Noorul-islam.NET :: ޒަކާތް 2 ޒަކާތުގެ ޙުކުމާއި އަދި ޒަކާތް ޙައްޤުވާ މުދާ
ޒަކާތް 2 ޒަކާތުގެ ޙުކުމާއި އަދި ޒަކާތް ޙައްޤުވާ މުދާ
Category »  ދީނީ ލިޔުން

ތާރީޚް: 12 ޖެނުއަރީ 2012

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

ޢަރަބި ބަހުގައި ޒަކާތުގެ މާނައަކީ ޠާހިރުކަމެވެ. އަދި އިތުރުވުމެވެ. ޝަރުޢީ ގޮތުން ޒަކާތަކީ ކަނޑައެޅޭ މުދާތަކަކުން  ވާޖިބުވާ ބަޔަކަށް ނުވަތަ ފަރާތަކަށް ނެގޭ ބަޔެކެވެ. އިސްލާމީ ޝަރީޢަތުގައި ޒަކާތަކީ މަތިވެރި ވެގެންވާ އަޅުކަމެކެވެ.

ޒަކާތް ދިނުމަކީ ވާޖިބެކެވެ. އަދި އެއީ އިސްލާމް ކަމުގެ ރުކުނެއްވެސް މެއެވެ.  ޒަކާތަކީ ނަމާދަށް ފަހުގައިމެ އިސްލާމް ކަމުގެ އެންމެ މުހިއްމު ރުކުންވެސް މެއެވެ. މުސްލިމް މުޖުތަމަޢެއްގައި އުޅޭ މީހަކު ޒަކާތުގެ ވާޖިބު ކަމާ މެދު ދެކޮޅުހަދައި އިންކާރު ކޮށްފިނަމަ އޭނަ ކާފިރުވާނެއެވެ. މިހެނީ އެފަދަ މީހަކު ޒަކާތް ދިނަސް އަދި ނުދިންކަމުގައި ވިޔަސް އިންކާރު އެކުރަނީ އިސްލާމް ދީނުގެ އަސްލު މަސްދަރު ތަކުގެ ތެރެއިން ޤުރުއާނާއި ނަބިއްޔާ ޞައްލައްﷲ ޢަލައި ވަސައްލަމް އާއި އުއްމަތުގެ ޢިލްމުވެރިންގެ އިޖުމާޢުގެ މައްޗަށެވެ. އަދި ޒަކާތުގެ ވާޖިބު ކަމާ މެދު އެއްބަސްވާ ޙާލު ޒަކާތް ދިނުމަށް ފަރުވާ ކުޑަކޮށް މުދަލުގެ ދަހިވެތި ކަމުގައި ޒަކާތް ނުދޭ މީހާ ކާފިރު ވުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތެވެ. މި ތަފާތުވުމުގެ ބުރަވެވޭ ރަނގަޅު ގޮތަކީ އޭނަ އަކީ ކާފިރެއް ކަމުގައި ނުވުމެވެ. އެހެން ނަމަވެސް  އެއީ ފާސިގެވެ.

އާދަމުގެ ދަރިޔާގެ ހުރިހާ މުދަލަކުން ޒަކާތް ދޭކަށް ވާޖިބެއްނޫނެވެ. ޒަކާތް ނެރެންޖެހޭނީ އިތުރުވާ މުދަލުންނެވެ.

ޒަކާތް ދިނުންވާޖިބުވާ މުދާ:-

* ރަން

* ރިހި

* ވިޔަފާރި މުދާ

* ގެރިބަކަރި

* ބިމުން ނެރެވޭ ގޮވާމުގެ ބާވަތްތައް (ގިނަދުވަހު ރައްކާކޮށްފައި ބެހެއްޓޭ ކާނާގެ ބާވަތްތައް) މިއެވެ.

ޙިކުމަތްވަންތަ ﷲ ތަޢާލާގެ މަތިވެރި ރޭއްވެވުމުގެ ދަށުން ވަކި ޝަރުޠުތަކެއް ހަމަވެގެން މެނުވީ ޒަކާތް ދޭކަށް ނުޖެހެއެވެ. މިހެނީ ޒަކާތުގެ ގޮތުގައި ދޭންޖެހޭ މުދަލުގައި ވަކި ސިފަތަކެއް ހުންނަން ޖެހެއެވެ. ކަނޑަ އެޅޭ ވަކި ސިފަތަކެއް ހަމަނުވާނަމަ ޒަކާތް ދޭކަށް ނުޖެހެއެވެ.

މިފަދަ ޝަރުޠު ތަކެއް ޒަކާތް ދިނުމުގައި ކަނޑައެޅިގެން ނުވީނަމަ ނަމާދެކޭ އެއްފަދައިން ކޮންމެ ފަރުދަކުވެސް ޒަކާތް ނެރެން ޖެހުނީހެވެ. އަދި މިކަން ފަޤީރުނަނާއި ނިކަމެތިންނަށް އުނދަގޫ ކަމެއްކަމުގައި ވީހެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި