Noorul-islam.NET :: ދަމު ނަމާދާއި ބެހޭ ސުވާލުތަކެއް

ދަމު ނަމާދާއި ބެހޭ ސުވާލުތަކެއް
Category »  ސުވާލާއި ޖަވާބު

ތާރީޚް: 18 އޮކްޓޯބަރ 2008

ޖަވާބު ދެއްވީ : އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން

ސުވާލު: ދަމު ނަމާދުގައި ހުރި މާތްކަން ބުނެ ދެއްވަފާނަން ތޯ؟ ދަމު ނަމާދުގައި މަދުވެގެން ކުރެވޭނީ ކިތައް ރަކުޢަތްތޯ؟ އަދި ގިނަވެގެން ކުރެވޭނީ ކިތައް ރަކުޢަތްތޯ؟ ދެން ވިތުރި ކުރާއިރު ފަހު ރަކުޢަތުގައި ޤުނޫތު ކިޔަން ޖެހޭނެތޯ؟

 

ޖަވާބު: މާތް ﷲ ވަނީ ނިދީގައި ޣާފުލުވެ ނުތިބެ ދަންވަރު ތެދުވެ ނަމާދުކުރާ މީހުންނަށް މަދަޙައިގެ ބަސްފުޅު ވާހީކުރައްވާފައެވެ. މާތް ﷲ ވަޙިކުރެއްވިއެވެ.  (( تَتَجَافَى جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنْفِقُونَ )) السجدة: ١٦

މާނައީ : '' އެބައިމީހުންނީ ( ރޭގަނޑު އަޅުކަން ކުރުމަށްޓަކައި ) އެމީހުންގެ އަރިކަށިތައް އެނދުތަކުން ވަކިވެ (  އަދި މާތް ﷲ ގެޢަޛާބަށް ) ބިރުވެތިވެ ( އެކަލާނގެ ޘަވާބަށް ) އުންމީދުކޮށް އެދޭ، އަދި އެބައިމީހުން ހައްދަވައި ބޮޑުކުރެއްވި ކަލާނގެ ކިބަފުޅަށް ދުޢާކޮށް ތިމަން ﷲ ދެއްވި ތަކެތިން ޞަދަޤާތްދޭ މީހުންނެވެ. ''  

އެހެން އާޔަތެއްގައި ވަޙީކުރެއްވިއެވެ:  (( كَانُوا قَلِيلًا مِنَ اللَّيْلِ مَا يَهْجَعُونَ (*) وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ )) الذاريات: ١٧ - ١٨  

މާނައީ " އެބައިމީހުން ރޭގަނޑު ނިދައި އުޅުނީ ވަރަށް ކުޑަކުޑަ ވަގުތުކޮޅެއްގައެވެ. އެމީހުން ރޭގަނޑު ދަންވަރު އިސްތިޣްފާރު ކުރެއެވެ. ( އެބަހީ ފާފަފުއްސެވުން އެދި ދަންނަނައެވެ. )

وعن أبي هريرة، رضي الله عنه قال: قال رسول الله، صلى الله عليه وسلم: أفضل الصيام بعد رمضان شهر الله المحرم، وأفضل الصلاة بعد الفريضة صلاة الليل رواه مسلمٌ.

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޡް ކުރެއްވިއެވެ'' ރަމަޟާން މަހުގެ ރޯދައަށްފަހު ދެން  އެންމެ ހެޔޮކަންބޮޑު ރޯދައަކީ ﷲ ގެ މުޙައްރަމް މަހު ހިފާރޯދައެވެ. އަދި ފަރުޟު ނަމާދަށް ފަހު  ދެން އެންމެ މާތް ނަމާދަކީ ރޭގަނޑުގެ ނަމާދެވެ. ( ދަމު ނަމާދެވެ. )   

وعن عبد الله بن سلام، رضي الله عنه، أن النبي، صلى الله عليه وسلم قال: ايها الناس أفشوا السلام، وأطعموا الطعام، وصلوا بالليل والناس نيامٌ، تدخلوا الجنة بسلامٍ.

رواه الترمذي وقال: حديثٌ حسنٌ صحيحٌ.

މާނައީ " މާތް ﷲ ރުއްސުންލެއްވި عبد الله بن سلام  ގެ ކިބައިން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޡްކުރެއްވިއެވެ.'' އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ސަލާމް ފަތުރާށެވެ.! އަދި ( މިސްކީނުންނަށް )ކާތަކެތި ކާންދޭށެވެ! އަދި މީސްތަކުން ނިދާފައި ތިބޭއިރު ތިޔަބއިމީހުން ނަމާދު ކުރާށެވެ!( އެއިރުން )ސަލާމަތްކަމާއިއެކު ތިޔަބއިމީހުން ސުވަރުގެ ވަންނާނެއެވެ. ''          އަދި މިނޫނަސް މިފަދަ އެހެން ރިވާޔަތްތައް އައިސަފައި ވެއެވެ.

         ދަމުނަމާދުގައި މަދުވެގެން ކުރެވޭނީ 2 ރަކުޢަތެވެ.

        ދަމުނަމާދުގެ ރަކުޢަތުގެ ޢަދަދާއިމެދު ދަންނަ ބޭކަލުން ޚިޔާލު ތަފާތެވެ. ބައެއް ބޭކަލުން ވިދާޅުވަނީ ވަކި ޙައްދެއް ނެތް ކަމަށެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ ވިތުރި އާއި އެކު އެގާރަ ރަކުޢަތަށް ވުރެ އިތުރު ނުކުރުމެވެ. މި ދެބަހުގެ ތެރެއިން ޢިލްމުވެރިން ވިދާޅުވަނީ އެންމެ ރަނގަޅީ 11 އަށް ވުރެ އިތުރު ނުކުރުމެވެ. އެހެނީ މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން އައިސްފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.'' ކީރިތި ރަސޫލާ صلى الله عليه وسلم ރަމާޟާން މަހުގައިވެސް އަދި ރަމަޟާން މަސް ނޫން އެހެން މަހެއްގައި ވެސް ( ރޭ އަޅުކަން )  އެގާރަ ރަކުޢަތަށްވުރެ އިތުރު ނުކުރައްވައެވެ.''

        ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ވިތުރީގައި ބައެއްފަހަރު ޤުނޫތު ކިޔުއްވައެވެ.    

 

ޖަވާބު ދެއްވީ: އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ޙުސައިން ، ށ ފޯކައިދޫ

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި