Noorul-islam.NET :: ހެޔޮކަމެއް ކުރުމަށް ހިތް ނޭދޭ ނަމަ ހަދާނީ ކިހިނެތް؟

ހެޔޮކަމެއް ކުރުމަށް ހިތް ނޭދޭ ނަމަ ހަދާނީ ކިހިނެތް؟
Category »  ސުވާލާއި ޖަވާބު

ތާރީޚް: 18 އޮކްޓޯބަރ 2008

ޖަވާބު ދެއްވީ : ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

ސުވާލު: ހެޔޮކަމެއް (މިސާލަކަށް ހެނދުނާއި ހަވީރުގެ ޒިކުރުތައް) ކުރަން ހިތްނޭދޭނަމަ އެކަމެއް އަމިއްލަ  ނަފްސަށް މަޖްބޫރުކޮށްގެން ކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ. އަދި އެކަމެއް ކުރުމުން ސަވާބުލިބޭނެތޯއެވެ؟

ޖަވާބު: ހެޔޮކަމަކަށް ހިތްނޭދޭ ހާލު ހިތްޖެއްސުމަށްޓަކާ ތިމާއަށް އެކަން މަޖްބޫރުކޮށްގެން އެކަމެއްގައި ދެމިހުންނަން މަސަކަތްކުރުމަކީ އެންމެ ރަނގަޅުކަމެކެވެ. އަދި އެކަމުން އިރާދަކުރެއްވިއްޔާ ސަވާބުވެސް ލިބޭނެއެވެ. ކަންތައްތަކާމެދު ކެތްކުރުމަކީ ވެސް މިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާލިކުގެފާނު ރިވާކުރައްވާގޮތުގައި ރަސޫލުﷲ އެކަލޭގެފާނުންގެ އަނބިކަނބަލުން މޫނުފުޅުގައި ފެންލައްވަވައިގެން ދަމުނަމާދު ކުރެއްވުމަށްޓަކާ ހޭލައްވަވަތެވެ. އަދި ޙަދީޘުކުރައްވާފައި އެވެ. كَمْ مِنْ كَاسِيَةٍ فِي الدُّنْيَا عَارِيَةٌ يَوْمَ الْقِيَامَةِ أَيْقِظُوا صَوَاحِبَ الْحُجَرِ މާނައީ: ދުނިޔޭގެ ނިޢުމަތާއި އަރާމުގައި އުޅެފައިވާ ވަރަށް ގިނަމީހުން އާޚިރަތުގައި ބޭޒާރުވެ ނިކަމެތިޙާލުގައި އުޅެން ދިމާވާނެއެެވެ. އެހެންކަމުން ތިޔަބައިމީހުން އަނބިދަރިން ނިދީން ހޭލައްވާ ދަމުނަމާދަށް ތެދުކުރާށެވެ. މިއެވެ. މިޙަދީޘު ރިވާކުރެއްވީ އިމާމު މާލިކާއި އަޙްމަދާއި ބުޚާރީއާއި ތިރްމިޛީއެވެ. والله أعلم

ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި