Noorul-islam.NET :: ޤައުމުގެ އަފުރާދުންނަށް ބޭނުންވަނީ އިސްލާމީ ތަރުބިއްޔަތެވެ. (2)
ޤައުމުގެ އަފުރާދުންނަށް ބޭނުންވަނީ އިސްލާމީ ތަރުބިއްޔަތެވެ. (2)
Category »  މުޖުތަމަޢު

ތާރީޚް: 14 މާޗް 2012

ލިޔުއްވީ : ޢަބްދުލްހާދީ ޙުސައިން

 

ބަޔާންވެ އެދިޔައީ އިސްލާމީ ތަރުބިއްޔަތުގެ ޢާއްމު މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި ކުރަންޖެހޭ މައިގަނޑު ކަންތައްތަކެވެ.

އާދެ، އިސްލާމީ ތަރުބިއްޔަތަކީ އެހެން ވަޟަޢީ ފަލްސަފާތަކާއި އަޅާބަލާއިރު ޚައްޞަ ކަންތައްތަކެއް އެކުލެވިގެންވާ ތަރުބަވީ ނިޡާމެކެވެ. މިގޮތުން އިސްލާމީ ތަރުބިއްޔަތުގެ ޚަޞާއިޞުތަކަށް ބަލާއިރު:

1-     އިސްލާމީ ތަރުބިއްޔަތަކީ އިލާހީ ތަރުބިއްޔަތެއް: އެހެނީ މި ތަރުބިއްޔަތުގެ މަޞްދަރު އައިސްފައިވަނީ މާތްﷲ ގެ ޙަޟުރަތުންނެވެ. އެހެން ވަޟަޢީ ނަޡަރިއްޔާތުތަކާއި ތަފާތުވާ އެންމެ ބޮޑު އެއްސަބަބަކީ ވެސް މިއީއެވެ. އަދި މި ތަރުބިއްޔަތުގެ ލަނޑުދަނޑިއަކީ އަޅާގެ ބަހާއި ޢަމަލުތަކަގައި މާތްﷲގެ ރުއްސެވުން ހޯދުމެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވަނީ: (( وَأَنَّ هَـٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ)) ﴿١٥٣  سورة الأنعام މާނަ: " އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން تبع ވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން تبع ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެކަލާނގެ وصية ކުރެއްވީ، ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ.

2-      އިސްލާމީ ތަރުބިއްޔަތަކީ ފުރިހަމަވެގެންވާ ޝާމިލު ތަރުބިއްޔަތެއް: އިންސާނީ ޙަޔާތުގެ އެއްވެސް ދާއިރާއެއް މި ތަރުބިއްޔަތުގައި އިހްމާލުކޮށްފައެއް ނުވެއެވެ. ޖިސްމަށާއި ބުއްދިއާއި ރޫޙާނީބައިގެ އިތުރުން އިންސާނާގެ މާހައުލުގެ ހުރިހާ ދާއިރާއެއް މި ތަރުބިއްޔަތުގެ ނިޡާމުގައި ޝާމިލުވެއެވެ.

3-      އިސްލާމީ ތަރުބިއްޔަތަކީ ޢަމަލީ ތަރުބިއްޔަތެއް: ފަރުދީ އަދި މުޖުތަމަޢުގެ ޢަމަލީ ހަޔާތް ކަށަވަރު ކޮށްދީފައިވެއެވެ. މާތްﷲ ވަޙީ ކުރައްވަނީ: (( إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ)) ﴿٢٥   سورة الإنشقاق މާނަ: "إيمان ވެ صالح عمل ތައް ކުޅަމީހުން މެނުވީއެވެ. އެއުރެންނަށް ކެނޑިގެންނުދާނޭ ދަރުމަހުށްޓެވެ."

4-      އިސްލާމީ ތަރުބިއްޔަތަކީ ފަރުދީ އަދި ޖަމާޢީ ތަރުބިއްޔަތެއް: އެހެނީ އިސްލާމީ ތަރުބިއްޔަތު މަސައްކަތް ކުރަމުންދަނީ ފަރުދުން ސަލާމަތްތެރިކަމާއެކު ބިނާ ކުރުމާއި މުޖުތަމަޢުގެ ކަންކަމުގައި އެބައިމީހުންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރުމުގެ މައްޗަށެވެ. އަދި އެއްބަޔަކު އަނެއްބަޔަކު މުޖުތަމަޢުގައި ހަރާކާތްތެރި ވަމުން ދާއިރު އިސްލާމީ ޝަރީޢަތް ތަންދޭ އެންމެ މަތީ ދަރަޖައިގައި ފުރިހަމަ މިނިވަންކަން ދީފައިވެއެވެ.

5-      އިސްލާމީ ތަރުބިއްޔަތަކީ ދާއިމީ ތަރުބިއްޔަތެއް: މި ތަރުބިއްޔަތަކީ ވަކި ދާއިރާއަކަށް ނުވަތަ ވަކި ޢުމުރަކަށް ނޫނީ މަދްރަސީ ވަކ މަރުހަލާއަކަށް ޚާއްޞަ ވެފައިވާ ތަރުބިއްޔަތެއް ނޫނެއެވެ. އެހެނެއް ކަމަކު މިއީ އިންސާނާ ދުނިޔެއަށް އުފަންވީއްސުރެ މަރުވަންދެއް މުޅި ހަޔާތުގައި އޭގެ މައްޗަށް ޢަމަލުކުރުމަށް ވާ ރައްބާނީ ނިޡާމެކެވެ.

6-      އިސްލާމީ ތަރުބިއްޔަތަކީ މަރުޙަލާތަކަކުން އައިސްފައިވާ ތަރުބިއްޔަތެއް: އެހެނީ މާތްﷲ ޤުރުއާން ބާއްވާލައްވާފައި ވަނީ ތަފާތު މަރުހަލާތަކަކުންނެވެ. އެއްފަހަރާއެއް ނޫނެވެ. 23 އަހަރުގެ ތެރޭގައެވެ. ތަނާއި ޙާލަތާއި ވަގުތާއި ޙާދިޘާތަކާއި ގުޅުވައިގެންނެވެ. އިސްލާމްދީން ފެށިގެން އައި ދުވަސްވަރު ހުރިހާ ޙުކުމްތައް މީސްތަކުންގެ މައްޗަށް އެއްފަހަރާ ބާއްވާނުލައްވައެވެ. މިސާލަކަށް ރާ ޙަރާމް ކުރެއްވުނީ މަރުހަލާތަކަކުންނެވެ. އަދި އަޅުކަންތައް ޝަރުޢު ކުރެއްވީވެސް ތަފާތު އަހަރު ތަކުގައެވެ.

7-      އިސްލާމީ ތަރުބިއްޔަތަކީ އިންސާނީ ތަރުބިއްޔަތެއް: އެހެނީ މި ނިޡާމު މަސައްކަތްކުރަނީ އިންސާނުން އެކަކު އަނެކަކަށް މުޢާމަލާތްކުރުމުގައި ހެޔޮކޮށް މުޢާމަލާތްކުރުމަށާއި އިންސާނުންގެ މެދުގައިވާ ނަސްލީ ތަފާތު ތައް ނައްތާލުމަށެވެ. އެއްވެސް މީހަކީ ވަކި ބަހަކުން ވާހަކަ ދައްކާތީވެ ނޫނީ ވަކި ޤައުމަކަށް ނިޞްބަތްވާތީވެ މިތިވެރިވެގެންވާ ބައެއް ނޫނެވެ. ހަމަ އެކަނި އިންސާނާ މަތިވެރިވެގެންވާ ސަބަބަކީ އޭނާގެ ތަޤުވާވެރިކަމެވެ. މާތްﷲ ވަޙީ ކުރައްވަނީ: (( يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ ۚ إِنَّ اللَّـهَ عَلِيمٌ خَبِيرٌ)) ﴿١٣سورة الحجرات މާނަ: "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ."

8-      އިސްލާމީ ތަރުބިއްޔަތު ވަނީ ފިރިހެނުންނާއި އަންހެނުންގެ ހަމަހަމަކަން ގެނެސްދީފަ: އެހެނީ ފިރިހެނުންނަށް ޚާއްޞަ ވެގެންވާ ކަންކަމާއި އަދި އަންހެނުންނަށް ޚައްޞަ ވެގެންވާ ކަންތައްތައް ފިޔަވައި ހުރިހާ ކަމެއްގައި މި ދެފާރާތުގެ މެދުގައި ހަމަހަމަކަށް ވަނީ ޤާއިމު ކޮށްދީފައެއެވެ. ޚާއްޞަކޮށް ޢިލްމު އުނގެނުމުގެ ދާއިރާގައި ވަކި ޖިންސެއް ޚާއްޞަ ކުރެވިފައެއް ނުވެއެވެ.

9-      އުނގެނުމުގެ ފުރުޞަތު ލިބިދިނުން: އުނގެނުމުގެ ފުރުޞަތަކީ އިސްލާމީ ތަރުބިއްޔަތުން ކޮންމެ މީހަކަށްވެސް ކަށަވަރުކޮށްދީފައިވާ ފުރުޞަތެކެވެ. ފަޤީރު ވުމުގެ ސަބަބުން މި ޙައްޤުން އޭނާ މަޙުރޫމެއް ނުކުރެވެއެވެ. އެއްވެސް ތަފާތެއް ނެތި ފަޤީރުންނަށާއި މުއްސަނދިންނަށް ހަމަހަމަކަމާއެކު ލިބިދޭންޖެހޭ ޙައްޤެކެވެ. އުނގެނުމުގެ ހަމަހަމަ ކަމަކީ ވަކި ކުލައެއްގެ ސަބަބުން ނުވަތަ ވަކި ޖިންސެއްގެ ސަބަބުން ތަފާތު ކުރެވިގެންވާނެ ކަމެއް ނޫނެވެ.

 

......(ނުނިމޭ)..........

 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި