Noorul-islam.NET :: ވަރިކުރެވިފައިވާ އަންހެނާގެ ފިރިއަކަށް ސުވަރުގޭގައި ވާނީ,,

ވަރިކުރެވިފައިވާ އަންހެނާގެ ފިރިއަކަށް ސުވަރުގޭގައި ވާނީ,,
Category »  ދީނީ ލިޔުން

ތާރީޚް: 30 އޭޕްރީލް 2012

ލިޔުއްވީ : ފާޠިމަތު ފަރުޒާނާ (ކުޑަކުދިންގެ ޞަފްޙާގެ ޑެޕިޔުޓީ އެޑިޓަރު)

ސުވަރުގެއަކީ ކޮންމެ މުސްލިމެއްގެވެސް މަންޒިލް މަޤުސޫދުކަމާމެދު ޝައްކެއްނެތެވެ.  ދުނިޔެމަތީގައި ޙަޔާތުގެ ދުވަސްތައް ކިތަންމެ ގޯސްކޮށް ހޭދަކުރިމީހެއްކަމުގައިވިޔަސް އުއްމީދަކަށްވާނީ ސުވަރުގެ ލިބުމެވެ. އެމަންޒިލަކީ ތާއަބަދުގެ ނިޢުމަތުން ފުރިގެންވާ، ނިމުމެއްނިހާޔަތެއްނުވާ، އޭގެ ދެވަނަ މިސާލެއްނުވާފަދަ ﷲތަޢާލާގެ ރަޙުމަތުގެ ގޮވައްޗެވެ. މާތްﷲ އަޅުގަނޑުމެން އެންމެނަށް ސުވަރުގޭގެ މިމަތިވެރި ނިޢުމަތް މިންވަރުކޮށް ދެއްވާށި!

އަންހެނުންގެ ތެރެއިން ކައިވެނި ކޮށްފައިނުވާ ސުވަރުގެވަންތަ އަންހެނުން، ނުވަތަ ކައިވެނިކޮށްފައި، އެހެންނަމަވެސް އެކަނބަލުންގެ ފިރީން ސުވަރުގެ ނުވަންނަ ސުވަރުގެ ވަންތަ އަންހެނުން، ނުވަތަ ރުޖޫޢަނުކުރެވޭ ވަރިއަކުން ވަރިވެފައި ތިބޭ ސުވަރުގެ ވަންތަ އަންހެނުންނަށް، ސުވަރުގޭގައި މިންވަރު ކުރެއްވޭ ފިރިންގެ ޙުކުމަކީ އެއް ޙުކުމެކެވެ. އެއީ ﷲތަޢާލާ ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން އެމީހުންނަށް ފިރީން މިންވަރުކޮށް ދެއްވުމެވެ.

ފަހަރެއްގައިވެސް ސުވަރުގޭގެ ނިޢުމަތްތަކަކީ އަންހެނުންނާއި ނުލައި ފިރިހެނުންނަށް ޚާޢްޞަވެގެންވާ ނިޢުމަތް ތަކެއްނޫނެވެ. އަދި ކިއެއްހެއްޔެވެ. އެއީ ދެޖިންސަށް ހަމަހަމަ ކަމާއެކު މިންވަރު ކުރެއްވޭނެ ނިޢުމަތްތަކެކެވެ. ﷲތަޢާލާ ވަޙީކުރއްވައެވެ.  وَمَنْ يَعْمَلْ مِنَ الصَّالِحَاتِ مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَأُولَئِكَ يَدْخُلُونَ الْجَنَّةَ وَلا يُظْلَمُونَ نَقِيرًا (١٢٤النساء) މާނައަކީ؛ " އަދި، مؤمن އަކު ކަމުގައި ވެގެންހުރެ، ފިރިހެނުންނާއި، އަންހެނުންގެ ތެރެއިން ހެޔޮ عملކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން ސުވަރުގެޔަށް ވަންނާނެތެވެ. އަދި، ކިތަންމެ ކުޑަ މިންވަރަކުންވިޔަސް އެއުރެންނަށް އަނިޔާއެއް ނުކުރައްވާހުށްޓެވެ." އަދިވެސް ވަޙީކުރައްވައެވެ.  مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ (٩٧ النحل) މާނައަކީ؛ "مؤمن އަކު ކަމުގައިވާ حال،ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عمل ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ." އެކަލާނގެ އަދިވެސް ވަޙީ ކުރައްވަނީ؛ ((يُطَافُ عَلَيْهِمْ بِصِحَافٍ مِنْ ذَهَبٍ وَأَكْوَابٍ وَفِيهَا مَا تَشْتَهِيهِ الأنْفُسُ وَتَلَذُّ الأعْيُنُ وَأَنْتُمْ فِيهَا خَالِدُونَ)) (٧١الزخزف ) މާނައަކީ؛ "އެއުރެންގެ ގާތުގައި ރަނުގެ ކަންވާރުތަކާއި، ތަށިތަކާއިގެން ބުރުޖެހޭނެތެވެ. އަދި އެތާނގައި ހިތްއެދޭ، އަދި ލޯތަކަށް އަރާމު ލިބިދޭ ހުރިހާ ތަކެތި ވެއެވެ. އަދިތިޔަބައިމީހުން އެތާނގައި ދެމިތިބޭނެތެވެ."


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި