Noorul-islam.NET :: އިސްލާމް ދީނުގައި ނިޔަފަތި ކެނޑުމަށް ވަކި އުޞޫލެއް އެބައޮތްތޯ؟
އިސްލާމް ދީނުގައި ނިޔަފަތި ކެނޑުމަށް ވަކި އުޞޫލެއް އެބައޮތްތޯ؟
Category »  ސުވާލާއި ޖަވާބު

ތާރީޚް: 18 އޮކްޓޯބަރ 2008

ޖަވާބު ދެއްވީ : އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން

ސުވާލު: އިސްލާމް ދީނުގައި ނިޔަފަތި ކެނޑުމަށް ވަކި އުޞޫލެއް އެބައޮތްތޯ؟

 

ޖަވާބު: ނަބަވީ އިރުޝާދުތަކުން އެނގޭ ގޮތުގައި ނިޔަފަތި ކެނޑުމަކީ ފިޠުރަތުގެ ތެރެއިން ވާކަމެކެވެ. މާތްރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތިރަސޫލާ ޙަދީޘްކުރެއްވިއެވެ '' الْفِطْرَةُ خَمْسٌ الِاخْتِتَانُ وَالِاسْتِحْدَادُ وَقَصُّ الشَّارِبِ وَتَقْلِيمُ الْأَظْفَارِ وَنَتْفُ الْإِبِطِ'' މާނައީ : '' ފިޠުރަތުގެ ތެރެއިންވާ ފަސްކަމެއް ވެއެވެ. އެއީ : ޚިތާނުކުރުމާއި، ޢައުރައިގެ ވަށައިގެންވާ އިސްތަށި ބޭލުމާއި، މަތިމަސް ކޮށުމާއި، ނިޔަފަތި ކެނޑުމާއި، ކިހިލިފަތުގެ އިސްތަށި ވަކިކުރުމެވެ. '' ( މުސްލިމް )

ބައެއް ދަންނަ ބޭކަލުން ހުކުރު ދުވަހު މެންދުރުކުރިން ނިޔަފަތި ކެޑުން މުސްތަޙައްބު ކަމުގައި ވިދާޅުވެއެވެ. އެއީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ހުކުރު ދުވަހު ނިޔަފަތި ކެނޑުއްވުމާއި، މަތިމަސް ކޮށްޓެވުމަށް ލޯބި ކުރައްވާ ކަމުގައި އައިސްފައިވާ ރިވާޔަތަކަށް ބުރަވެލައްވައެވެ. މިޙަދީޘް އަކީ ޟަޢީފު ޙަދީޘެއްނަމަވެސް މި ޙަދީޘަށް ބާރު އަޅާ އެހެން ރިވާޔަތް ވެސް އައިސްފައިވާތީއެވެ.

          އަދި ނިޔަފަތި ނުކަނޑާ ސާޅިސް ދުވަހަށް ވުރެ އިތުރު ކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެހެނީ  މާތްރުއްސުންލެއްވި އަނަސްގެފާނު ވިދާޅުވިއެވެ.'' وُقِّتَ لَنَا فِي قَصِّ الشَّارِبِ وَتَقْلِيمِ الْأَظْفَارِ وَنَتْفِ الْإِبِطِ وَحَلْقِ الْعَانَةِ أَنْ لَا نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً'' ( مسلم )

މަތިމަސް ކުރުކުރުމާއި، ނިޔަފަތި ކެނޑުމާއި، ކހިލިފަތިން އިސްތަށި ވަކި ކުރުމާއި،ޢާނަތު ( ލަދުވެތި ގުނަވަން) ބޭލުމާއި، ( މިކަންކަން ނުކޮށް) ސާޅިސް ރެއަށްވުރެ އިތުރު ނުކުރުމަށް އަހަރެމެންނަށް އެންގެވިގެން ވެއެވެ. ( އެބަހީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ އަންގަވާފައި ވެއެވެ.)   ( މުސްލިމް)  

           ނިޔަފަތި ކެނޑުމުގެ ތަރުތީބާއި ބެހޭގޮތުން އެއްވެސް ރިވާޔަތެއް ޞައްޙަވެގެން ނުވާކަމުގައި ދަންނަބޭކަލުން ވިދާޅުވެއެވެ. ނަމަވެސް ކަނާތް އިސްކުރުން މުސްތަޙައްބު ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ        ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޝަރަފުވެރި ކޮންމެކަމެއްގައި ކަނާތް ކިބަ އިސްކުރައްވައެވެ.

 

ޖަވާބު ދެއްވީ: އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ޙުސައިން ، ށ ފޯކައިދޫ


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި