Noorul-islam.NET :: ކީރިތި ޤުރްއާން ކިޔަވައި އުޅޭމީހާއާއި ކިޔަވައިނޫޅޭ މީހާގެ މިސާލު

ކީރިތި ޤުރްއާން ކިޔަވައި އުޅޭމީހާއާއި ކިޔަވައިނޫޅޭ މީހާގެ މިސާލު
Category »  ދީނީ ލިޔުން

ތާރީޚް: 19 ފެބްރުއަރީ 2012

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

 

أَبو موسى الأشعري رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.: ((  مَثَلُ الْمُؤْمِنِ الَّذِي يَقْرَأُ القُرْآنَ مَثَلُ الأُتْرُجَّةِ : رِيحُهَا طَيِّبٌ وَطَعْمُهَا طَيِّبٌ ، وَمَثَلُ الْمُؤْمِنِ الَّذِي لاَ يَقْرَأُ القُرْآنَ كَمَثَلِ التَّمْرَةِ : لاَ رِيحَ لَهَا وَطَعْمُهَا حُلْوٌ ، وَمَثلُ المُنَافِقِ الَّذِي يقرأ القرآنَ كَمَثلِ الرَّيحانَةِ : ريحُهَا طَيِّبٌ وَطَعْمُهَا مُرٌّ ، وَمَثَلُ المُنَافِقِ الَّذِي لاَ يَقْرَأُ القُرْآنَ كَمَثلِ الحَنْظَلَةِ : لَيْسَ لَهَا رِيحٌ وَطَعْمُهَا مُرٌّ )) أخرجه : البخاري 7/99 100 ( 5427 ) ، ومسلم 2/194 ( 797 ) ( 243 ) .

މާނައީ: ކީރިތި ޤުރްއާން ކިޔަވައި އުޅޭ މުއުމިނެއްގެ މިސާލަކީ، (ފޮނި) ނިޔަނދުރެއްގެ މިސާލެވެ. އޭގެ ވަސް މީރެވެ. އަދި ރަހަވެސް ފޮންޏެވެ.

އަދި ކީރިތި ޤުރްއާން ކިޔަވައި ނޫޅޭ މުއުމިނެއްގެ މިސާލަކީ، ކަދުރުގެ މިސާލެވެ. އޭގައި އެއްވެސް ވަހެއް ނުހުރެއެވެ. އަދި އޭގެ ރަހަ ފޮންޏެވެ.

އަދި ކީރިތި ޤުރްއާން ކިޔަވައި އުޅޭ މުނާފިޤެއްގެ މިސާލަކީ، ގަނދަކޯޅީގެ މިސާލެވެ. އޭގެވަސް މީރެވެ. އަދި އޭގެ ރަހަ، ހިއްޗެވެ.

އަދި ކީރިތި ޤުރްއާން ކިޔަވައި ނޫޅޭ މުނާފިޤެއްގެ މިސާލަކީ، ވިހަ ކެކުރީގެ މިސާލެވެ. އޭގައި ވަހެއް ނުދުވައެވެ. އަދި އޭގެ ރަހަ ހިއްޗެވެ.

 

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. މިއީ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައހި ވަސައްލަމްގެ ބަސްފުޅެވެ. ކީރިތި ޤުރްއާން ކިޔަވާ މީހެއް ކަމުގައި މަސައްކަތް ކުރަމާ ހިންގަވާށެވެ. ދުވަހަކަށް އިރުއަރައި އޮއްސިގެންދާއިރު ޤުރްއާނުން މިންވަރެއް ނުކިޔެވޭނަމަ، އެއީ ބޮޑުވެގެންވާ ހިތާމައެކެވެ. އެކަމުން ސަލާމަތްވުމަށް މަސައްކަތް ކުރަމާ ހިންގަވާށެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ކީރިތި ޤުރްއާން ކިޔަވައި އެފޮތުގައިވާ ޙުކުމްތަކާ އެއްގޮތަށް ޢަމަލުތައް ބަހައްޓާ ބައެއްކަމުގައި، ކީރިތި ﷲ އަޅަމެން ލައްވާށިއެވެ. އަދި ޤުރްއާނުގެ ސަބަބުން މަތިވެރިކުރައްވާ މީހުންގެ ތެރޭގައި ލައްވާށިއެވެ. އަދި އަޅުގަނޑުމެން އެންމެންނަކީ ކީރިތި ޤުރްއާނުގެ އަހުލުވެރިން ކަމުގައި ލައްވާށިއެވެ. އާމީން.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި