Noorul-islam.NET :: ސަލާމަތްވެވޭނީ ދޮންމީހުން އުޅޭގޮތަށް އުޅެގެނެއް ނޫން

ސަލާމަތްވެވޭނީ ދޮންމީހުން އުޅޭގޮތަށް އުޅެގެނެއް ނޫން
Category »  މުޖުތަމަޢު

ތާރީޚް: 5 އޭޕްރީލް 2012

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

އިންސާނުން އުޅެންވާގޮތް ބަޔާން ކުރައްވާފައިވާ ފޮތެއް ﷲތަޢާލާ ވަނީ އިންސާނުންނާއެކު ފޮނުއްވާފައެވެ. އެފޮތުގައިވާ ގޮތަށް އެމީހެއްގެ އުޅުމާއިގުޅުން ބައްޓަން ކޮށްފި މީހަކަށް ސުވަރުގޭގެ އުފާވެރި ނިޢްމަތް ލިބޭނެކަމާއި އަދި އެބަޔަކު ހިތުހުރި ގޮތަކަށް އުޅުމުން ވޭނާއި ކެކުޅުން ހުރި ވާހަކަ ﷲތަޢާލާ ވަނީ އެފޮތުގައި ބަޔާން ކުރައްވާފައެވެ. އަދި އެކަލާނގެ ވަނީ އެފޮތުގައި ވާހައިކަމެއް ދަސްކޮށް ދެއްވުމަށްޓަކައި ރަސޫލަކު ފޮނުއްވާފައެވެ. ބަސްފުޅާއި ޢަމަލު ފުޅުން އެކަލޭގެފާނު ޞައްލަﷲ ޢަލައި ވަސައްލަމް ވަނީ މީސްތަކުންނަށް އެފޮތް އުނގަންނަވައި ދެއްވާފައެވެ.

ވީމާ ހަވާނަފްސުގެ މައްޗަށް ބިނާކޮށް އެބަޔަކު އުޅޭނެހާ ގޮތަކަށް އުޅެގެން ނުވަތަ އެފަދަ ބަޔަކު ބުނާހާ ގޮތަކަށް ތިމާމެންގެ އުޅުމާއި ގުޅުން ބަހައްޓައިގެން ޙަޤީޤީ ކާމިޔާބުގެ އަހުލުވެރިޔަކަށް ނުމެވާނެއެވެ.

މުއުމިނުން އެހީތެރިކަމާއި އެއްބާރުލުން ދޭންޖެހެނީ ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވާ ބަޔަކަށެވެ. މުއުމިނުން އުޅެންވާނީވެސް މިފަދަ ހެޔޮ ޞާލިޙު މީހުންނާ އެކީގައެވެ. ކާފަރުންގެ އަވާގައި، ހިޔަންޏަށް މުޑިނަގަމުން ދާހާ ބަޔަކާ އެކީ، އަދި އެފަދަ މީހުން އުޅޭގޮތަށް އުޅުމުން ކާމިޔާބު ނުވާނެކަން ޤަބޫލުކުރާށެވެ. ﷲތަޢާލާ ވަޙީ ކުރެއްވިއެވެ. (( وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ ۚ أُولَـٰئِكَ سَيَرْحَمُهُمُ اللَّهُ ۗ إِنَّ اللَّهَ عَزِيزٌ حَكِيمٌ)) މާނައަކީ؛ "مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް أمر ކުރެތެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ. އަދި އެއުރެން ނަމާދު قائم ކޮށް، زكاة ދީ، اللَّه އާއި އެކަލާނގެ رسول އާއަށް ކިޔަމަންވެތެވެ. އެއުރެންނަށް اللَّه رحمة ލައްވާހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ."

ވީމާ އިސްލާމް ދީނުގެ ދުސްތޫރު ކަމުގައި ﷲތަޢާލާ ލެއްވެވި ކީރިތި ޤުރުއާނަކީ އެއްވެސް އެއްޗެއްކަމުގައި ނުދެކި، ތިމާގެ ޝަހުވަތުގެ އެދުމަށް، އެފޮތުގައި އެކަލާނގެ ޙާރާމްކުރެއްވެވި ކަންތައްތަކުގެ ތެރެއިން ކަންކަން އަމިއްލަޔަށް ހުއްދަ ކުރަމުން، ހުރިހައި ނުބައިކަމެއްގެ އަޞްލު ކަމުގައިވާ ބަނގުރަލާއި މަސްތުވާތަކެތި މުޅި އިސްލާމީ ދިވެހި އުއްމަތުގައި ޢާއްމު ކުރުމަށް މަސައްކަތްކޮށް، އެއްބީދައިން އެކަން ނުކުރެވިއްޖެނަމަ ހަނިދާއިރާކުން ނަމަވެސް އެހެން ދޮރެއް ހުޅުވައިގެން އެ މުޑުދާރު މަސްތުވާތަކެތި ހުއްދަ ކުރުމަށާއި، ޤައުމުގައި މެދުމިނޭ ކިޔައިގެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އެކަލޭގެ ފާނުގެ މާތް ޞަޙާބީންނަށް ފުރައްސާރަ ކުރަމުން ގެންދިޔަ ބަޔަކީ ތިމާގެ އެންމެ ގާތް އެކުވެރިން ކަމުގައި ދެކި އެފަދަބަޔަކާ ގާތް ގުޅުމެއް ބޭއްވުމަކީ މުސްލިމުންގެ ދުސްތޫރު ކަމުގައި ﷲތަޢާލާ ލެއްވެވި ކީރިތި ޤުރުއާނުގެ ނައްޞާ ޚިލާފުކަމެކެވެ.

ﷲ ވަޙީ ކުރެއްވިއެވެ. ((لايَتَّخِذِ الْمُؤْمِنُونَ الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَ ۖ وَمَن يَفْعَلْ ذَٰلِكَ فَلَيْسَ مِنَ اللَّهِ فِي شَيْءٍ إِلَّا أَن تَتَّقُوا مِنْهُمْ تُقَاةً ۗ وَيُحَذِّرُكُمُ اللَّهُ نَفْسَهُ ۗ وَإِلَى اللّهِ الْمَصِيرُ)) މާނައަކީ؛ " مؤمن ން، مؤمن ން ފިޔަވައި كافر ން އެއީ، އެހީތެރިންކަމުގައި ނުހަދާހުށިކަމެވެ! އެކަންތައް (އެގޮތަށް) ކުރާމީހާ (ދަންނާށެވެ!) ފަހެ، اللَّه ގެ ވާގިވެރިކަމުގެ ތެރެއިން އެއްވެސްކަމެއްގައި އެމީހަކު ނުވެތެއެވެ. އެއުރެންގެ ކިބައިން އަންނަ ނުރައްކަލަކުން ތިޔަބައިމީހުން ސަލާމަތްވުން مجبور ވެއްޖެ حال އެއްގައި މެނުވީއެވެ. އަދި، اللَّه އެކަލާނގެ عقاب އަށް ތިޔަބައިމީހުން ބިރުވެތި ކުރައްވަތެވެ. އެނބުރި ދިޔުންވަނީ اللَّه ގެ حضرة އަށެވެ.

ވީމާ ސަލާމަތްކަން ހުރީ ނުވަތަ ސަލާމަތްވެވޭނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިވެރި ޝަރީޢަތަށް ތިމާގެ އުޅުމާއި ގުޅުން ބައްޓަން ކޮށްގެންނެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި