދަކަށް ނުގޮވައެވެ. އަދިއެރަށުގާ ވަޤުތުކޮޅެއް    ލިބޭނެކަންވެސް އެނގުމުން އެރަށުގާ ނަމާދު ޖަނމުޢު ކުރުމަށްޤަސްތުކުޅައީމެވެ. އުޅަނދުއަތްދައްވެ ނުފޭބެނީސް ޢަސުރުނަމާދުގެ    ބަންގި ގޮވަންފަށައިފިއެވެ.          އުޅަނދުންފޭބުމާއެކު ވަރަށްގާތުގާ ބަނދަރުމަތީގަ މިސްކިތެތް ހުރީމަ އަވަސްއަވަހަށްގޮސް ވުލޫކޮށްލައިގެން މިސްކިތަށް ނުވަދެވިއުޅެނިކޮށް ޤަމާތް ދޭންފަށައިފިއެވެ. މީގެކުރިން މިކަހަލަގޮތަކަށްދިމާވެފަ ނުވާތީ ދެންހަދާނެގޮތަކާމެދު ސުވާލުއުފެދިއްޖެއެވެ. ލަފާއަހާލާނެ ހިތްހަމަޖެހޭއުޚުތަކު އެވަޤުތުނުވިސްނުނަތީ ދެންޤަސްތުކުޅައީ ޖަމާޢަތުގެނަމާގުލިބިގަތުމަށްފަހު ދަތުރުގެމަންޒިލަށްގޮސް މެންދުރުނަމާދު ޤަލާކުރުމަށެވެ.      ސުވާލަކީ މިފަހަރުއަހުރެންނަށްމިކަންތައްކުރެވުނުގޮތްކަމުދާނެތޯއެވެ؟ އަދިމިހެންދިމާވުމުން ދީނުގާމިކަން ކުރަންއޮތްގޮތަކީ ނުވަތަ ދަންނަބޭކަލުންގެ ރަޢުޔު އަކީކޮބައިތޯއެވެ. އެންމެރަނގަޅުގޮތް އޮޅުންފިލުވާލަ ދެއްވެވުންއެދިހުށަހެޅީމެވެ.

 

ޖަވާބު: ސުވާލުގައި ބާޔަންކޮށްފައިވާފަދަ ޙާލަތެއް ދިމާވެއްޖެނަމަ ޢަޞްރު ނަމާދުގެ ޖަމާޢަތުގައި (މެންދުރު ނަމާދު ޢަޞްރު ނަމާދާއެކު ފަސްކޮށް ޖަމްޢުކުރުމުގެ ނިޔަތުގައި ) ބައިވެރިވާނީއެވެ. ( އިމާމު މީހާ އެކުރަނީ ޢަޞްރުނަމާދެވެ. ނަމަވެސް އޭނާގެ ފަހަތުގައި ތިމާ ކުރާނީ މެންދުރުނަމާދެވެ. ) އަދި އިމާމުމީހާ އާ އެއްކޮށް ނަމާދުކޮށް ނިންމައި ސަލާމް ދިނުމަށްފަހު ތެދުވެ ޤަމަތް ދިނުމަށްފަހު ޢަޞްރުނަމާދު ކުރާނީއެވެ. ތިޔަބޭފުޅާ ރަށަށް ދުރުވު މެންދުރު ނަމާދު ކުރެއްވި އިރު އެނަމާދުގެ ވަގުތު ފާއިތުވެފައިވާތީ އެނަމާދު ޤަޟާކުރުމުން ކަމުދާނެއެވެ. ނަމަވެސް ޤަޟާކުރުމަށް އެނަމާދު ފަސްކުރުމަކީ ހުއްދަކަމެއް ނޫނެވެ. والله أعلم

ޖަވާބުދެއްވީ: އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ޙުސައިން


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި