Noorul-islam.NET :: އަތްނިވާވާވަރުގެ ފޮތިކޮޅެއް އަތްމަތީ ބާއްވައިގެން ހިލޭ އަންހެނަކާ މުޞާފަޙާ ކުރުމުގެ ޙުކުމް




އަތްނިވާވާވަރުގެ ފޮތިކޮޅެއް އަތްމަތީ ބާއްވައިގެން ހިލޭ އަންހެނަކާ މުޞާފަޙާ ކުރުމުގެ ޙުކުމް
Category »  ސުވާލާއި ޖަވާބު

ތާރީޚް: 18 އޮކްޓޯބަރ 2008

ތަރުޖަމާކުރެއްވީ : ޢަބްދުﷲ ޞިއްދީޤް


 

ސުވާލު: ފިރިހެނަކު އަތްނިވާވާވަރުގެ ފޮތިކޮޅެއް އަތްމަތީ ބާއްވައިގެން ގާތް ތިމާގެ އަންހެނަކާ މުޞާފަޙާ (އަތާއި އަތް ޖޯޑުކޮށް ސަލާމްކުރުން) ކުރުމުގެ ޙުކުމް ޤުރުއާނާއި ސުންނަތުގައި އޮތީ ކިހިނެއްތޯއެވެ؟ އަދި ހަމަމިގޮތަށް އަންހެނަކު ޢަމަލުކުރުން އޮތްގޮތްވެސް ބަޔާންކޮށް ދެއްވުން އެދެމެވެ. އަދި މިކަމާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘުގައި ވާރިދުވެފައި ވަނީ ކީކޭތޯއެވެ؟

ޖަވާބު: ﷲ އަށް އީމާންވާ އަންހެނުން ނާއި ފިރިހެނުންނަށްއޮތީ މިފަދަ ކަންތައްތައް ދޫކޮށްލުމެވެ. މިހެނީ މަޙްރަމަކާ ނޫނީ މުޞާފަޙާ ކުރުމަކީ ޙަރާމްކަމެކެވެ. މިއާޚިލާފަށް، ތިމާގެ އުފަން ދައްތަ، ނޫނީ މަންމަފަރާތު ބޮޑުދައިތަ، ނޫނީބައްޕަ ފަރާތު، ބޮޑުދައިތަ، ނޫނީ ތިމާގެ އަނބިމީހާއާ މުޞާފަޙާ ކުރުމަކުން މައްސަލައެއްނެތެވެ. އެހެން ނަމަވެސް ދެފަރާތުގެވެސް ބޮޑުބޭބެގެ އަންހެން ދަރީންނާ، ނޫނީ ދެފަރާތުގެވެސް ބޮޑުދައިތަގެ އަންހެންދަރީންނާ، ނޫނީ އަވައްޓެރީންނާ، އަދި މިނޫނަސް މިފަދަ މަޙުރަމުންނޫން މީހުންނާ މުޞާފަޙާ ކުރުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. (( إني لا أصافح النساء )) މާނައަކީ " ތިމަން ކަލޭގެ ފާނު އަންހެނުންނާ މުޞާފަޙާ ނުކުރައްވަމެވެ". އަންހެނުން އެކަލޭގެފާނަށް ބައިޢަތު ހިފާ ސަލާމްކުރުމަށް އަތްދިއްކުރުމުންވެސް މިހެން ޙަދީޘް ކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަކީ ރީތި ނަމޫނާއެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. {{ لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ }} މާނައަކީ، "ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ތިޔަބައި މީހުންނަށްޓަކައިވާ ރީތި ނަމޫނާއެކެވެ". އަދި ޢާއިޝާ  رضي الله عنها ވިދާޅު ވިއެވެ. ( والله ما مست يد رسول الله يد امرأة قط - يعني في البيعة - ما كان يبايعهن إلا بالكلام - عليه الصلاة والسلام-. ولأن المصافحة للنساء وسيلة إلى الفتنة كما أن النظر إليهن وسيلة إلى الفتنة فهكذا مصافحتهن وسيلة إلى الفتنة ولهذا حرمها الله سداً لباب الفتنة) މާނައަކީ: " ﷲ ގަންދީ ހުވާކޮށް ބުނަމެވެ. ހިލޭ އަންހެނެއްގެ ގައިގައި ދުވަހަކުވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަތްޕުޅު ނުބީހެއެވެ. އަނގަބަހުން މެނުވީ އެކަނބަލުންނާ ބައިޢަތު ނުހިއްޕަވައެވެ. ސަބަބަކީ ހިލޭ އަންހެނުންނާ މުޞާފަޙާ ކުރެއްވުމަކީ، އެކަނބަލުންނަށް ބެލުމުން ފިތުނަވެރިވާފަދައިން، ފިތުނަވެރި ވާނެކަމެކެވެ. އެހެންވީމަ އެފިތުނައިން ސަލާމަތްވުމަށްޓަކައި ހިލޭ އަންހެނުންނާ މުޞާފަޙާކުރުން މާތްﷲ ވަނީ ޙަރާމް ކުރައްވާފައެވެ". والله أعلم

ޖަވާބުދެއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް ރަޙިމަހުﷲ
(ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ)

 



 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި