Noorul-islam.NET :: ތުއްތު ކުއްޖަކު އަތަށް މުޞްޙަފް ދިނުމަކީ ކޮންކަހަލަ ކަމެއް؟

ތުއްތު ކުއްޖަކު އަތަށް މުޞްޙަފް ދިނުމަކީ ކޮންކަހަލަ ކަމެއް؟
Category »  ސުވާލާއި ޖަވާބު

ތާރީޚް: 3 ޖޫން 2012

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

މުޞްޙަފް ގައިވާ އާޔަތްތަކަކީ މާތް ﷲގެ ބަސްފުޅެވެ. ވީމާ އެފޮތަށް މާތްކޮށް ހިތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެކެވެ.

މުޞްޙަފަށް ލޯބި ޖެއްސުމުގެ ނިޔަތުގައި ބޮޑުމީހެއްގެ ބެލުމުގެ ދަށުން، ކުޑަކުއްޖެއްގެ އަތަށް މުޞްޙަފް ދީގެން އެއީ ﷲގެ ބަސްފުޅުކަން ކިޔައިދީ، އެފޮތް ކިޔެވީމަ ކޮއްކޮދެކެ ﷲ ތަޢާލާ ލޯބިވާނެ ކަމާއި އޭރުން ކޮއްކޮއަށް ސުވަރުގެ ދެވޭނެކަން ބުނެދިނުމަކީ ހަމަ އެއްމެ ރަނގަޅު ކަމެކެވެ. މިފަދަ ކުދިން ކޮންމެހެން ވުޟޫމަތީގައި ތިބުން ލާޒިމެއް ނޫނެވެ. އަދި ބާލިޢުނުވާ ކުޑަކުދިން ޤުރުއާން ދަސްކުރުމަށް ނުވަތަ އެފޮތުގެ ޢިލްމު ލިބިގަތުމަށްވެސް ވުޟޫ އެކުދިންނަކަށް ލާޒިމެއް ނޫނެވެ. އެހެނަސް ކުޑަ އިރުއްސުރެން ފެށިގެން ވުޟޫމަތީގައި ނުވަތަ ޠާހިރުކަންމަތީގައި މުޞްޙަފް އުފުލުމަށް އެކުދިން ތަރުބިއްޔަތު ކުރުން މުހިންމެވެ.

ނަމަވެސް މުޞްޙަފަކީ ކޮންއެއްޗެއްކަން ނޭނގި، އެމާތް ފޮތަށް އިހާނެތިކޮށް ހިތާފާނެ ނުވަތަ ނަޖިހެއްގައި ޖައްސަފާނެފަދަ ކުޑަ ކުއްޖެއްގެ އަތަށް މުޞްޙަފް ދިނުމަކީ އެއްވެސް ޙާލެއްގައި ރަނގަޅު ކަމެއްނޫނެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި