Noorul-islam.NET :: ބުރުގާ އެޅުމަށް ފިރިމީހާގެ ކިބައިން ހުއްދައަށް އެދުމުން އޭނާ ހުއްދަ ނުދީފި ނަމަ؟؟

ބުރުގާ އެޅުމަށް ފިރިމީހާގެ ކިބައިން ހުއްދައަށް އެދުމުން އޭނާ ހުއްދަ ނުދީފި ނަމަ؟؟
Category »  ސުވާލާއި ޖަވާބު

ތާރީޚް: 18 އޮކްޓޯބަރ 2008

 : 

 

download

ސުވާލު: އަންހެނަކު އޭނާގެ ފިރިމީހާގެ ކައިރިން ބުރުގާއެޅުމަށް ހުއްދައަށް އެދުމުން، ބުރުގާ އެޅުމަށް ފިރިމީހާ ހުއްދަ ނުދީފިނަމަ ފާފަވެރިވާނީ އަންހެނާތޯ ނުވަތަ ފިރިހެނާތޯ؟ އަދި އެއީ ކީއްވެގެންތޯ؟

 ޖަވާބު: ސުވާލަކީ ފިރިއެއްގެ ކިބައިން ހުއްދަ ނަގަންޖެހޭ މައްސަލައެއްތޯ ބުރުގާ އެޅުމަކީ. އަންހެނާގެ ޢައުރަ ނިވާކުރުން ﷲ ފަރުޟު ކުރައްވާފައިވަނީ އަންހެނާގެ މައްޗަށް. ފަރުޟު ނަމާދު ކުރުން އޭނަގެ މައްޗަށް ފަރުޟު ކުރައްވާފައި ވަނީ. ނަމާދު ކުރަން ފިރިމީހާގެ ކިބައިން ހުއްދަ ނަގާކަށެއް ނުޖެހޭ. އަދި ﷲ ގެ ފަރުޟެއް ދޫކޮށްލުމަށް މީހަކު އަމުރުކޮށްފިއްޔާ، އެމީހަކަށް ކިޔަމަން ގަތުމެއް ނުވޭ. ( لا طاعة لمخلوق في معصية الخالق ) ޚާލިޤުވަންތަ އިލާހަށް އުރެދޭ އެއްވެސް ކަމެއްގައި މަޚުލޫޤަކަށް ކިޔަމަން ގަތުމެއް ނުވެއޭ. ޚާލިޤުވަންތަ ހައްދަވައި ގެންގުޅުއްވާ ތިމާގެ މިލްކުވެރި އިލާހަށް އުރެދެން މީހަކު އަމުރުކޮށްފިއްޔާ އެކުރި އަމުރަކަށް ކިޔަމަން ގަތުމެއް ނުވެޔޭ. ތިމަންނަ ﷲ އަށް ބިރުވެތިވެ ﷲ އަށް ކިޔަމަން ގަންނަން ޖެހޭނީ. ދިރިއުޅުން އަޅުގަނޑުމެން ކޮންމެގޮތަކަށް މިތާގައި ވޭތުކުރަން އުޅުނަސް ﷲ ވަނީ ދޫދެއްވާފަ. ވޭތުކުރެވިދާނެ. އެކަމަކު ﷲ ރުހިވޮޑިގަންނަވާ ގޮތަށް ދިރިއުޅުން ވޭތުކޮށްލެވޭތޯ ބެލުން ޙަޤީޤަތުގައި ދިރިއުޅުމަކަށް ވަނީ. އެ ކާމިޔާބު ދިރިއުޅުމަކީ. ވީމާ، ފިރިއެއްގެ ކައިރިން، އެމީހެއްގެ ޢައުރަ ނިވާކުރުމަށް ޝަރީޢަތް އެމީހަކަށް ފަރުޟުކޮށްފައިވާ ކަމެއް ކުރުމަށް ހުއްދަ ނަގާކަށެއް ނުޖެހޭނެ. އަނެއްކާ ފިރިއަކަށް އޭގެ އެއްވެސް ކަހަލަ ޙައްޤެއް ލިބިގެން ނުވާކަމެއް އެއީ. ފިރިމީހާއަށް އޭނާގެ ބާރު ލިބިފައިވާ ކަންކަމުގައި އޭނައަށް އަމުރު ކުރެވޭނީ. އެއަމުރަށް ކިޔަމަން ގަންނަން ޖެހޭނީ. އެނޫން އެއްވެސް ކަމެއްގައި، ﷲ އަށް އުރެދެން އަމުރެއް ކޮށްފިއްޔާ، އެކަމަކަށް ކިޔަމަން ގަތުމެއް ނުވޭ. ވީމާ، އޭނާ ބުނެގެން ތިމަންނަ ނޭޅީއޭ ބުންޏަސް އެކަމުގައި އޭނާ ހަމަ އަމިއްލައަށް ކުށްވެރިވާނީ. ކީރިތި ﷲ ގެ ޙަޟްރަތުގައި. އެކަމުގެ ފާފަ އަންނާނީ ޚުދު އަންހެނާގެ ބޮލަށް.

ދެން އޮތީ، ﷲ ގެ އަމުރަކަށް ނުކިޔަމަންތެރިވުމަށް މީހަކަށް އަމުރުކޮށް ތިމަންނަގެ ނުފޫޒާއި ބާރު ބޭނުން ކުރުމުގެ ފާފައަކީ ވަކި ފާފައެއް. އެފާފައަށް އޭނާ ޒިންމާ ވާނީ. އެއީ ދެ ފާފައެއް. ﷲ ގެ އަމުރަކަށް މީހަކު ނުކިޔަމަންތެރިވެ އުޅުމަށް، އެމީހާއަށް ތިމާގެ ނުފޫޒާއި ބާރު ބޭނުން ކޮށްގެން އަމުރުކޮށްފިއްޔާ، އެކުރިމީހާ އެކުރީ ބޮޑު ފާފައެއް. އެފާފައަށް އޭނާ ޒިންމާވާނީ.

އެކަމަކު ﷲ ތިމާގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ފަރުޟެއް ތިމާ އަދާ ނުކުރުމުން ތިމާ ކުއްވެރި ވާނީ.

 

  والله أعلم

 

 

ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް އިދްރީސް ޙުސައިން

 

ނޯޓް: މިއީ 1425 ވަނައަހަރުގެ ރަމަޟާން މަހު މައްކާގައި، ދިވެހި ޢުމްރާ ވެރިންނަށް ބޭއްވި ދީނީ ނަސޭހަތް ދިނުމުގެ ބައްދަލު ވުމެއްގައި ހުށަހެޅުނު ސުވާލަކަށް ފަޟީލަތުއްޝައިޚް އިދްރީސް ޙުސައިން ދެއްވި ޖަވާބެވެ. މި ސުވާލު ހުށަހަޅުއްވައި ދެއްވީ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން އެވެ.  

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި