Noorul-islam.NET :: މީހުންމަރާކަށް އިސްލާމް ދީން ނުބުނޭ.

މީހުންމަރާކަށް އިސްލާމް ދީން ނުބުނޭ.
Category »  ދީނީ ލިޔުން

ތާރީޚް: 11 ޖެނުއަރީ 2012

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

((وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّـهُ إِلَّا بِالْحَقِّ ۗ وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَانًا فَلَا يُسْرِف فِّي الْقَتْلِ ۖ إِنَّهُ كَانَ مَنصُورًا)) "އަދި ތިޔަބައިމީހުން، اللَّه حرمة ތެރިކުރައްވާފައިވާ نفس އެއް حق އަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ولى ވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، قتل ކުރުމުގައި އޭނާ إسراف ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެ ولى ވެރިޔާއަކީ، نصر ލިބިގެންވާ މީހެއް ކަމުގައިވިއެވެ."

حق އަކާ ލައިގެން މީހަކު މެރޭނީ ކޮން ހައިސިއްޔަތަކުން؟

މާތް ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((لا يحل دم امرئ مسلم يشهد أن لا إله إلا الله وأن محمدا رسول الله إلا بإحدى ثلاث النفس بالنفس والزاني المحصن والتارك لدينه المفارق للجماعة )) މާނައަކީ؛ " ﷲ ގެ ކަށަކުޅަދުން ވަންތަކަން ގަބޫލުކުރާ އަދި މުޙައްމަދުގެފާނަކީ ﷲގެ ޙައްޤު ރަސޫލާކަމަށް ގަބޫލުކުރާ މީހާ ތިން ސަބަބަކާހުރެ މެނުވީ މެރުން ހުއްދަ ވެގެން ނުވެއެވެ. އެއީ މީހަކުމަރާލި މިހާ (ގަސްތުގައި، ޢަދާވާތްތެރިކަމާއެކީ މީހަކު މަރާލި މީހާ) އާއި ޝަރުޢީ ކާވެންޏެއް ކޮށްފައިވާ މީހުންގެ ތެރެއިން ޒިނޭކުރި މީހާ (ރަޖަމް ކުރެވޭމީހާ) އާއި މުސްލިމުންގެ ޖަމާޢަތާ ވަކިވެ މުރުތައްދުވާ މީހުންނެވެ."

މަރާލެވޭ މީހާގެ ސަބަބުން މުޖުތަމަޢައް އަންނަ ބިރުވެރިކަމުން މުޖުތަމަޢް ސަލާމަތްކުރުމުގެ އިތުރުން އަޅުތަކުންގެ ނަފްސު ސަލާމަތް ކުރުމަށާއި އަދި މަރާލެވުނު މީހާގެ ވާރުތަވެރިންނާއި ޢާއިލާގެ މެންބަރުންގެ ޙައްގުގައި ޤާތިލައް ކަނޑަ އެޅިގެންވާ އަދަބު ދިނުމަކީ މުޖުތަމަޢަށް ހަމަޖެހުމާއި ދިރުން ގެނެސްދޭ ކަމެކެވެ. މިކަމަކީ ބުއްދީގެ އަހުލުވެރިންނަށް މެނުވީ ވިސްނޭނެ ކަންކަމެއް ނޫނެވެ. ﷲތަޢާލާ ވަޙީ ކުރެއްވިއެވެ. ((وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الألْبَابِ لَعَلَّكُمْ تَتَّقُونَ)) މާނައީ" އޭ ބުއްދިވެރީންނޭވެ! ޤިޞާޞް ޝަރުޢު ކުރެއްވުމުގައި، ތިޔަބައިމީހުނަށް ރައްކާތެރިކަމަކާއި ދިރުމެއްވެއެވެ. އެއީ ތިޔަބައިމީހުން ޤަތުލުކުރުމުންނާއި ޤަތުލުވުމުން ރައްކާތެރިވުމަށްޓަކައެވެ."

ޤިޞާޞް ހިފުމަކީ ނުވަތަ މަރަށްމަރު ހިފުމަކީ ވަރަށް ސާފުކޮށް ކީރިތި ޤުރުއާނުގައި ﷲ ބަޔާން ކުރައްވާފައިވާ މަތިވެރި ޙުކުމްފުޅެކެވެ. ވީމާ މިކަމާ އިންކާރު ކުރުމަކީ ހެޔޮ ޢަޤީދާއެއްގެ މަތީގައިވާ މުސްލިމަކާ އެކަށީގެންވާ ސިފައެއް ނޫނެވެ. އެހެންނަމަވެސް މިއަދު މުސްލިމުންގެ ތެރެއިން މިކަންކަމަށް އިންކާރު ކުރާ މީހުންނާއި އަދި މުސްލިމުންގެ ނަމުގައި ތިބެގެން މިކަންކަމަށް އިންކާރު ކުރާ މީހުންނާއި އަދިހަމަ އެކަނި އިސްލާމް ކަމަކީ ނިދުމުގެ ކުރިން 3 ފަހަރު "ތަވައްކަލްތު އަލަﷲ ވަކަފާ ބިﷲ ވަކީލާ" ކިޔުންކަމަށް ދެކޭ މީހުން، މަތިވެރި ވެގެންވާ މިޝަރީޢަރުގެ ޙުކުމްފުޅުތަކަށް ބީރު ކަންފަތްތަކެއް ދެނީ ދުނިޔޭގެ އެދުމާއި ހަވާ ނަފްސުގެ ޝަހުވަތަށްޓަކައި އާޚިރަތް ވިއްކާލލައިގެން ތިބީމަކަން ދޭހަވެއެވެ.

ﷲ ވަޙީ ކުރެއވިއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ (("އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخ އާގެ ފަރާތުން قصاص ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި إحسان ތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمة އެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوة ތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ."

އެއްވެސް ރަޙްމެއް ހަމްދަރުދީއެއްނެތި، ބޮޑުމީހެއް ކުޑަކުއްޖެއް ނުބަލައި، އަތު ޖެހުނު ކޮންމެ އެއްޗަކުން އެކި ސިފަސިފައިގައި މީހުންމަރަމުން ކަތިލަމުންދާ މީހުންނަށް ރަޙުމް ކުރުމަށް ކަމަށްބުނެ އެދޮގު ދަޢްވާގައި އެކި ސަރުކާރުތަކުންނާއި އެކިއެކި އެއްޗެތީގެ ޙައްޤުތައް ޙިމާޔަތް ކުރުމުގެ ނަމުގައި މަސައްކަތްކުރާ މީހުން ޤާތިލު ސަލާމަތް ކުރެއެވެ. މި ބައިހުންގެ ހަނި ވިސްނުމުގައި މަރާލެވުނު މީހާޔަށް ތަޢްޒިޔާ ކިޔުން ނޫން އެއްވެސް ޙައްޤެއް އޭނާއަކަށް ނުވެއެވެ. މަރުވިމީހާގެ އަނބިމީހާ އަށާއި ޙާލުގައި ޖެހިފައިވާ އޭނަގެ ދަރިންގެ ހައްގުގައި އެއްވެސް ކަމެއް ނެތެވެ. އަދި ދަރީންނާއި މަންމަޔަށް ރަޙުމް ކުރާނެ ފަރާތެއް ނެތެވެ. އެމީހުންނަށް ޚަރަދުބަރަދު ދިނުމާއި ބޯހިޔާވަހިކަން ދޭނެ މީހެއް ފަހެ ކޮބައިތޯއެވެ؟ ޤާތިލަށް ކަނޑައެޅިފައިވާ އަދަބު ދިނުމުގައި ނުކުޅެދިއްޖެނަމަ މާދަމާ އޭނާ މަރާލާނީ ތިބާގެ ކިހާ ގާތްމީހެއްކަން ވިސްނާލިންތޯއެވެ. މިއަދު ދިވެހި މުޖުތަމަޢް ތަޖުރިބާ ކުރަމުން މިއަންނަނީ އެފަދަ ޤާތިލުންނަށް ރަޙުމް ކުރުމުގެ ވޭންދެނިވި ހިތި ނަތީޖާނޫންތޯއެވެ؟

އިސްލާމީ ޝަރީއަތް ބާއްވައި ލެއްވުނީ މިފަދަ ހުރިހާ ކަމަކަށް ރިޢާޔަތް ކުރުމަށް ފަހުގައިކަން ކަށަވަރެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْأَنفَ بِالْأَنفِ وَالْأُذُنَ بِالْأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ ۚ فَمَن تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَّهُ ۚ وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الظَّالِمُونَ)) "އެ توراة ގައި އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ (قصاص ގެ أصول) ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން، نفس އަކަށް نفس އެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. زخم ތަކަކީ قصاص ހުރި ކަމެކެވެ. ފަހެ، އެކަން މާފުކޮށްފި މީހާޔަށް އެއީ كفّارة އެކެވެ. އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ."

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި