Noorul-islam.NET :: ފާޚާނާގައި ހުރެ ވުޟޫކުރާނަމަ ބިސްމި އަޑުބާރުކޮށް ކިއުން ހުއްދަތޯއެވެ؟
ފާޚާނާގައި ހުރެ ވުޟޫކުރާނަމަ ބިސްމި އަޑުބާރުކޮށް ކިއުން ހުއްދަތޯއެވެ؟
Category »  ސުވާލާއި ޖަވާބު

ތާރީޚް: 18 އޮކްޓޯބަރ 2008

ޖަވާބު ދެއްވީ : ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

ސުވާލު: ފާޚާނާގައި ހުރެ ވުޟޫކުރާނަމަ ބިސްމި އަޑުބާރުކޮށް ކިއުން ހުއްދަތޯއެވެ. އަދި ވުޟޫކުރާއިރު ނިޔަތް ގަންނަނީ މޫނު ދޮންނަން ފަށާއިރުތޯއެވެ؟ މިހެން މިދެންނެވީ އަޅުގަނޑު ކިޔެވި ފޮތެއްގައި ވަނީ މޫނުން އެންމެ ފުރަތަމަ ދޮންނަ ތަނެއް ދޮންނަން ފަށާއިރު ނިޔަތް ގަތުމަށެވެ. އޭގެ ފަހުން މީހަކު ބުނި ގޮތުގައި އެގޮތަށް ނިޔަތް ގަންނަ ކަމުގައިވާނަމަ މޫނުގެ ކުރިން ދޮންނަ ތަންތަން ދޮވެވޭނީ ނިޔަތަކާއި ނުލައެވެ. ވީމާ މިކަން ސާފުކޮށް ދެއްވުން އެދެމެވެ.    

ޖަވާބު:

(ހ) ފާޚާނާގައި ކަމުގައި ވިއަސް އަދި ފާޚާނާއިން ބޭރުގައި ކަމުގައި ވިއަސް ވުޟޫގައި ކިޔަން އޮންނަ ޛިކުރުތަކަކީ ހަރުއަޑުން ކިޔަން އޮންނަ ތަންތަނެއްނޫނެވެ. ބިސްމިއާއި ވުޟޫ ދުޢާފަދަ ހުރިހާ ޛިކުރެއް ކިޔުން ސުއްނަތް ވެގެންވަނީ ސިއްރުންނެވެ. 

(ށ) ފާޚާނާގައި އެއްވެސް ކަހަލަ ޛިކުރެއް ކުރުމީ ޖުމްހޫރު ދަންނަބޭކަލުން ވިދާޅުވާގޮތުގައި ހުއްދަ ކަމެއްނޫނެވެ. އެހެން ކަމުން ބިސްމިއާއި ވުޟޫދުޢާފަދަ ދުޢާ ކިޔަންވާނީ ފާޚާނާއިން ބޭރުގައެވެ. ފާޚާނާއަށް ވަންނައިރު ބިސްމި ކިޔެވިދާނެއެވެ. ނުވަތަ ވުޟޫކުރަން ފަށާއިރު ހިތަށް ބިސްމި ގެނެވިދާނެއެވެ. މިއީ ހަމައެކަނި ފާޚާނާގެ ހުކުމެވެ. ނަމަވެސް ވަޅުކޮޓަރިއާއި ގިފިލިފަދަ ތަންތާނގައި ދުޢާކިއުމަކުން މައްސަލައެއް ނެތެވެ.  

(ށ) ނިޔަތަކީ ގިނަ ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ފަރުޟެކެވެ. ބައެއްބޭކަލުންގެ އަރިހުގައި ޝަރުޠެކެވެ. ވުޟޫކަމުގައި ވިއަސް ނުވަތަ ނަމާދުކަމުގައި ވިއަސްއެވެ.އެހެން ކަމުން ނިޔަތް ފަރުޟަކަށް ވެފައި އެއީ ހިތުން ގަންނަންޖެހޭ އެއްޗެކަށް ވާއިރު އެނިޔަތް ގަންނަން ފަރުޟުވާނީ ފުރަތަމަ ފަރުޟާއެކުގައެވެ. ވުޟޫގައި ނަމަ އެއީ މޫނު ދޮވުމެވެ. އެހެންކަމުން މޫނު ދޮންނަން ފެށުމާ އެކުއެކީގައި، ތިމަންނަ ޙަދަސްއެރަގަންނަމޭ ހިތަށް އަރުވަންޖެހޭނެއެވެ. ނަމަވެސް މޫނު ދޮވުމުގެ ކުރީން ވެސް ވުޟޫގެ ސުއްނަތްތަކެއް އެކުލެވޭތީ އެސުއްނަތްތަކާއެކު ނިޔަތްގަތްކަމުގައި ވިއަސް ނިޔަތް ފުދުނީއެވެ. މޮޅުގޮތަކީ ވެސް މިއީއެވެ. ކުރީގައި ބަޔާންވެދިޔައީ ފަރުޟު ގޮތެވެ. ކޮންމެހެން ކުރަން މަޖްބޫރުވާގޮތެވެ. والله أعلم

ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި