Noorul-islam.NET :: ދީނުގައި ވެރިކަމަށް ކުރިމަތި ލުމުގެ ޙުކުމް

ދީނުގައި ވެރިކަމަށް ކުރިމަތި ލުމުގެ ޙުކުމް
Category »  ދީނީ ލިޔުން

ތާރީޚް: 1 ޖެނުއަރީ 2012

ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު (ނޫރުލްއިސްލާމްގެ މުޝްރިފް)

 

ނަޞާރާއިންގެ ތައްޕާހުން އުޅޭ ޙައްދުފަނަހަނައަޅާފައިވާ ލާދީނީ މީހުން ދީނުގެ ޙުކުމްތަކާ ކުޅެ ބޭނުން ގޮތަކަށް ބަދަލުކޮށް، ހިތައް އެރި އެއްޗެއް ކިޔަމުން އެބަދެއެވެ.

އިސްލާމްދީނަކީ ވެރިކަމުގެ ދީނެވެ. ވެރިކަމަކީ ދީނުގެ ބައެކެވެ. ވެރިކަމާނުލައި ދީނެއް ނޯންނާނެއެވެ. ސިޔާސީ މަސްރަޙުން ދީން އެއްފަރާތްކޮށްލުމަކީ ހުޅަނގުގެ ކަރުގޮހޮރު ކައިގެން، އެމީހުންގެ ތައްޕާހުން އުޅޭ މީހުން ކުރަން ބޭނުންވެގެން އުޅޭ ކަމެކެވެ. ނަމަވެސް މިފަދަ މީހުންނަށް މާތް ﷲ އިރާދަކުރެއްވިއްޔާ އެކަމެއް ކާމިޔާބެއް ނުވާނެއެވެ.

އިސްލާމްދީނުގައި ވެރިކަން މާނަކޮށްފައިވަނީ މަސްއޫލިއްޔަތެއްގެ ގޮތުގައެވެ. މިހެންކަމުން އެމަސްއޫލިއްޔަތު ނުއުފުއްލެވޭ ވަރުގެ ނިކަމެތިކަންހުރި އެއްވެސް މީހަކަށް އެމަޤާމަށް ކުރިމަތި ނުލެވޭނެއެވެ. އެމަޤާމު ހަވާލު ނުކުރެވޭނެއެވެ.

އަބޫ ޛައްރުގެފާނު ވެރިކަމުގެ ކަމަކަށް އެދިވަޑައިގަތުމުން އެކަމަށް ދެންނެވި ޙާދިޘާ އަށް ބަލާލިޔަސް މިޙަޤީގަތް ހާމަ ވެގެން ދެއެވެ.

وعن أبي ذر قال: قلت يا رسول الله ألا تستعملني قال: فضرب بيده على منكبي ثم قال: يا أبا ذر إنك ضعيف وإنها أمانة وإنها يوم القيامة خزي وندامة إلا من أخذها بحقها وأدى الذي عليه فيها"  رواه أحمد ومسلم"

މާނައަކީ: އަބޫ ޛައްރުގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ސަލާމާތް ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނަށް ދެއްނެވީމެވެ. އޭ ނަބިއްޔާއެވެ! އަޅުގަނޑު ކޮންމެވެސް ކަމެއްގައި ވެރިޔަކަށް ނުލައްވާނަންތޯއެވެ؟ އަބޫ ޛައްރު ވިދާޅުވިއެވެ. ތިމަން، މިހެން ދެންނެވުމުން ކީރިތި ރަސޫލާ ތިމަންކަލޭގެފާނުގެ ކޮނޑުގައި ޖައްސަވާފައި ވިދާޅުވިއެވެ. އޭ އަބޫ ޛައްރެވެ! ތިބާއަކީ ބަލިކަށި މީހެކެވެ. ވެރިކަމަކީ އަމާނާތެކެވެ. އެއާމެދު އެމީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާ އަދާނުކުރާ، އަދި އޭގެ ޙައްޤު އަދާނުކުރާ މީހާ އަށް ޤިޔާމަތް ދުވަހުން ހުރި ހިތާމައަކާއި ވޭނެކެވެ. " މިޙަދީސް ރިވާކުރެއްވީ އިމާމު އަޙްމަދާއި އިމާމު މުސްލިމް އެވެ. 

މި ޙަދީސްގައި ފަހަރެއްގައިވެސް ވެރިކަމަށް ކުރިމަތި ލުމަކީ ޙަރާމްކަމެކޭ ކީރިތި ރަސޫލާ ވިދާޅެއް ނުވެއެވެ. އެކަލޭގެފާނުގެ އެކަން ޝަރުޠު ކުރައްވާފައިއެވަނީ ޤާބިލުކަމާއެވެ. އަބޫ ޛައްރުގެފާނަކީ ބަލިކަށި ބޭފުޅަކަށްވާތީވެ ކީރިތި ރަސޫލާ އެހެން ދެއްނެވީއެވެ.

ޝަޚްޞީ ގޮތުންނާއި، ހުނަރުގެ ގޮތުންނާއި، އިދާރީގޮތުން، ޤާބިލު އަމާނާތްތެރިކަން ހުރި، ދީން ދެކެ ލޯބިވާ، ދީނާއި ދުނިޔޭގެ ކަންތައް އިޞްލާޙުގެ މަގުން ހިންގޭނޭ ފަދަ އިޚްލާޞްތެރި ސިޔާސީ ތަދްބީރު ކުރެވޭ ކޮންމެ މީހަކަށް މިޒަމާނުގެ ނިޒާމުގެ ތެރެއިން އޭނާގެ ނަން ވެރިކަމަށް ހުށަހެޅުމަކީ ދަންނަ ބޭކަލުން ވިދާޅުވާ ގޮތުން ހުއްދަކަމެކެވެ.

އަދި ވެރިކަމުގެ ދަހިވެތި ކަމުގައި ފާސިޤުން ކޯޅޭ މިފަދަ ޒަމާނެއްގައި ޞާލިޙު ރަނގަޅު މީހުން ކުރިމަތި ލުން ވާޖިބުވެގެން ވެއެވެ.

އިސްލާމްދީނުގެ އެންމެހައި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އަމާނާތްތެރި، ދީންވެރި، ސިޔާސީ ތަދްބީރު ކުރެވޭ ވަރުގެ ޤާބިލް މީހުން ވެރިކަމަށް ކުރިމަތި ލުމަކީ ހުއްދަ ކަމެކެވެ. އެއީ ވެރިކަމަކީ ދީނުގެ ބަޔަކަށް ވީތީއެވެ. ދީން ބިންމަތީގައި އޮންނާނީ ވެރިކަމުގެ ސަބަބުންނާއި އެފަދަ ޢަދުލުވެރި ވެރިންގެ ސަބަބުން ކަމަށްވާތީއެވެ.

ނަފްސާނީ ގޮތުންނާއި، ޝަޚްޞިއްޔަތު ބަލިކަށި މީހަކު އެ ބޮޑު މަސްއޫލިއްޔަތު އޭނާގެ ކޮނޑުގައި އަޅައިގެން ރަނގަޅަށް އެކަން އަދާކުރުމަކީ ވަރަށް ދުރުގައިވާ ކަމެކެވެ. މިހެންކަމުން އެފަދަ މީހުން ކުރިމަތިލުން މަނާކުރެވިގެންވެއެވެ.

ވެރިކަމުގެ މަޤާމަށް ދަހިވެތިކަމުގެ ބޭނުމުގައި ވެރިކަމަށް އައުމަކީ ހުއްދަކަމެއްނޫނެވެ. އަދި މަސްތުވާތަކެއްޗާއި، މީސްތަކުންގެ ޙައްޤުތައް ފޭރިގެންފައިވާ މީހުންނާއި ފާޙިޝްމީހުންނާއި، ނަޞާރާއިންގެ ތައްޕާހުން އުޅޭ މީހުންނާއި، ފާސިޤުން އިސްލާމީ ދައުލަތެއްގެ ވެރިކަމަށް ކުރުމަތިލުމާއި، ވެރިކަމަށް އިންތިޚާބު ކުރުން ކަނޑައެޅިގެން ޙަރާމް ވެގެން ވެއެވެ. 

ޔޫސުފް ޢަލައިހިއްސަލާމް، މިޞްރުގެ ޚަޒާނާތަކުގެ ވެރިކަން އެކަލޭގެފާނަށް ދެއްވުމަށް ރަސްގެފާނަށް ދަންނަވަމުން ވިދާޅުވިއެވެ. " އޭ ރަސްގެފާނެވެ. ޚަޒާނާތަކުގެ ވެރިކަން އަޅުގަނޑަށް ދެއްވާށެވެ. އަޅުގަނޑަކީ އެއާ މެދު ރައްކާތެރިވާ، އަދި އަމާނާތްތެރިވާނޭ މީހަކީ މެވެ. " ނަތީޖާއަކީ އެކަން އެކަލޭގެފާނަށް ދެއްވުމެވެ. މިވާހަކަ ޔޫސުފް ސޫރަތުގައި ވެއެވެ. މިއީ އަޅުގަނޑުމެންނަށް ހުރި ނަމޫނާއެކެވެ.

އިސްލާމީ އުންމަތުގައި ބޮޑެތި ޢިލްމުވެރިން ވެރިކަން ކޮށްފައިވެއެވެ. ޞަލާޙުއްދީން އައްޔޫބީ އަކީ ޢިލްމުވެރި ބޭފުޅެކެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒަކީ ޢިލްމުވެރި ބޭފުޅެކެވެ. ހާރޫނުއްރަޝީދަކީ ޢިލްމުވެރި ބޭފުޅެކެވެ.

ޢަދުލުވެރިވެރިން މާތް ﷲ ގެ ޙަޟްރަތުގައި ޤިޔާމަތްދުވަހު ނޫރުންވާ ތަޚްތު ތަކެއްގައި ތިއްބަވާނޭ ކަމަށް މާތް ރަސޫލާ ޙަދީސް ކުރައްވާފައިވެއެވެ.

އަދި އެދުވަހެއްގައި ﷲ ގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނެތް ދުވަހުގައި އެކަލާނގެ ހިޔާވަހިކަން އެންމެ ފުރަތަމަ ދެއްވާ ބަޔަކީ ޢަދުލުވެރި ވެރިންނެވެ. ވީމާ އެފަދަ މަޤާމެއް ﷲ ގެ ޙަޟްރަތުން ހޯދަން ބޭނުން ވެގެން އުޅޭ ޤާބިލު މީހަކަށް ވެރިކަމާ އޭނާއާ މެދު އެއްވެސް ހުރަހެއް ނެތެވެ. ދީނުގައި މިކަން އޮތް ގޮތަކީ މިއީއެވެ.

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި