Noorul-islam.NET :: ޢާދުބާގައިގެ މީހުންގެ ނިމުން

ޢާދުބާގައިގެ މީހުންގެ ނިމުން
Category »  ދީނީ ލިޔުން

ތާރީޚް: 4 އޯގަސްޓް 2013

ލިޔުއްވީ : ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު (ނޫރުލްއިސްލާމްގެ މުޝްރިފް)

ޢާދުބާގައިގެ މީހުން ﷲ އަށް އުރެދި އެކަލާންގެ ނޫން އެހެންފަރާތްތަކަށް އަޅުކަން ކުރުމުގައި ޣާފިލުވުމުން މާތް ﷲ އެބައިމީހުންގެ ގާތަށް އެމީހުންގެ ޤައުމުގެ ބޭކަލެއްކަމުގައިވާ ސަލާމް ލެއްވި ހޫދުގެފާނު ރަސޫކަމާއިގެން ފޮނުއްވިއެވެ. ނަމަވެސް އެބައިމީހުން އެކަލޭގެފާނުގެ ބަސް ޤަބޫލުނުކޮށް އެކަލޭގެފާނަށް ތަޙައްދީކުރިއެވެ.  ދެންއެބައިމީހުނާމެދު ކަންތައްވެގެންދިޔަ ގޮތުގެ ވާހަކަ ކީރިތި ޤުރްއާނުގެ ނައްޞުން ވިދާޅުވާށެވެ. މާތް ﷲ ސޫރަތު ހޫދުގެ 58 -60 މިވާހަކަ ބަޔާން ކުރަށްވާފައިވެއެވެ .

މާނައީ :" ތިމަން ﷲ ގެ އަމުރުފުޅު އައި ހިނދު ހޫދު ޢަލައިހިއްސަލާމް އާއި، އެނާގެ އަރިހުގައި، އީމާންވެގެންތިބި މީހުން ، ތިމަން ﷲ ގެ ރަޙްމަތާއި، އެކު ސަލާމަތް ކުރަށްވައި، އަދި ގަދަފަދަ ވެގެންވާ، ޢަޛާބުން ތިމަން ﷲ އެބައިމީހުން ސަލާމަތްކުރެއްވީމެވެ. އެއީ     ( އެބަހީ : ކާފިރުވީ މީހުން ނަކީ ) ޢާދު ބާގައިގެ މީހުންނެވެ، އަދި އެބައި މީހުން އެބައި މީހުންގެ ވެރި  ﷲ ގެ އާޔަތްތަކަށް އިންކާރުކޮށް ދެކޮޅުހެދިއެވެ. އަދި އެކަލާންގެ ފޮނުއްވި ރަސޫލުންނަށް އުރެދުނެވެ. އަދި އަނިޔާވެރި   ( ބާރު ގަދަ ) ކޮންމެ ޖައްބާރެއްގެ އަމުރަށް ތަބަޢަ ވިއެވެ. މިދުނިޔޭގައިވެސް، އަދި ޤިޔާމަތް ދުވަހުންވެސް، އެބައިމީހުންނަށް ލަޢުނަތް ލެއްވުނެވެ. ދަންނާށެވެ! ހަމަކަށަވަރުން ޢާދުބާގައިގެ މީހުން އެބައިމީހުންގެ ވެރިރަސްކަލާންގެ ކިބައަށް ކާފިރުވިއެވެ. ދަންނާށެވެ ! ޢާދު ބާގައިގެ މީހުންނަށް ހަލާކާއި ނެތިދިއުން ހުއްޓެވެ. އެއީ ހޫދުގެ ފާނުގެ ޤައުމުގެ މީހުންނެވެ."

މިއީ ޙަޤީޤީ ވާހަކައެކެވެ. ރަސޫލު ބޭކަލުންގެ ރިސާލަތުތަށް ބިނާވެގެންވަނީ ތަޢުޙީދުގެ މަތިވެރި އަސާސުގެ މަތީގައެވެ. އެއީ އިންސާނިއްޔަތަށް ފަލާޙާއި ކާމިޔާބު ލިބުގަތުމަށްޓަކައެވެ. ފުރިހަމަ ޢަޤީދާއެއްގެ ވެރިބަޔަކަށް ވެގެން ނޫނީ މުޖުތަމަޢުގައި ހަމަޖެހުމެއް ޤާއިމު ނުކުރެވޭނެއެވެ. އެ ޢަޤީދާއަކީ ﷲ ގެ އެއްކައުވަންތަކަން ހިތުގެ އަޑިން ޤަބޫލުކޮށް އެއާ އެއްގޮތަށް ތިމާމެންގެ ޢަމަލުތަށް ބެހެއްޓުމެވެ. ނޫންމަ، އެކަމުގައިވަނީ ބަދުނަސީބުކަމެވެ.

އަޅުގަނޑުމެން ދެދުނިޔޭގެ ބާއްޖަވެރިކަން ބޭނުންނަމަ ﷲ އެންގެވިގޮތަށް ޢަމަލުތަށް ސީދާކުރަމާ ހިނގަވާށެވެ. 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި