Noorul-islam.NET :: ޔަހޫދީން 3

ޔަހޫދީން 3
Category »  ދީނީ ލިޔުން

ތާރީޚް: 9 ޖެނުއަރީ 2012

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

((يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاءَ تُلْقُونَ إِلَيْهِم بِالْمَوَدَّةِ وَقَدْ كَفَرُوا بِمَا جَاءَكُم مِّنَ الْحَقِّ يُخْرِجُونَ الرَّسُولَ وَإِيَّاكُمْ ۙ أَن تُؤْمِنُوا بِاللَّـهِ رَبِّكُمْ إِن كُنتُمْ خَرَجْتُمْ جِهَادًا فِي سَبِيلِي وَابْتِغَاءَ مَرْضَاتِي ۚ تُسِرُّونَ إِلَيْهِم بِالْمَوَدَّةِ وَأَنَا أَعْلَمُ بِمَا أَخْفَيْتُمْ وَمَا أَعْلَنتُمْ ۚ وَمَن يَفْعَلْهُ مِنكُمْ فَقَدْ ضَلَّ سَوَاءَ السَّبِيلِ )) "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ عدوّ ންނާއި، އަދި ތިޔަބައިމީހުންގެ عدوّ ންނަކީ، އެހީތެރިންކަމުގައި ތިޔަބައިމީހުން ނުހިފާށެވެ! ތިޔަބައިމީހުން، އެއުރެންނަށް ލޯތްބާއި، އެކުވެރިކަން ހުށަހަޅަމުއެވެ. އަދި ތިޔަބައިމީހުންގެ ގާތަށްއައި حق دين އަށް އެއުރެންވަނީ كافر ވެފައެވެ. ތިޔަބައިމީހުންގެ ވެރި اللَّه އަށް ތިޔަބައިމީހުން إيمان ވާ ކަމަށްޓަކައި، އެއުރެން رسول އާއާއި، ތިޔަބައިމީހުން ރަށުން ބޭރުކޮށްލައެވެ. ތިމަންރަސްކަލާނގެ މަގުގައި جهاد ކުރުމަށާއި، އަދި ތިމަންރަސްކަލާނގެ ރުއްސެވުން އަދައިގެން، ތިޔަބައިމީހުން ނުކުތް ކަމުގައިވާނަމަ (ތިޔަބައިމީހުން ތިމަންރަސްކަލާނގެ عدوّ ންނަށް رحمة ތެރިކަން ނުބަހައްޓާށެވެ!) ތިޔަބައިމީހުން އެއުރެންނަށް ލޯތްބާއެކު ސިއްރު ވާހަކަ ދައްކަމުއެވެ. ތިޔަބައިމީހުން ފޮރުވާކަންތަކާއި، އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. ތިޔަބައިމީހުންކުރެ އެފަދަ عمل ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ސީދާވެގެންވާ މަގު ގެއްލިއްޖެކަން ކަށަވަރެވެ."

ވީމާ ޔަހޫދީންގެ އަންހެނުންނާ ކައިވެނި ކުރަން އިސްލާމްދީނުގައި ހުއްދަ އޮތުމަކީ ފަހަރެއްގައިވެސް އެމީހުންދެކެ ލޯބިވުމަށް، ނުވަތަ އެމީހުންނާ ތަފާތު މުޢާހަދާތައް ހަދައި، އަދި އެމީހުންނަށް އެކިކަންކަމުގައި ރުހުން ދިނުމަށްޓަކައި އޮތް ޙުއްޖަތެއްކަމަށް ތިޔަ ވިދާޅުވާ ވިދާޅުވުން މަތީގައި ބަޔާންވެދިޔަ އާޔަތުން ދޮގު ނުކުރޭތޯއެވެ؟

އަޅުގަނޑުމެންގެ ޤައުމުގައި ފަލަޞްޠީނުގެ ބިންތަކަށް ވެރިވެގެންތިބި، ޙަރުބީ ކާފަރުންގެ ފްލައިޓް ޖެއްސުމުގެ ހުއްދަ ދިނުމުގެ ޙުއްޖަތަކަށް، އެމީހުންގެ އަންހެނުންނާ މުސްލިމް ފިރިހެނުންނަށް ކައިވެނި ކުރެވޭނެކަމަށް އޮތްއޮތުން، ބައެއްމީހުން މީހުން އެދައްކަވަނީ އެންމެ ރަނގަޅަށް ނުވިސްނައެވެ. ނުވަތަ އެގޮތަށް އެވިދާޅުވަނީ ކޮންމެވެސް އަމިއްލަ މަޤްޞަދެއް ޙާސިލު ކުރުމުގެ ބޭނުމެއް އޮވެގެން އޮޅުވާލުމުގެ މަޤްޞަދުގައެވެ. މުސްލިމް ފިރިހެނުންގެ އަނބީންނަށް އެބައިމީހުން ކަނޑައެޅުމުގެ ހުއްދަ އިސްލާމް ދީނުގައި އޮތްކަމުގައި ވިޔަސް، މުސްލިމް ފިރިމީހާޔާއި އަދި އެދެމީހުންނަށް ލިބިފައިވާ މުސްލިމް ދަރީންގެ ވާރުތަ މުދަލުން އެއްވެސް މިންވަރެއް އެ ޔަހޫދީ އަންހެން މީހާޔަށް ވާރުތަ ނުވާނެކަމަށް މި މަތިވެރި ޝަރީޢަތުގައި އޮތްއޮތުމަކީ އެފަދަ މީހުނާ އިދިކޮޅަށް (ފްލައިޓް ޖެއްސިދާނެކަމަށް ބުނާ މީހުންނާ އިދިކޮޅަށް) ގެނެވިދާނެ "އެމީހުން ގެންނަ ކަހަލަ" ދަލީލެއް ނޫންތޯއެވެ؟

ޔޫރަޕާއި ޗައިނާ އަދި މި ނޫންވެސް މުސްލިމްނޫން ގައުމުތަކުގެ ފްލައިޓް ޖެއްސުމާއި އެފަދަ ގައުމުތަކުން އަންނަ ޢައިރު މުސްލިމް ފަތުރުވެރިންނާއި، ފަލަޞްޠީނުގެ ބިމަށް އަރައިތިބި ކާފަރުން އުޑާ ބިމާހާ ތަފާތެވެ. މިހެނީ ފަލަޞްޠީނުގެ ބިމަށް ގަދަކަމުން އަރައިތިބި "ޓެރަރިސްޓުން" ނަކީ މުސްލިމުންނާ ހަނގުރާމަ އިޢްލާނުކޮށްފައިވާ، އަދި ކޮންމެ ރެއަކާއި ދުވާލެއްގެ މައްޗަށް ކުށެއްނެތް އެތައް ތުއްތު ކުދިންތަކަކާއި އަދި އެތައް ބަޔަކު ޤަތުލުކުރަމުންދާ ޢަދުއްވުން ތަކެކެވެ.

ވީމާ ބަޔާންވެ ދިޔަ އާޔަތުގެ އަލީގެ އިތުރުން މިބަޔާން ކުރެވުނީ މިފަދަ ބަޔަކާ ގުޅުން ބަދަހިކޮށް އަދި ތަފާތު ނަންނަމުގައި މިބައިމީހުން ހިންގާ އަޑި ނޭނގޭ އެޖެންޑާ ތަކުގައި މުސްލިމުންގެ ކުޑަ ބައިވެރިވުމެއްވެސް ދިނުމަކީ އިސްލާމީ ޝަރީޢަތުގެ އަޞްލާ ޚިލާފް ކަމެއްކަމެވެ.

ފަލަޞްޠީނު ބިމުގައި ގަދަކަމުން ވަޒަންވެރި ވެގެންތިބި ހައްދު ފަހަނައަޅާފައިވާ ޢަދުއްވުން ގެ ޝެޑިއުލް ފްލައިޓްތައް ޖެއްސުމުގެ ހުއްދަ، އެބައިމީހުންނާ އެހެނިހެން ޑިޕްލޮމެޓިކް ގުޅުން އޮންނަ ގައުމުތަކުން ނުދީ އޮތުމަކީވެސް މިކަމަށް ހުއްދަ ދިނުމުގެ ކުރިން ވިސްނާލަން އޮތް ބުއްދީގެ ދަލީލެކެވެ.

))يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّـهَ لَا يَهْدِي الْقَوْمَ الظَّالِمِينَ(( "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން يهودى ންނާއި، نصارى އިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ."

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި