Noorul-islam.NET :: ޤަވާޢިދާ ޚިލާފަށް ޓްރެފިކްލައިޓް ހުރަސްކޮށް ދިއުމުގެ ސަބަބުން ފާފަވެރިވާނެ ތޯއެވެ؟
ޤަވާޢިދާ ޚިލާފަށް ޓްރެފިކްލައިޓް ހުރަސްކޮށް ދިއުމުގެ ސަބަބުން ފާފަވެރިވާނެ ތޯއެވެ؟
Category »  ސުވާލާއި ޖަވާބު

ތާރީޚް: 18 އޮކްޓޯބަރ 2008

ތަރުޖަމާ ކުރެއްވީ : އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ސުވާލު: ޤަވާޢިދާ ޚިލާފަށް ޓްރެފިކްލައިޓް ހުރަސްކޮށް ދިއުމާއި، އަދި މިނޫނަސްވެސް މިކަމުގައި ޤަވާޢިދާ ޚިލާފަށްކުރެވޭ ކަންކަމުގެ ސަބަބުން ފާފަވެރިވާނެ ތޯއެވެ؟  މިސާލަކަށް ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ބާރުމިނުގައި ރަށުތެރޭގައްޔާއި، ބޭރު ސަރަޙައްދުތަކުގައި ދުއްވުމާއި، ޤަވާޢިދާ ޚިލާފަށް ޕާކުކުރުމާއި، ވަކިން ޚާއްޞަކޮށް ނަމާދު ވަގުތުތަކުގައި، ސަބަބަކާލައިގެންވެސް، ނުވަތަ ސަބަބެއްނެތި އެހެން މީހުންނަށް ހުރަސްއެޅެގޮތަށް ކަންތައްކުރުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއް ހެއްޔެވެ؟ ޙަރާމްކަމެއް ހެއްޔެވެ؟ ނުވަތަ މަކުރޫހަ ކަމެއް ހެއްޔެވެ؟ މިކަމުގައި އަޅުގަނޑުމެންނަށް ފަތުވާއެއްދެއްވުމް އެދެމެވެ. ތިޔަބޭފުޅުންނަށް މާތް ﷲ ހެޔޮ ޖަޒާދެއްވާށިއެވެ.

 

ޖަވާބު: ޓްރެފިކް ޤަވާޢިދުތަކަކީ މުސްލިމުންގެ ޢާއްމު މަޞްލަޙަތު ދެމެހެއްޓުމަށްޓަކައި ހެދިފައިވާ އެއްޗެކެވެ. މިހެންކަމުން އެޤަވާޢިދުތަކަށް ކިޔަމަންވެ، އެއަށް ޙުރުމަތްތެރިކޮށް ހިތުން ދުއްވާ މީހުންގެ މައްޗައް ވާޖިބުވެގެންވެއެވެ. އެހެނީ އެކަމުގައި މީސްތަކުގެ މަޞްލަޙަތު ވާތީއެވެ. އެއާ ޚިލާފުވުމުގެ ސަބަބުން ވަރަށް ގިނަ އެކްސިޑެންޓްތައް ހިނގުމާއި، އެތައް ގެއްލުންތަކެއް މީސްތަކުންނަށް ލިބެއެވެ. ނަތީޖާއެއްގެ ގޮތުން ބޮޑެތި އެހެން ގެއްލުންތައް ކުރިމަތިކުރުވައެވެ.

މިސްކިތްތަކުގެ ކައިރީގައި ވަގުތުކޮޅަކަށް ޕާކުކުރުން ދަންނައެވެ! މީސްތަކުންނަށް އުދަގޫނުވާގޮތައް އެމީހުންގެ އާދަކާދައިގެމަތިން، ( ނަމާދުވަގުތުތަކުގައި ) މިސްކިތްތަކުގެ ކައިރީގައި ޕާކުކޮށްލުމުގައި ﷲ އިރާދަކުރެއްވިއްޔާ މައްސަލައެއް ނެތް ކަމަށް އަޅުގަނޑުމެން ދެކެމެވެ.

ތައުފީޤު ދެއްވާނީ މާތް ﷲ އެވެ. އެކަލާނގެ ނަބިއްޔާ އަށް ޞަލަވާތާ ސަލާމްހުއްޓެވެ.

 

ފަތުވާ އާއި، ޢިލްމީ ބަޙުޘްތަކާބެހޭ ދާއިމީ މަޖިލިސް

މިފަތުވާގައި ސޮއިކުރައްވާފައިވަނީ އަންނަނިވި ބޭކަލުންނެވެ.

سماحة الشيخ عبد العزيز بن عبد الله بن باز ( ދަންނަބޭކަލުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަދި މުފްތީ ޢާއްމު)

فضيلة الشيخ عبد الله بن غديان  ( މެންބަރު )

فضيلة الشيخ صالح الفوزان  ( މެންބަރު )

فضيلة الشيخ عبد العزيز آل الشيخ ( މެންބަރު )

فضيلة الشيخ بكر أبو زيد  ( މެންބަރު )


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި