Noorul-islam.NET :: ނޫރުލްއިސްލާމްގެ މުޝްރިފް ޕީއެޗްޑީ ހާސިލް ކުރައްވައިފި
ނޫރުލްއިސްލާމްގެ މުޝްރިފް ޕީއެޗްޑީ ހާސިލް ކުރައްވައިފި
Category »  ޚަބަރު

ތާރީޚް: 20 އޭޕްރީލް 2013

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

ނޫރުލްއިސްލާމް ވެބްސައިޓްގެ މުޝްރިފް އަދި އިސްލާމިކް މިނިސްޓަރ ފަޟީލަތުއްޝައިޚް މުހައްމަދު ޝަހީމް އަލީ ސަޢީދު ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލް ކުރައްވައިފިއެވެ.

ޑރ. ޝަހީމްގެ ނަތީޖާ ލިބިވަޑައިގަތީ އިއްޔެ އެވެ. ޑރ. ޝަހީމް ވަނީ  ޕީއެޗްޑީ ޙާޞިލް ކުރެއްވި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ފާހަގަކުރި އެންމެ ރަނގަޅު ޕީއެޗްޑީ ކެނޑިޑޭޓުންގެ ތެރޭގައި ހިމެނިވަޑައިގެންފައެވެ.

ނަތީޖާ ލިބިވަޑައިގަތުމާއިއެކު ޑރ. ޝަހީމްގެ ފޭސްބުކް ސްޓޭޓަސްގައި ވިދާޅުވެފައިވަނީ އަލްޙަމްދުލިﷲ އަޅުގަނޑު ޕީއެޗްޑީ ވީވާއިން ފާސްވެއްޖެ. އަދި އަޅުގަނޑުގެ ތީސީސް ޝާއިޢު ކުރުމަށް ޔުނިވަރސިޓީއިން އެދުނު. މަންމަ އާއި ބައްޕަ ކުރި ހެޔޮ ދުޢާ އާއި އަންހެނުންގެ އެހީތެރިލަމަށް ޝުކުރުވެރިވަން. އަދި އެންމެހާ ރައްޓެހިންނަށް ހެޔޮ ދުޢާ އާއި ޝުކުރު ދަންނަވަން ކަމަށެވެ.

ޑރ. ޝަހީމް ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ނެންގެވުމުގައި ދިރާސާ ކުރެއްވީ މިޒަމާނުގެ ފިގުހުގެ އިޖުތިހާދުގެ އަލީގައި ދިވެހި ރާއްޖޭގެ ޒަކާތުގެ ނިޒާމް ހަރުދަނާ ކުރުމާއި ބެހޭގޮތުންނާއި އަދި އިސްލާމީ ޝަރީއަތުގެ މައްޗަށް ގައުމު ހިންގާނެ ގޮތުގެ މައްޗަށެވެ. މި ތީސީސް ޝާއިޢު ކުރުމަށް ޔުނިވަރސިޓީއިން ވަނީ ރިކަމެންޑް ކޮށްފައެވެ.

ޕީއެޗްޑީ ވީވާގެ ނަތީޖާ ލިބުމަށް ފަހު އިސްލާމިކް މިނިސްޓާރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދުގެ އަމިއްލަފުޅު ފޭސްބުކް އެކައުންޓުގައި ލިޔުއްވުމާއި ގުޅިގެން ގިނަބައަކު ވަނީ ޑރ. ޝަހީމަށް މަރުހަބާ ދަންނަވާފައެވެ. އަދި ޝަހީމް ވަނީ އޭނާއަށް ހެޔޮ އެދިވަޑައިގެންނެވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ޑރ. ޝަހީމް މާސްޓަރސް ޑިގްރީ ވެސް ހާޞިލު ކުރައްވަވާފައިވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ނެވެ.

މާސްޓަރސް ޑިގްރީ ނެންގެވުމުގައި ދިރާސާ ކުރެއްވީ ނުވަތަ ތީސީސް ލިޔުއްވީ ފިޤްހީ ނަޒަރަކުން ޑީއެންއާ ބެހޭގޮތުންނެވެ. ޑރ. ޝަހީމް ފުރަތަމަ ޑިގްރީ ހާސިލް ކުރައްވަވާފައި ވަނީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީއިންނެވެ.

ޑރ. ޝަހީމް ފުރަތަމަ ސަރުކާރަށް ޚިދުމަތް ކުރައްވަވާފައި ވަނީ ކީރިތި ޤްރުއާނާއިބެހޭ މަރުކަޒުގައެވެ. 2008 ގައި ސަރުކާރު ބަދަލުވުމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ލިބިވަޑައިގެންނެވި ނަމަވެސް އެއިރުގެ ސަރުކާރުން ކުރަމުންގެންދިއަ ލާދީނީ ކަންތައްތަކަށް ފާޑުވިދާޅުވެ ވަނީ މަޤާމުން އިސްތިއުފާ ދެއްވަވާފައެވެ.

އެއަށްފަހު ޚިދުމަތް ކުރައްވަމުން ގެންދެވީ ވިލާ ކޮލެޖްގެ ޝަރީޢާ ފެކަލްޓީގެ ޑީން ގެ ގޮތުގައެވެ. ވިލާ ކޮލެޖުގެ ޝަރީއާ ފެކަލްޓީ އެކުލަވާލައްވައި ހިންގަވަން ފެށްޓެވުމުގެ އިތުރުން މިހާރުވެސް ގެންދަވަނީ އެކިގޮތްގޮތުން ވިލާ ކޮލެޖަށް އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. މީގެ އިތުރުން އަމާނާ ތަކާފުލް އިސްލާމިކް އިންޝުރެންސް ކުންފުނީގެ ޝަރީޢާ ބޯރޑް މެންބަރަކަމުގެ އިތުރުން އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކް އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ގަވަރނަރ އަކީވެސް ޑރ. ޝަހީމް އެވެ. ވެސް މެއެވެ. އަދި ޑރ. ޝަހީމް އަކީ -ވަމީ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބެވެ.

ޑރ. ޝަހީމް ޕީއެޗްޑީ ހައްދަވަން ފެއްޓެވީ 2010 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ.

މިފުރުޞަތުގައި އެކަން ފާހަގަކޮށް ނޫރުލްއިސްލާމް ޓީމުގެ ނަމުގައި ޑރ. ޝަހީމަށް މަރުހަބާ ދަންނަވައި އިތުރު ކާމިޔާބީއަށް އެދެއެވެ. އަދި މި ފަދަ ޢިލްމީ ކާމިޔާބެއް ހޯއްދެވި ކަމަށްޓަކައި ނޫރުލްއިސްލާމް ޓީމުން ފަޚުރުވެރިވަމެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި